Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕްރެޒިޑެންޓްސް ކަޕް

ޔޫވީ ބަލިކޮށް ގްރީން ސްޓްރީޓްސް ދެވަނައަށް

29 ޑިސެމްބަރު 2021 | ބުދަ 18:35

ތާވަލުގެ ދެވަނައަށް ގްރީން ސްޓްރީޓްސް ޖެހިލީ ހަ ޕޮއިންޓާއެކު

އަތޫފް އާތިފް
އަތޫފް އާތިފް | 29 ޑިސެމްބަރު 2021 | ބުދަ 18:35
ގްރީން ސްޓްރީޓްސް އާއި ޔޫވީ ބައްދަލުކުރި މެޗުގެ ތެރެއިން

ގްރީން ސްޓްރީޓްސް އާއި ޔޫވީ ބައްދަލުކުރި މެޗުގެ ތެރެއިން

ޕްރެޒިޑެންޓްސް ކަޕުގައި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) ބަލިކޮށް ގްރީން ސްޓްރީޓްސްއިން ތާވަލުގެ ދެވަނައަށް ޖެހިލައިފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ބުދަ ދުވަހުގެރޭ ކުޅުނު މެޗުން ޔޫވީ އަތުން ގްރީން ސްޓްރީޓްސް މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ފުރަތަމަ ހާފު ފަށައިގެން ގްރީން ސްޓްރީޓްސްއިން ޔޫވީގެ ގޯލަށް ނުރައްކާކޮށް ގިނަ ހަމަލާތަކެއް ވަނީ ފޮނުވާލާފައެވެ. އެގޮތުން ފުރަތަމަ ހާފުގައި ގްރީން ސްޓްރީޓްސްގެ އަބްދުﷲ ޔާމީން (ޔާނު) އަރިމަތިން ލިބުނު ހިލޭ ޖެހުމަކުން ޔޫވީގެ ގޯލަށް ނުރައްކާކުރިއިރު، އޭނާ ފޮނުވާލި ހިލޭ ޖެހުމުގެ ހުރަހަކަށްވީ ޔޫވީގެ ކީޕަރު އަލީ ނާޖިހު (ނާޖީ) އެވެ. އޭގެ ފަހުން ޔޫވީގެ ކެޕްޓަން އަލީ ހައިޝަމް (ޗުމްޕު) ފޮނުވާލި ނުރައްކާތެރި ހަމަލާ ގްރީން ސްޓްރީޓްސްގެ ކީޕަރު އަޙްމަދު ރަމީޒް ވަނީ ދިފާއުކޮށްފައެވެ.

އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ގްރީން ސްޓްރީޓްސްއިން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ރިލްވާން ވަހީދު (ރިލޭ) އެވެ. މިއީ ޔުވީގެ ޑިފެންޑަރެއްގެ އަތުގައި ބޯޅަ ޖެހުމުން ރެފްރީދިން ޕެނަލްޓީއެކެވެ.

ދެވަނަ ހާފު ފަށައިގެން ފަސް މިނެޓު ތެރޭގައި ގްރީންއިން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ހަސަން ނަޒީމް ގާސިމް (ޗޯޓު) އެވެ. މިއީ ޔާނުގެ އެހީތެރިކަމާއެކު ޗޯޓު ކާމިޔާބުކުރި ލަނޑެކެވެ.

އޭގެ ފަހުން ޔޫވީގެ ސަމާހު އަޙްމަދަށް ހުސްފުރުސަތެއް ލިބުނުއިރު، އޭރިޔާތެރޭގައި ހުރެ އޭނާ ފޮނުވާލި ހަމަލާ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ.

މި ނަތީޖާއާއެކު ގްރީން ސްޓްރީޓްސްއިން ތާވަލުގެ ދެވަނައަށް ޖެހިލީ ތިން މެޗުން ހަ ޕޮއިންޓް ހޯދައިގެންނެވެ. އެއް މެޗު މަދުން ކުޅެ ގްރީންއާ އެއްވަރަށް ޕޮއިންޓް ހޯދައިގެން މާޒިޔާ އޮތީ ތާވަލުގެ ތިންވަނައިގައެވެ. ގްރީންއަށް ދެވަނަ ލިބެނީ ލަނޑުގެ ތަފާތުންނެވެ. އެއްވަނައިގައި އޮތް ވެލެންސިއާއަށް ތިން މެޗުން ނުވަ ޕޮއިންޓް ވަނީ ލިބިފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ކިރިގިސްތާންގެ ގައުމީ ޓީމުގެ ކީޕަރެއް ޔޫވީ އަށް

27 ޖެނުއަރީ 2017
ކިރިގިސްތާންގެ ގައުމީ ޓީމުގެ ކީޕަރެއް ޔޫވީ އަށް
27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
26 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް