Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޑްރަގް ވިޔަފާރީގެ މައްސަލަ

ޑްރަގް ވިޔަފާރިން ލިބޭ ފައިސާ ދޮންނަ މައްސަލައަށް އަންނަ އަހަރު ޚާއްސަ ސަމާލުކަމެއް

29 ޑިސެމްބަރު 2021 | ބުދަ 07:18

ޑްރަގް މައްސަލަތަކާ ގުޅޭ ފައިސާގެ ކަންކަން ވެސް ފުލުހުން ތަހުގީގު ކުރަމުންދޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 29 ޑިސެމްބަރު 2021 | ބުދަ 07:18
314 ކިލޯގެ މަސްތުވާތަކެތި ނައްތާލުމަށް އަންގާރަ ދުވަހު ދޫނިދޫގައި އޮތް ރަސްމިއްޔާތުގެ ތެރެއިން

314 ކިލޯގެ މަސްތުވާތަކެތި ނައްތާލުމަށް އަންގާރަ ދުވަހު ދޫނިދޫގައި އޮތް ރަސްމިއްޔާތުގެ ތެރެއިން

މަސްތުވާތަކެތީގެ ވިޔަފާރިއަށް ހޭދަކުރާ ފައިސާ، މާލީ ނިޒާމުގެ ތެރޭގައި ދައުރުކުރާ ގޮތާ ގުޅޭ މައްސަލަތަކަށް އަންނަ އަހަރު ޚާއްސަ އިސްކަމެއް ދެއްވާނެކަމަށް ކޮމިޝަނަރ އޮފް ޕޮލިސް (ސީޕީ) މުޙައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހު ނޫސްވެރިންނާ ބައްދަލު ކުރައްވައި މަސްތުވާތަކެތީގެ ވިޔަފާރިއަށް ހޭދަކުރާ ފައިސާއާ ގުޅޭގޮތުން ސީޕީ ވިދާޅުވީ، އެ ފައިސާ މާލީ ނިޒާމުގެ ތެރޭގައި ދައުރުކުރާ ގޮތްތަކާއި، އެ ފައިސާ، ނިޒާމުގެ ތެރެއަށް ވައްދައިގެން "ދޮވުމުގެ" ކަންކަން ކުރާ ގޮތް ދެނެގަތުމަށް ވަރަށް ޚާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ކުރިއަށް އޮތް 2022 ވަނަ އަހަރު އެކަމަށް އިސްކަންދީގެން ގިނަ މަސައްކަތްތަކެއް ކުރުމަށް ރޭވިފައިވާކަން ސީޕީ ފާހަގަކުރެއްވިއެވެ.

Advertisement - newsAdvertisement

ސީޕީ ވިދާޅުވީ، މިހާރު ތަހުގީގު ކުރަމުންދާ ޑްރަގް މައްސަލަތަކާ ގުޅޭ ފައިސާގެ ކަންކަން ވެސް ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.

އެހެންނަމަވެސް، "ބޯޑަރ އެންފޯސްމަންޓް" ގައި އަދިވެސް ދަތިތަކެއް ހުރިކަމަށް ސީޕީ ވިދާޅުވިއެވެ. އެގޮތުން މަސްތުވާތަކެތި އެތެރެ ކުރުމަށް މަގުފަހިވާ ގޮތަށް އަދިވެސް ކަންކަން އެބަހުރި ކަމަށް ސީޕީ ވިދާޅުވިއެވެ. މަސްތުވާތަކެތީގެ މައްސަލަ މުޅިން ޙައްލު ކުރެވޭނީ މި ހުރިހާ ދިމާއަކުން ވެސް މައްސަލަތައް ޙައްލު ކުރެވިގެންކަމަށް ސީޕީ ވިދާޅުވިއެވެ.

އިޖުރާއަތްތަކުގައި ހެދޭ ގޯސްތަކުގެ ސަބަބުން މަސްތުވާތަކެތީގެ މައްސަލަތަކުގައި އިސްކޮށް އުޅޭ ފަރާތްތައް ދޫވާ މައްސަލައަށް އަލިއަޅުވާލައްވައި ސީޕީ އިތުރަށް ވިދާޅުވީ، ޤާނޫނުގެ ތެރެއިން އެކަންކަމަށް ގެނެވޭނެ ޙައްލުތައް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ސީޕީ ވިދާޅުވީ، މިހާރު އޮތް މާހައުލުގައި މަސްތުވާތަކެތީގެ މައްސަލަތައް ޙައްލު ކުރުމަށްޓަކައި، ކޯޓުތަކުގެ ޤާނޫނުތަކާއި ތަހުގީގުތައް ހިންގުމުގެ އިޖުރާއަތުތަކަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށެވެ. އަދި އެކަންކަމާ ގުޅޭގޮތުން ބަންޑާރަނައިބުގެ އޮފީހާއި، ކަމާގުޅުންހުރި މުއައްސަސާތަކާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ކުރެވެމުންދާކަން ސީޕީ ފާހަގަކުރެއްވިއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މި ފެށޭ ދައުރުގެ ތެރޭގައި އެކަމާ ގުޅޭ ބިލު މަޖިލީހަށް ހުށަހެޅިގެންދާނެކަމަށް އުއްމީދު ކުރައްވާކަމަށް ވެސް ސީޕީ ވިދާޅުވިއެވެ.

ސީޕީ އިތުރަށް ވިދާޅުވީ، ތަހުގީގު ކުރުމާއި، ދައުވާ އުފުލުމާއި، ޝަރީއަތް ކުރުމުގެ މަރުޙަލާގެ ކަންކަން އިތުރަށް ހަރުދަނާ ކުރުމާ ގުޅޭ އެކްޝަން ޕްލޭނެއް މިހާރު އެކުލަވާލެވިފައިވާ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އެކުލަވާލެއްވި ނޭޝަނަލް ޑްރަގް ޓާސްކްފޯސްއަކީ އެކަމަށް އިތުރުވެގެން ދިޔަ ބޮޅެއްކަން ސީޕީ ފާހަގަކުރެއްވިއެވެ.

ތަހުގީގު ކުރުމުގެ ތެރޭގައި ފުލުހުންގެ އިޖުރާއަތުގެ ގޯހެއް ފާހަގަވެއްޖެނަމަވެސް، އެކަމެއް ޙައްލު ކުރައްވާނެ ކަމުގެ ޔަޤީންކަން ސީޕީ ދެއްވިއެވެ. ފުލުހުންގެ ތެރެއިން ގަސްތުގައި ވަކި ބަޔަކަށް މަންފާ ހޯދުމަށް މަސައްކަތް ކޮށްފައި ނުވާނެކަމުގެ ޔަޤީންކަން ވެސް ސީޕީ ދެއްވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ

21 ޖެނުއަރީ 2017
ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ
20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް