Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެގޯލާންގެ ބިންތަކުގައި ޔަހޫދީން އާބާދުކުރުން

ގޯލާންގައި ޔަހޫދީ ވަޒަންވެރިން ދެ ގުނައަށް އިތުރުކުރުމުގެ ޕްލޭނެއް ހާމަކޮށްފި

ގޯލާންގެ އުސްބިންތަކަކީ މީގެ 50 އަހަރު ކުރިން އިސްރާއީލުން ހިފާފައިވާ ސީރިޔާގެ ބިންތަކެއް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 27 ޑިސެމްބަރު 2021 | ހޯމަ 18:47
ގޯލާންގެ އުސްބިންތަކުގައި އިސްރާއީލްގެ ސިފައިންގެ މީހަކު ފޯރިމަރަނީ

ގޯލާންގެ އުސްބިންތަކުގައި އިސްރާއީލްގެ ސިފައިންގެ މީހަކު ފޯރިމަރަނީ

ގޯލާންގެ އުސްބިންތަކުގައި ޔަހޫދީން ވަޒަންވެރިވާ މިންވަރު ދެގުނައަށް އިތުރުކުރުމުގެ ޕްލޭނެއް އެބައޮތްކަމަށް އިސްރާއީލްގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓް ވިދާޅުވެއްޖެއެވެ.

ބެނެޓް ވިދާޅުވީ މިއީ އެތައް މިލިއަން ޑޮލަރެއް ހިމެނޭގޮތަށް އެކުލަވާލާފައިވާ ޕްލޭނެއްކަމަށެވެ. ގޯލާންގެ އުސްބިންތަކަކީ މީގެ 50 އަހަރު ކުރިން އިސްރާއީލުން ހިފާފައިވާ ސީރިޔާގެ ބިންތަކެކެވެ. މިޕްލޭނާއެކު އެސަރަހައްދުގައި މިހާރަށްވުރެ ބޮޑަށް ޔަހޫދީންގެ ބާރު ގަދަވެގެންދާނެއެވެ.

ބެނެޓް ވިދާޅުވީ އައު އިންވެސްޓްމެންޓަކީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި ގޯލާންގެ އުސްބިންތަކަކީ އިސްރާއީލްގެ ބައެއްގެ ގޮތުގައި ބަލައިގަތުމާއެކު ފެށިފައިވާ އިންވެސްޓްމެންޓެއްކަމަށެވެ.

ގޯލާންގެ އުސްބިންތަކާއި ގުޅޭގޮތުން ބެނެޓްކުރިޔަށް ގެންދެވި ޚާއްސަ ކެބިނެޓް ބައްދަލުވުމުގައި ބެނެޓް ވިދާޅުވީ މިއީ ގޯލާންގެ އުސްބިންތަކުގައި މީހުން އާބާދުކުރަންވީ ވަގުތުކަމަށެވެ. ދިގު އިންތިޒާރަކަށްފަހު ގޯލާންގެ އުސްބިންތަކުގައި ޔަހޫދީން އާބާދުކުރާ މިންވަރު ދެގުނަ ކުރަންވީ ވަގުތު އައިސްފައިވާކަމަށާއި އަމާޒަކީ އެއީ ކަމަށް ބެނެޓް ވިދާޅުވިއެވެ.

އިސްރާއީލުން ގޯލާންގެ އުސްބިންތައް ހިފާފައިވަނީ 1967 ވަނަ އަހަރު ކުރިޔަށްދިޔަ މެދުއިރުމަތީ ހަނގުރާމައިގައެވެ. މިބިން އިސްރާއީލް ހިފާފައިވަނީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް ކަމަށް ބައިނަލްއަގުވާމީ މުޖުތަމައުގެ ގިނަ ބަޔަކު ދެކެއެވެ.

ގޯލާންގެ އުސް ބިންތަކުގައި މިހާރު 25،000 އިސްރާއީލު މީހުން ވަނީ ވަޒަންވެރިވެފައެވެ. އެސަރަހައްދަކީ އިސްރާއީލްގެ ބައެއްގެ ގޮތުގައި ބަލައިގަތް ފުރަތަމަ ގައުމަކީ އެމެރިކާއެވެ.

ބެނެޓްގެ ޕްލޭން ހާމަކުރެއްވިނަމަވެސް މިޕްލޭނާ އެއްގޮތަށް ކަންކަން ކުރިޔަށްދާނީ 8 ޕާޓީ ހިމެނޭ ކޯލިޝަންގެ ކެބިނެޓްގެ ހުއްދަ މި ޕްލޭނަށް ލިބިގެންނެވެ.

އިތުރަށް ކިޔާލަން

04 ޖެނުއަރީ 2020

އޮސްޓްރޭލިއާ އަލިފާންގަނޑު: ނުރައްކާތެރި ދަރަޖައަކަށް ހޫނުމިން މަތިވެ ބިރުވެރިކަން ދެގުނައަށް!

04 ޖެނުއަރީ 2020
އޮސްޓްރޭލިއާ އަލިފާންގަނޑު: ނުރައްކާތެރި ދަރަޖައަކަށް ހޫނުމިން މަތިވެ ބިރުވެރިކަން ދެގުނައަށް!
26 ޑިސެމްބަރު 2019

ބްރެޒިލްގެ ވަޒަންވެރިން ދަނޑުވެރިކަމުގެ ތެރެއަށް ވަންނަނީ

26 ޑިސެމްބަރު 2019
ބްރެޒިލްގެ ވަޒަންވެރިން ދަނޑުވެރިކަމުގެ ތެރެއަށް ވަންނަނީ
11 އެޕްރީލު 2019

އިންޑިއާގެ ދަނޑުވެރިންގެ އާމްދަނީ ދެ ގުނައަށް އިތުރުކުރާނެ ކަމަށް މޯދީ ވައުދުވެވަޑައިގެންފި

11 އެޕްރީލު 2019
އިންޑިއާގެ ދަނޑުވެރިންގެ އާމްދަނީ ދެ ގުނައަށް އިތުރުކުރާނެ ކަމަށް މޯދީ ވައުދުވެވަޑައިގެންފި
06 ޖޫން 2018

ޔަހޫދީ ސިފައިންނަށް އޮށްގަލުން ހަމަލާދިން 21 އަހަރުގެ ޒުވާނަކު ޝަހީދު ކޮށްލައިފި

06 ޖޫން 2018
ޔަހޫދީ ސިފައިންނަށް އޮށްގަލުން ހަމަލާދިން 21 އަހަރުގެ ޒުވާނަކު ޝަހީދު ކޮށްލައިފި
14 މެއި 2018

ޔަހޫދީން ގުދުސް އަތްދަށު ލައިފި – މުސްލިމް ގައުމު ތަކުގެ ވެރިން ހިމޭނުން

14 މެއި 2018
ޔަހޫދީން ގުދުސް އަތްދަށު ލައިފި – މުސްލިމް ގައުމު ތަކުގެ ވެރިން ހިމޭނުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު