Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަނުކުރަން އެމްޓީޑީން ނިންމައިފި

27 ޑިސެމްބަރު 2021 | ހޯމަ 13:07

ބައި އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެ ފުރުސަތު، ޑިސެމްބަރު 16ން ޑިސެމްބަރު 30ށް ވަނީ ހުޅުވާލާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 27 ޑިސެމްބަރު 2021 | ހޯމަ 13:07
އެމްޓީޑީގެ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން

އެމްޓީޑީގެ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން

މޯލްޑިވްސް ތަރޑް ވޭ ޑިމޮކްރަޓްސް(އެމްޓީޑީ)ން ކުރިޔަށް އޮތް ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ބައިވެރިނުވުމަށް ނިންމައިފިއެވެ.

އެމްޓީޑީން ކޮމަންޑޫ ދާއިރާގެ އިންތިޚާބުގައި ވާދަކުރުމަށް ނިންމާފައިވާކަން އިއުލާންކޮށްފައިވަނީ ޑިސެމްބަރ މަހުގެ 25 ވަނަ ދުވަހުއެވެ. އެއަށްފަހު ހޯމަ ދުވަހު އެޕާޓީން ބުނީ, ހޯމަ ދުވަހު ބޭއްވި އެމްޓީޑީގެ ކައުންސިލް ބައްދަލުވުމުގައި މިވަގުތު އިންތިހާބެއްގައި ބައިވެރިވުމަށް ނުފެންނަ ކަމަށް ނިންމާފައިވާކަމަށެވެ. ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް ޕާޓީއިން ހުޅުވާލުމުން ކުރިމަތިލި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރުމަށް ވަނީ ބުނެފައެވެ. އެޕާޓީން ކޮމަންޑޫ ދާއިރާއަށް ވާދަނުކުރަން ނިންމި ސަބަބެއް ހާމަކޮށްފައެއްނުވެއެވެ.

Advertisement - newsAdvertisement

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން މިބާއްވަނީ އެދާއިރާގައި ހުންނެވި މެމްބަރ ހުސައިން ވަހީދު ޑިސެމްބަރ މަހުގެ 14 ވަނަ ދުވަހު އަވަހާރަވުމާ ގުޅިގެންނެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ގާނޫނުގެ 5 ވަނަ މާއްދާގެ (ށ)ގެ މަތިން، ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެ ފުރުސަތު، ޑިސެމްބަރު 16ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 8:30ން ފެށިގެން ޑިސެމްބަރު 30ވާ ބުރާސްފަތި ދުވަހުގެ ހަވީރު 3:00އާ ހަމައަށް ވަނީ ހުޅުވާލާފައެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ޕްރައިމަރީގައި ވާދަކުރުމަށް ހުޅުވާލި ފުރުސަތުގައި އެމްޑީޕީގެ ފަރާތުން ނަން ހުށަހަޅާފައިވަނީ ށ. ފޯކައިދޫ މުހައްމަދު ރާޝިދެވެ. އޭނާއަކީ ފޯކައިދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްއެވެ. ޕްރައިމަރީއަށް އިތުރު މީހަކު ކުރިމަތި ނުލާތީ އެމްޑީޕީގެ ޕްރައިމަރީއެއް ނޯންނާނެއެވެ.

ކޮމަންޑޫ ދާއިރާގެ ޕީޕީއެމްގެ ޓިކެޓް ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މޫސާ ފަތުހީ އާދަމަށް އެ ޕާޓީން ވަނީ ދީފައެވެ. އިދިކޮޅު ޕީޕީއެމްގެ ޓިކެޓުގައި އެ ދާއިރާއަށް ވާދަކުރައްވާނެ ބޭފުޅަކު ހޯދުމަށް ޕްރައިމަރީ އަށް ހުޅުވާލުމުން އެކަމަށް އެދި ފޯމު ހުށަހެޅުއްވީ ފަތުހީ އެކަންޏެވެ. އެހެންކަމުން އޭނާ ވެސް ވަނީ ޕްރައިމަރީއަކާ ނުލައި ޓިކެޓު ޔަގީން ކޮށްފައެވެ.

މީގެއިތުރުން ކޮމަންޑޫ ދާއިރާގެ އެތެރޭގެ އިންތިޚާބުގައި ބައިވެރިވުމަށް ހުޅުވާލި ފުރުސަތުގައި އިތުރު މީހަކު ކުރިމަތިލާފައިނުވާތީ މޯލްޑިވްސް ނޭޝަނަލް ޕާޓީގެ(އެމްއެންޕީ) ޓިކެޓް ވެސް، ކޮމަންޑޫއަށް އުފަން އަބްދުލް ހަންނާން އިދުރީސް ވަނީ ޔަގީންކޮށްފައެވެ.

ކޮމަންޑޫ ދާއިރާގެ އިންތިޚާބުގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފެބުރުވަރީ 5ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00ން ހަވީރު 4:00އަށެވެ. 

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

31 ޖެނުއަރީ 2017
 ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު
31 ޖެނުއަރީ 2017

މިހާތަނަށް ބޭއްވި ސިވިލް ސަރވިސް އެންޓްރޭންސް އެގްޒާމްގައި 352 ބައިވެރިވެފައިވޭ

31 ޖެނުއަރީ 2017
މިހާތަނަށް ބޭއްވި ސިވިލް ސަރވިސް އެންޓްރޭންސް އެގްޒާމްގައި 352 ބައިވެރިވެފައިވޭ
31 ޖެނުއަރީ 2017

މެޑަމް ފާތުން އިންތިޒާމްކުރައްވާ މައުރަޒަކަށް ފެނަކައިން ބައިލައްކަ ރުފިޔާ ދެނީ!

31 ޖެނުއަރީ 2017
މެޑަމް ފާތުން އިންތިޒާމްކުރައްވާ މައުރަޒަކަށް ފެނަކައިން ބައިލައްކަ ރުފިޔާ ދެނީ!
26 ޖެނުއަރީ 2017

"ލޯ ރިޕޯޓް ޑޭޓާބޭސް" ގެ މޯބައިލް އެޕްލިކޭޝަން ތަޢާރަފުކޮށްފި

26 ޖެނުއަރީ 2017
"ލޯ ރިޕޯޓް ޑޭޓާބޭސް" ގެ މޯބައިލް އެޕްލިކޭޝަން ތަޢާރަފުކޮށްފި
25 ޖެނުއަރީ 2017

އިރުޝާން މަރާލި މަރާމާރީގައި ބައިވެރިވި މީހަކު އެންމެ 27 ދުވަހަށް ޖަލަށް!

25 ޖެނުއަރީ 2017
އިރުޝާން މަރާލި މަރާމާރީގައި ބައިވެރިވި މީހަކު އެންމެ 27 ދުވަހަށް ޖަލަށް!
23 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި

23 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި
17 ޖެނުއަރީ 2017

އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު

17 ޖެނުއަރީ 2017
އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު
16 ޖެނުއަރީ 2017

ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި

16 ޖެނުއަރީ 2017
ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
06 ޖެނުއަރީ 2017

ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް

06 ޖެނުއަރީ 2017
ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް