Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހުޅުމާލެ ދެވަނަ ފިޔަވަހިން ގޯތި ވިއްކުން

އާމްދަނީ މަދު މީހުންނަށް ބިން ލިބޭނެ ގޮތެއް ނެތި ހުޅުމާލެއިން ބިން ވިއްކުން ބަލައެއްނުގަނެވޭ، ސިޔާސަތު ބަދަލުކުރުމަށް ގޮވާލަން: ނަޝީދު

27 ޑިސެމްބަރު 2021 | ހޯމަ 16:47

ވިއްކުމަށް ހަމަޖެހިފައިވަނީ ބީޗް ފްރަންޓްގެ 26 ބިން އަދި ބީޗް ސައިޑްގެ 34 ބިން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 27 ޑިސެމްބަރު 2021 | ހޯމަ 16:47
އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

މާލެ ސަރަހައްދުގައި ދިރިއުޅޭ އާމްދަނީ މަދު މީހުންނަށް ބިން ލިބޭނެ ގޮތެއް ނެތި ހުޅުމާލެއިން ބިން ވިއްކުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށް, ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހިން ބީލަމުގެ އުސޫލުން, މީހުން ދިރިއުޅުމަށް 60 ގޯތި ވިއްކުމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ވަނީ ހުޅުވާލާފައެވެ. އެޗްޑީސީގެ މިނިންމުމަށް ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވެފައިވާއިރު ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވަނީ މިސިޔާސަތު ބަދަލުކުރުމަށް ސަރުކާރަށް ގޮވާލައްވާފައެވެ.

Advertisement - newsAdvertisement

މީގެއިތުރުން އެމްޑީޕީގެ ޗެއަރ ޕަރސަން ހަސަން ލަތީފް ކުރެއްވި ޓްވީޓެއްގައިވެސް ވަނީ، ހުޅުމާލެއިން މާލޭގެ ރަށްވެހިންނަށް ދިރިއުޅޭނެ ގޯތިދިނުމުގެ މަސައްކަތްނުކޮށް ހުޅުމާލޭގެ ބިން ބީލަމުގެ އުސޫލުން ވިއްކަން ފެށުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ވިދާޅުވެފައެވެ.

ދާދިފަހުން މާލެ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރުމަށް އެމްޑީޕީން ކުރިޔަށްގެންދިޔަ މާލެ ސިޓީ ކޯކަސް ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ގޯތިދޭންޖެހޭކަމަށެވެ. އެއީ ކޮންމެ ތަނެއް ހިއްކިކަމުގައި ވީނަމަވެސް އެތަނަކުން މާލޭގެ ރައްޔިތުންނަށް އުޅެވޭނެ ގޮތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދޭންޖެހޭކަމަށެވެ. އަދި ހުޅުމާލޭގެ ބިން ކަނޑާފައި މާލޭގެ ރައްޔިތުންނަށް ދީފިނަމަ އެމީހުން އެތަން އާރާސްތުކުރާނެކަމަށާއި އެމީހުން އާމްދަނީ ހޯދައިގެން އެއާމްދަނީން ޓެކްސްގެ ގޮތުގައި ދައުލަތަށް އާމްދަނީ ފޯރުކޮށްދޭނެކަަމަށް ވަނީ ވިދާޅުވެފައެވެ.

ބިން ވިއްކުމާ ގުޅޭގޮތުން އެޗްޑީސީން ބުނީ 1،603.07 (އެއް ހާސް ހަސަތޭކަ ތިނެއް ޕޮއިންޓް ހަތެއް) އަކަފޫޓާއި 2،633.93(ދެ ހާސް ހަސަތޭކަ ތިރީސް ތިނެއް ޕޮއިންޓް ނުވައެއް ތިނެއް) އަކަފޫޓާއި ދެމެދުގެ 60 ބިން ބީލަމުގެ އުސޫލުން ގަތުމުގެ ފުރުސަތު ހުޅުވާލާކަމަށެވެ. އެޗްޑީސީން ބުނީ ވިއްކުމަށް ހަމަޖެހިފައިވާ ބިންތައް ހިމެނެނީ އަތިރިމައްޗާ ދިމާއިން ބީޗް ފްރަންޓްގެ 26 ބިން އަދި އަތިރިމައްޗާ ކައިރިން ބީޗް ސައިޑްގެ 34 ބިމެވެ. އެޗްޑީސީން ބުނީ ކޮންމެ ފަރާތަކަށްވެސް ގަނެވޭނީ އެއް ޕްލޮޓް ކަމަށެވެ.

ބީލަން ހުށަހެޅޭނެ އެންމެ ދަށް އަގުކަމަށް އެޗްޑީސީން ކަނޑައަޅާފައިވަނީ ބީޗް ފްރަންޓުން ނަމަ އަކަފޫޓަކަށް 3،900 ރުފިޔާއެވެ. ބީޗް ސައިޑުން ނަމަ އަކަފޫޓަކަށް 3،500 ރުފިޔާއެވެ.

ބީލަށް ފޯމު ވިއްކުމަށް ހަމަޖެހިފައިވަނީ 500 ރުފިޔާއަށެވެ. ބީޗް ފްރަންޓް އަދި ބީޗް ސައިޑްގެ ފޯމަކީ ވަކި ދެ ފޯމް ކަމަށް އެޗްޑީސީން ބުނެއެވެ.

ބީޗް ފްރަންޓް އަދި ބީޗް ސައިޑްގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި ނެގޭނީ 320،000(ތިންލައްކަ ވިހިހާސް) ރުފިޔާކަމަށް އެޗްޑީސީން ބުނެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު

27 ޖެނުއަރީ 2017
ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު
26 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި
26 ޖެނުއަރީ 2017

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް
22 ޖެނުއަރީ 2017

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި
22 ޖެނުއަރީ 2017

ސްކޫލުތަކަށް އީވް ގާމަންޓުން 240 ޑަސްބިން ހަދިޔާކޮށްފި

22 ޖެނުއަރީ 2017
ސްކޫލުތަކަށް އީވް ގާމަންޓުން 240 ޑަސްބިން ހަދިޔާކޮށްފި
14 ޖެނުއަރީ 2017

އިންޑޮނީޝިޔާއަށް 5.6 ގެ ބާރުމިނުގެ ބިންހެލުމެއް އަތުވެއްޖެ

14 ޖެނުއަރީ 2017
އިންޑޮނީޝިޔާއަށް 5.6 ގެ ބާރުމިނުގެ ބިންހެލުމެއް އަތުވެއްޖެ
11 ޖެނުއަރީ 2017

އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި

11 ޖެނުއަރީ 2017
އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ
06 ޖެނުއަރީ 2017

ފާއިތުވި އަހަރީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރެވިގެންދިޔަ އަހަރެއް: ސީޕީ

06 ޖެނުއަރީ 2017
ފާއިތުވި އަހަރީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރެވިގެންދިޔަ އަހަރެއް: ސީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް