Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސިއްހީ ދާއިރާގައި މަސައްކަތްކުރާ މީހުން

ސިއްހީ މަސައްކަތްތެރިންނަށް ވަޒީފާގެ ކުރިއެރުން ލިބޭ އޮނިގަނޑެއް ނެތް މައްސަލައިގައި ކޯޓަށް

29 ޑިސެމްބަރު 2021 | ބުދަ 02:33

މައްސަލަ ހުށަހަޅާފައިވަނީ މާލެ ހިމެނޭ ގޮތަށް 14 އަތޮޅެއްގެ ސިއްހީ ދާއިރާގައި މަސައްކަތްކުރާ 489 ސިވިލް ސަރވެންޓުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 29 ޑިސެމްބަރު 2021 | ބުދަ 02:33
މޯލްޑިވްސް ހެލްތް ޕްރޮފެޝަނަލް ޔޫނިއަން އާއި ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރުން ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުން

މޯލްޑިވްސް ހެލްތް ޕްރޮފެޝަނަލް ޔޫނިއަން އާއި ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރުން ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުން

ސިއްހީ ދާއިރާގައި މަސައްކަތްކުރާ މީހުންނަށް، ގާނޫނުގައި ބުނާގޮތުގެ މަތިން ވަޒީފާގެ ކުރިއެރުން ލިބޭނެ އޮނިގަނޑެއް މިހާތަނަށް އައިއިރުވެސް އެކުލަވާލާފައިނުވާ މައްސަލައިގައި ހެލްތު މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީ އަދި ސިވިލް ސަރވިސް ކޮމިޝަން(ސީއެސްސީ) އާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.

މިމައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައިވަނީ ސިއްހީ ފަންނުވެރިންގެ ޖަމުޢިއްޔާ، މޯލްޑިވްސް ހެލްތް ޕްރޮފެޝަނަލް ޔޫނިއަން (އެޗްޕީޔޫ) އިސްވެ އޮވެއެވެ. ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ މާލެ ހިމެނޭ ގޮތަށް 14 އަތޮޅެއްގެ ސަރުކާރުގެ ހޮސްޕިޓަލްތަކާއި ހެލްތު ސެންޓަރުތަކުގައި މަސައްކަތްކުރާ އެކި ދާއިރާތަކުގެ މުވައްޒަފުންގެ ތެރެއިން 489 ސިވިލް ސަރވެންޓުންގެ ފަރާތުންނެވެ. މި މައްސަލަައިގައި ސިވިލް ސާވަންޓުންގެ ފަރާތުން ކޯޓުގައި ވަކާލާތު ކުރަނީ ހިލޭ ސާބަހަށް ގާނޫނީ ޚިދުމަތްތައް ފޯރުކޮށްދޭ ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރު (ޕީއައިއެލްސީ) އިންނެވެ.

Advertisement - newsAdvertisement

މައްސަލަ ހުށަހެޅުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސިއްހީ ފަންނުވެރިންގެ ޖަމުޢިިއްޔާ އާއި ޕީއައިއެލްސީގެ ފަރާތުން ވަނީ މި މައްސަލައިގެ ތަފްސީލު ހިއްސާކޮށްފައެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއައިއެލްސީގެ ފަރާތުން ވަކީލާ މަރިޔަމް ޝުނާނާ ވިދާޅުވީ، މިއީ 2008 ވަނަ އަހަރުން ފެށިގެން މިއަދާ ހަަމައަށް އައިއިރުވެސް ސިއްހީ ދާއިރާގެ ފަންނީ މުވައްޒަފުންނަށް ވަޒީފާގެ ކުރިއެރުން ލިބޭނެ އޮނިގަނޑެއް ނެތްކަމުން ގާނޫނު އަސާސީން ލިބިދޭންޖެހޭ އަސާސީ ހައްގުތަކުން މަހުރޫމްވެފައިވާތީ ހުށަހަޅާފައިވާ މައްސަލައެއްކަމަށެވެ. ޝުނާނާ ވިދާޅުވީ ވަޒީފާގެ ކުރިއެރުން ލިބޭނެ ވަޒީފާގެ އޮނިގަނޑެއް ތައްޔާރުކޮށް އެފަދަ އޮނިގަނޑެއް ތަންފީޒުކުރުމަށް ދައުވާ ލިބޭ ދައުލަތުގެ އެންމެހާ އިދާރާތަކުގެ މައްޗަށް މިދައުވާގައި ދައުވާކޮށްފައިވާ ކަމަށެވެ.

ޝުނާނާ އިތުރަށް ވިދާޅުވީ ކޯޓަށް މައްސަލަ ހުށަހެޅީ އެތައް ފަހަރަކު މި މައްސަލަ ހައްލުކުރުމަށް 2008 ވަނަ އަހަރުން ފެށިގެން އެކި މަސައްކަތްތައް ކުރުމަށްފަހު ވެސް އެއްވެސް ނަތީޖާއެއް ނުލިބިގެންކަމަށެވެ.

ޝުނާނާ ވިދާޅުވީ ސިއްހީ ދާއިރާގައި މަސައްކަތްކުރާތާ 15 އަހަރުވީއިރު ވެސް އެހުރި މަގާމުގައި އެއްވެސް ކުރިއެރުމެއްނެތި މަސައްކަތްކުރާ ގިނަ ބަޔަކު އެބަތިބި ކަމަށެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއެޗްޕީޔޫގެ ޖެނެރަލް ސެކެޓްރީ ފާތިމަތު ޒިމްނާ ވިދާޅުވީ ޔޫނިއަން އުފެދިގެން މިއަދާ ހަމައަށް އައިއިރު ވެސް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ އޮނިގަނޑެއް ނެތުންކަމަށެވެ. އެ މައްސަލައިގައި ދެ ފަހަރެއްގެ މަތިން ހެލްތު މިނިސްޓަރާ ބައްދަލުކޮށްފައިވާއިރު ސީއެސްސީއާ ވެސް ބައްދަލުކޮށްފައިވާކަމަށެވެ.

ކޯޓާ ހިސާބަށް މައްސަލަ ދިޔައީ މިހުރިހާ މަގަކުން ކުރި މަސައްކަތަށް އެއްވެސް އަލި މަގެއް ނުފެނުމުންކަމަށް ޒިމްނާ ވިދާޅުވިއެވެ.

މިކަމުގައި އެމްއެޗްޕީޔޫން ބުނީ ދައުލަތުގެ އެކި ފަރާތްތަކުން ބްލޭމް ގޭމް ކުޅެމުން އަންނަކަމަށެވެ. ހެލްތު މިނިސްޓްރީން އޮނިގަނޑު އެކުލަވާލައި ސީއެސްސީއަށް ފޮނުވާފައިވާކަމަށް ބުނާކަމަށާއި، ޕޭކޮމިޝަން ނުވަތަ ފިނޭންސް މިނިސްޓްރީން ކަންކަން ހަމަނުޖެހޭކަމަށް ބުނަމުންދާ ކަމަށެވެ. ޕޭކޮމިޝަނުން މިކަމުގައި ސިޔާސީ ތަރުތީބު ކުރުންތަކެއްގެ މަތިން މިކަން ކުރާ ކަމަށް ބުނާކަމަށާއި، އެއްވެސް މުވައްޒަފެއްގެ ދެމެދުގައި ތަފާތުކުރުން ގެންގުޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

ހުވަފެނުގައި ވެސް އުކުޅަހުގެ މެޖޯރިޓީއެއް ޕީޕީއެމަށް ނުލިބޭނެ: ޒަމީރު

08 ފެބުރުއަރީ 2017
ހުވަފެނުގައި ވެސް އުކުޅަހުގެ މެޖޯރިޓީއެއް ޕީޕީއެމަށް ނުލިބޭނެ: ޒަމީރު
06 ފެބުރުއަރީ 2017

އެސްއޯއެފް އަތުން 160 މިލިޔަން ރުފިޔާ ހޯދުމަށް ކުރާ ދައުވާގެ ޗިޓެއް ނުލިބޭ: އެމްއެމްޕީއާރުސީ

06 ފެބުރުއަރީ 2017
އެސްއޯއެފް އަތުން 160 މިލިޔަން ރުފިޔާ ހޯދުމަށް ކުރާ ދައުވާގެ ޗިޓެއް ނުލިބޭ: އެމްއެމްޕީއާރުސީ
05 ފެބުރުއަރީ 2017

އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!

05 ފެބުރުއަރީ 2017
އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!
01 ފެބުރުއަރީ 2017

އީޕީއޭއަށް ލިބެން ޖެހޭ 19 މިލިއަން ރުފިޔާ ނުލިބޭ!

01 ފެބުރުއަރީ 2017
އީޕީއޭއަށް ލިބެން ޖެހޭ 19 މިލިއަން ރުފިޔާ ނުލިބޭ!
01 ފެބުރުއަރީ 2017

މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު

01 ފެބުރުއަރީ 2017
މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު
24 ޖެނުއަރީ 2017

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި
24 ޖެނުއަރީ 2017

އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ

24 ޖެނުއަރީ 2017
އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ
20 ޖެނުއަރީ 2017

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް