Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޭއީ-ޓުކުރި އޮންލައިން ޝޮޕް އިފްތިތާހުކުރުން

އީ-ޓުކުރި ކޮމިއުނިޓީ އޮންލައިން ޝޮޕް ކުޅުދުއްފުށީގައި އިފްތިތާހުކޮށްފި

31 ޑިސެމްބަރު 2021 | ހުކުރު 02:18

މި ޚިދުމަތް ވެގެންދާނީ ޕޮލިސީ ލެވެލްގައި ސަރުކާރުން ކުރަމުން އަންނަ މުހިންމު މަސައްކަތެއް ކަމުގައި މިނިސްޓަރު ވިދާޅުވި

އުއްމު ކުލްސޫމް އިބްރާހިމް
އުއްމު ކުލްސޫމް އިބްރާހިމް | 31 ޑިސެމްބަރު 2021 | ހުކުރު 02:18
އީ ޓުކުރި އޮންލައިން ޝޮޕް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ ޝައުނާ ވާހަކަ ދައްކަވަނީ

އީ ޓުކުރި އޮންލައިން ޝޮޕް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ ޝައުނާ ވާހަކަ ދައްކަވަނީ

ކުޅުދުއްފުށީ ސިޓީގައި މޯލްޑިވްސް ޕޯސްޓްގެ އީ-ޓުކުރި ކޮމިއުނިޓީ އޮންލައިން ޝޮޕް އިފްތިތާހުކޮށްފިއެވެ.

ބުރާސްފަތި ދުވަހު ކުޅުދުއްފުށީގައި އޮތް ރަސްމިއްޔާތެއްގައި މޯލްޑިވްސް ޕޯސްޓްގެ އީ-ޓުކުރި ކޮމިއުނިޓީ އޮންލައިން ޝޮޕް އިފްތިތާހްކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާފައިވަނީ މިނިސްޓަރ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާއެވެ.

Advertisement - newsAdvertisement

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޝައުނާ ވިދާޅުވީ ލާމަރުކަޒީ ނިޒާމު އުފެދި އަށަގަންނަމުން އަންނަ އިރު މި ފަދަ އޮންލައިން ޝޮޕެއްގެ ޚިދުމަތް ކުޅުދުއްފުށީގައި ފެށިގެން ދިއުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. ރަށު ފެންވަރުގެ އުފެއްދުންތައް ރާއްޖޭގެ އެކި ސަރަހައްދުތަކަށް އޮންލައިންކޮށް ވިއްކުމަށް ބޭނުންވާ އުފެއްދުންތެރިންނަށް އަމާޒުކޮށް މޯލްޑިވްސް ޕޯސްޓުން މިފަދަ މުހިންމު ޚިދުމަތެއް މިފަދަ ދަނޑިވަލެއްގައި ރައްޔިތުންނާ ހަމައަށް ގެނެސްދިން ކަމަށްޓަކައި މޯލްޑިވްސް ޕޯސްޓަށް މިނިސްޓަރު ވަނީ ޝުކުރު ދަންނަވާފައެވެ.

އުފެއްދުންތެރިންގެ އުފެއްދުންތައް އިސްތިހާރު ކުރެވޭނެ ގޮތެއް ނުވަތަ މާކެޓް ކުރެވޭނެ ގޮތެއް ނެތިފަ ނޫނީ އަމިއްލަ ވެބްސައިޓެއް ނުހެދިފައި ތިބި އުފެއްދުންތެރިންނަށް ، އީ-ޓުކުރި ކޮމިއުނިޓީ އޮންލައިން ޝޮޕްގެ ސަބަބުން ނިމުމެއް އަންނާނެ ކަމަށް މިނިސްޓަރު ޝައުނާ ވިދާޅުވި އެވެ.

މިއީ މުދާ ވިއްކާ ފަރާތާއި ގަންނަ ފަރާތާ ދެމެދު އެޅޭ ޑައިރެކްޓް ލިންކެއް ގޮތުގައި ސިފަ ކުރައްވަމުން މިނިސްޓަރު ޝައުނާ ވިދާޅުވީ ލާމަރުކަޒީ ނިޒާމާއި ގެސްޓް ހައުސް ޓޫރިޒަމް ތައާރަފް ވެގެން އަންނަ އިރު މިއީ ވަރަށް މުހިންމު ޚިދުމަތެއް ކަމުގައެވެ. މިޕްލެޓް ފޯމުން ތަކެތި ޑެލިވަރީ ކުރުމުގެ ގާބިލްކަން ލިބިގެންދާކަން ފާހަގަކުރައްވައި މިނިސްޓަރު އިތުރަށް ވިދާޅުވީ ކާމިޔާބު މި ފަދަ ކޮންމެ ޕްލެޓް ފޯމެއްގައި ހިމެނޭ އަސާސީ ހުރިހާ ސިފަތައް މި ޕްލެޓްފޯމުގައި ވެސް ހިމެނޭ ކަމަށެވެ.

ދިވެހި އުފެއްދުންތައް އުފައްދާ ފަރާތްތައް އެއްދުވަހުން އަނެއް ދުވަހަށް އިތުރުވާކަމަށް ވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެހެން ކަމުން އެ ވިޔަފާރިތައް ކުރިއަރުވައި، އަމިއްލަ ފައިމައްޗަށް ތެދުވެވޭފަދަ ފުރުސަތުތައް ހޯދައިދިނުމަކީ ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީގެ މުހިންމު ސިޔާސަތެއް ކަމަށާއި، ޒަމާނީ ވަސީލަތްތަކާއި ޓެކްނޮލޮޖީގެ އެހީގައި ދެވެންހުރި ފުރުސަތުތައް އެފަދަ ފަރާތްތަކަށް ތަނަވަސްކޮށްދިނުމާއި އެޑިއުކޭޓް ކޮށްދިނުމަކީ ޕޮލިސީ ލެވެލްގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ހުއްޓުމެއްނެތި ކުރަމުން އަންނަ މަސައްކަތެއް ކަމަށް ވިދާޅުވިއެވެ. އެގޮތުން މި ޚިދުމަތް ވެގެންދާނީ ޕޮލިސީ ލެވެލްގައި ސަރުކާރުން ކުރަމުން އަންނަ މުހިންމު މަސައްކަތެއް ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޝައުނާ އިތުރަށް ވިދާޅުވީ ކުޅުދުއްފުއްޓަށް ދިމާވެފައިވާ ހައްލު ކުރަންޖެހޭ އެންމެ މުހިންމު އެއް މައްސަލައަކީ ކުނީގެ މައްސަލަ ކަމަށާއި މި ފެށޭ އަހަރުގެ ތެރޭގައި މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އެންމެ އިސްކަމެއްދީގެން ކުރާނެ އެންމެ މުހިންމު މަސައްކަތަކީ މި ސިޓީގެ ކުނީގެ މައްސަލަ ހައްލު ކުރުން ކަމުގައެވެ.

ކުޅުދުއްފުށި ސިޓީ

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

އިތުރަށް ކިޔާލަން

18 އޮކްޓޯބަރު 2025

ކުޅުދުއްފުށި ސިޓީގެ ޓެކްސީ ޑްރައިވަރުން ހުދު ގަމީހުގައި ސަރުކާރާ ދެކޮޅަށް ހިމޭން އިހުތިޖާޖެއް ކޮށްފި

18 އޮކްޓޯބަރު 2025
ކުޅުދުއްފުށި ސިޓީގެ ޓެކްސީ ޑްރައިވަރުން ހުދު ގަމީހުގައި ސަރުކާރާ ދެކޮޅަށް ހިމޭން އިހުތިޖާޖެއް ކޮށްފި
09 ސެޕްޓެމްބަރު 2025

ކުޅުދުއްފުށީ ހޮސްޕިޓަލުން ވީނުވީއެއް ނޭންގި "ނާކޮޓިކްސް ޑްރަގްސް" ތަކެއް ގެއްލުނު މައްސަލައެއް ފެންމަތިވެއްޖެ

09 ސެޕްޓެމްބަރު 2025
ކުޅުދުއްފުށީ ހޮސްޕިޓަލުން ވީނުވީއެއް ނޭންގި "ނާކޮޓިކްސް ޑްރަގްސް" ތަކެއް ގެއްލުނު މައްސަލައެއް ފެންމަތިވެއްޖެ
07 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒު ބޭނުންފުޅުވާ ގޮތަށް ބްލޮކް ގްރާންޓް މުރާޖައާ ކުރައްވާއިރު، ކައުންސިލްތަކަށް މަސައްކަތްކުރަން ލިބޭ ފައިސާ މަދުވާނެ: އާތިފު

07 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒު ބޭނުންފުޅުވާ ގޮތަށް ބްލޮކް ގްރާންޓް މުރާޖައާ ކުރައްވާއިރު، ކައުންސިލްތަކަށް މަސައްކަތްކުރަން ލިބޭ ފައިސާ މަދުވާނެ: އާތިފު
22 އޯގަސްޓު 2025

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން ކުޅުދުއްފުށި ސިޓީގެ ރައްޔިތުން އެންމެ ބޭނުންވި މަސައްކަތް ވަނީ ހުއްޓިފައި: މޭޔަރު

22 އޯގަސްޓު 2025
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން ކުޅުދުއްފުށި ސިޓީގެ ރައްޔިތުން އެންމެ ބޭނުންވި މަސައްކަތް ވަނީ ހުއްޓިފައި: މޭޔަރު
11 ޖުލައި 2025

ރައީސް ޞާލިހު ކުޅުދުއްފުށި ސިޓީ އެމްޑީޕީ މެމްބަރުންނާއި ބައްދަލުކުރައްވައިފި

11 ޖުލައި 2025
ރައީސް ޞާލިހު ކުޅުދުއްފުށި ސިޓީ އެމްޑީޕީ މެމްބަރުންނާއި ބައްދަލުކުރައްވައިފި
12 އޮކްޓޯބަރު 2024

އެމްޑީޕީގެ ކައުންސިލަރުންގެ ކޮންފަރެންސް "ލާމަރުކަޒީ ގުޅުން" ކުޅުދުއްފުށީގައި ފެށިއްޖެ

12 އޮކްޓޯބަރު 2024
އެމްޑީޕީގެ ކައުންސިލަރުންގެ ކޮންފަރެންސް "ލާމަރުކަޒީ ގުޅުން" ކުޅުދުއްފުށީގައި ފެށިއްޖެ
16 މެއި 2024

ކުޅުދުއްފުށި ސިޓީއަށް އަނެއްކާވެސް ކަރަންޓުގެ މައްސަލަ ދިމާވެއްޖެ

16 މެއި 2024
ކުޅުދުއްފުށި ސިޓީއަށް އަނެއްކާވެސް ކަރަންޓުގެ މައްސަލަ ދިމާވެއްޖެ
05 މެއި 2024

އަލިފާން ރޯވެ ކުޅުދުއްފުށި ސިޓީގެ ގެއެއްގެ ބަދިގެއަށް ބޮޑެތި ގެއްލުންތަކެއް

05 މެއި 2024
އަލިފާން ރޯވެ ކުޅުދުއްފުށި ސިޓީގެ ގެއެއްގެ ބަދިގެއަށް ބޮޑެތި ގެއްލުންތަކެއް
02 މެއި 2024

ހދ. އަތޮޅު އެޑިއުކޭޝަން ސެންޓަރުގެ ކެޑޭޓް ކޭމްޕްގެ ދަރިވަރުންނަށް ބޭސިކް ފަޔަރ އެވެއަރނަސް ސެޝަނެއް ހިންގައިފި

02 މެއި 2024
ހދ. އަތޮޅު އެޑިއުކޭޝަން ސެންޓަރުގެ ކެޑޭޓް ކޭމްޕްގެ ދަރިވަރުންނަށް ބޭސިކް ފަޔަރ އެވެއަރނަސް ސެޝަނެއް ހިންގައިފި
23 އެޕްރީލު 2024

"ނަޔާ ކުޅުދުއްފުށި" ގޮފި އުފެއްދުމުގެ މަސައްކަތް އަލީ ވަހީދު ފައްޓަވައިފި

23 އެޕްރީލު 2024
"ނަޔާ ކުޅުދުއްފުށި" ގޮފި އުފެއްދުމުގެ މަސައްކަތް އަލީ ވަހީދު ފައްޓަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް