Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ހއ. ހޯރަފުށީ ކުލަބު ޖީއެސް ވޮލީބޯޅަ މުބާރާތް

ވަރުގަދަ ފެނަކަ ހިތްދަތި ގޮތަކަށް ބަލިކޮށް ޕޮލިސް ތަށި ނަގައިފި

ފައިނަލް މެޗާއި ހަމަޔަށް މުބާރާތުގެ ފޭވަރިޓުންނަކީ ފެނަކަ

ހުސައިން ފަރިޔާޒް
ހުސައިން ފަރިޔާޒް, ރާއްޖެ އެމްވީ | 27 ޑިސެމްބަރު 2021 | ހޯމަ 14:39
ހއ. ހޯރަފުށީ ކުލަބު ޖީއެސް ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަން ޕޮލިސް

ހއ. ހޯރަފުށީ ކުލަބު ޖީއެސް ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަން ޕޮލިސް

ހއ. ހޯރަފުށީ ކުލަބު ޖީއެސް ވޮލީބޯޅަ މުބާރާތް 2021، ގެ ޗެމްޕިއަންކަން ހޯރަފުށީ ޕޮލިސް ކުލަބުން ހޯދައިފިއެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން ޕޮލިސް ކުލަބު ނެގީ ހޯރަފުށީ ފެނަކަ ޓީމު ހިތްދަތި ގޮތަކަށް ބަލިކޮށްގެންނެެވެ. ފައިނަލް މެޗާއި ހަމަޔަށް މުބާރާތުގެ ފޭވަރިޓުންނަކީ ފެނަކަ ޓީމެވެ. އެޓީމު ވަނީ ފައިނަލް މެޗުގެ ކުރިން ކުޅުނު ކޮންމެ މެޗެއް ކާމިޔާބުކޮށް އެހެން ޓީމުތައް ހާސްކޮށްލާފައެވެ.

އިތުބާރާއެކު އޮތް ފެނަކަ ޓީމުން ފަސޭހަ ކަމާއިއެކު ފައިނަލް މެޗު ކާމިޔާބުކުރާނެ ކަމަށް ގިނަ ބަޔަކަށް ގަބޫލުކުރެވުނު އެންމެ ބޮޑު އެއްސަބަބަކީ މުޅި މުބާރާތުގައި ވެސް އިތުބާރާއި ޔަގީން ކަމާއެކު ކުޅެމުންދިޔަ ޕާކިސްތާންގެ ގައުމީ ޓީމުގެ ވައިސް ކެޕްޓަން މުބައްޝިރު ރަޒާ އެޓީމުގައި ހުރުމެވެ.

ރަޒާގެ މޮޅު ކުޅުމާއެކު މެޗުގެ ފުރަތަމަ ސެޓް 12/25 އިން ފެނަކަ ގެންދިޔުމާއިި އެކު އެޓީމަށް ތަށީގެ ޔަގީންކަން ބޮޑުވެ، ހިތްވަރު ލިބިގެންދިޔަ އެވެ. އެއާއެކު ދެވަނަ ސެޓް ވެސް ފަސޭހަ ކަމާއި އެކު 21/25 އިން ފެނަަކަ ހޯދިއެވެ. ފުރަތަމަ ދެ ސެޓާއެކު ފެނަކައިގެ ސަޕޯޓަރުންގެ އުންމީދުތައް ބޮޑުވެ، މުޅި ކޯޓް ސަރަހައްދު އެޓީމަށް ދެމުންދިޔަ ތަރުހީބުން ގުގުމަމުންދިޔައެވެ.

ފުރަތަމަ ދެ ސެޓް ގެއްލި ސަޕޯޓަރުން މާޔޫސްވި ނަމަވެސް ޕޮލިސް ޓީމުގެ ފަރާތުން ފެނިގެންދިޔައީ ތަފާތު ހިތްވަރެކެވެ. އެގޮތުން އެޓީމުގެ މުޅި ގޭމްޕްލޭން ބަދަލުކޮށް އާ ހިތްވަރަކާއެކު މުޅި ފެނަކަ ޓީމުގެ ރޫހު ކަމުގައިވާ ރަޒާއަށް ޚާއްސަ ސަމާލުކަމެއްދީ ކުޅެންފެށިއެވެ. ނަތީޖާއެއްގެ ގޮތުން ފެނަކައިން ޗެމްޕިއަންކަން ކަށަވަރުކުރަން ނިކުތް ސެޓް 16/25 އިން ހޯދާ ޕޮލިސް ޓީމުން އުންމީދު އާކުރިއެވެ. މި ސެޓާއެކު އެޓީމަށް ލިބުނު އުންމީދުން ޖެހިގެން އައި ސެޓް 18/25 އިން ހޯދާ މުޅި ގޭމް ޕޮލިސްކޮޅަށް އަނބުރާލިއެވެ. ނަތީޖާ ނެރުމަށްޓަކައި ކުޅުނު ފަސް ވަނަ ސެޓްގައި ފެނަކަ ޓީމުގެ ރަޒާގެ ފަރާތުން ފެނިގެންދިޔައީ ވަރުބަލިކަމެވެ. ޕޮލިސް ކުލަބުގެ ސާވިސްތައް ވެސް ސީދާ ރާޒާއަށް އަމާޒުކުރުމުގެ ނަތީޖާާއެއްގެ ގޮތުން އޭނާގެ ކުޅުން ގެއްލިގެންދިޔައެވެ. ޕޮލިސް ކުލަބުން ފެނަކައިގެ ސަޕޯޓަރުން ރޮއްވާލުމަށްފަހު ޗެމްޕިއަންކަން ކަށަވަރުކުރީ 10/15 އިން ފަސްވަނަ ސެޓް ކާމިޔާބުކޮށްގެންނެވެ.

ފައިނަލް މެޗު ނިމުމުން މަގާމްތަކަށް އިނާމް ދެއްވީ ޔޫތު އެސޯސިއޭޓް ފާތިމަތު ރަޝްމާ އާއި މޯލްޑިވިއަން ހޯރަފުށީ ބްރާންޗްގެ މެނޭޖަރު މުޙައްމަދު ރަޝީދާއި ހޯރަފުށީ ކައުންސިލްގެ ނާއިބްރައީސް އަހުމަދު އިމްދާހު އަދި ހއ. އަތޮޅު މަދަރުސާގެ ޕްރިންސިޕަލް ހުސައިން ނައީމް އަހުމަދެވެ.

މުބާރާތުގެ އެއްމެ މޮޅު ހަ ކުޅުންތެރިންނަށް ހޮވުނީ ފެނަކަ ޓީމުގެ މުބައްޝިރު ރަޒާ އާއި އެޓީމުގެ ހުސައިން ޝިޔާމާއި މުހައްމަދު ލިއުޝާދު އަދި ޕޮލިސް ކުލަބުގެ ދެ ކުޅުންތެރިން ކަމަށްވާ ސްރީލަންކާގެ ޑީޕްތީ އާއި ސަދުން އަދި އެޗްއޭއާރުސީގެ އަހުމަދު އަބްދުލްކަރީމެވެ. ބެސްޓް ލިބަރޯއަކަށް ހޮވުނީ ހޯރަފުށީ އެއާޕޯޓް ޓީމުގެ ފަތުހުﷲ އަހުމަދެވެ. އެންމެ މޮޅު ކޯޗަކަށް ޕޮލިސް ކޯޗު އިބްރާހީމް ފަޒްލީން ހޮވުނު އިރު ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކީ ޑީޕްތީއެވެ.

މި މުބާރާތަކީ ހޯރަފުށީގެ ކުލަބް ޖަމްއިއްޔާތަކާއި ސަރުކާރު އޮފީތަކަށާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކަށާއި، އަމިއްލަ ކުންފުނިތަކަށާއި، ވިޔަފާރިތަކަށް ހުޅުވާލައިގެން ހޯރަފުށީ ކުލަބް ޖީއެސްގެ ފަރާތުން ކުރިއަށް ގެންދިޔަ މުބާރާތެކެވެ.

މި މުބާރާތުގައި ޖުމްލަ ހަތަރު ޓީމަކުން ވާދަކުރިއެވެ. އެ ޓީމްތަކަކީ ހޯރަފުށީ ޕޮލިސްޓޭޝަން، ހޯރަފުށީ ފެނަކަ ބްރާންޗް، ހޯރަފުށީ އެއާޕޯޓް ރިކްރިއޭޝަން ކުލަބްގެ އިތުރުން ޓީމް ހިޔާއެވެ.

ހޯރަފުށީ ސްޕޯޓްސް އެރީނާ ވޮލީ ކޯޓްގައި ކުރިޔަށްދިޔަ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 10000 (ދިހަހާސް ރުފިޔާ) އަދި ރަނަރަޕް ޓީމަށް 5000 (ފަސްހާސް ރުފިޔާ) ދީފައިވެއެވެ.

ކުލަބް ޖީއެސްގެ ފަރާތުން ބުނީ މި މުބާރާތް ކުރިއަށް ގެންދިޔުމަށް ހޯރަފުށީ ކައުންސިލާއި، ހޯރަފުށީ ކޮމިއުނިޓީ ސެންޓަރާއި ހޯރަފުށީ ބައެއް އަމިއްލަ ވިޔަފާރިތަކުން ވަރަށް ބޮޑު އެހީތެރިކަމެއް ދީފައިވާ ކަމަށާއި އެ ފަރާތްތަކަށް ޝުކުރު އަދާކުރާ ކަމަށެވެ.

މީގެއިތުރުން ހޯރަފުށީ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެމްބަރު އަހްމަދު ސަލީމް ދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކޮށް އެ ފަރާތަށް ވެސް އެ ކުލަބުން ވަނީ ޝުކުރު އަދާކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް

ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް

31 ޖެނުއަރީ 2017
އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި

އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި

30 ޖެނުއަރީ 2017
ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު