Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖުމްހޫރީ މައިދާނުގެ ވިނަގަނޑަށް ގެއްލުންވުން

ޖުމްހޫރީ މައިދާނުގެ ވިނަގަނޑަށް ގެއްލުންވާގޮތަށް އަމަލުކުރުން، ސިޓީ ކައުންސިލުން ކުށްވެރިކޮށްފި

26 ޑިސެމްބަރު 2021 | އާދީއްތަ 07:48

މާލެ ސިޓީ ކައުންސިލުން ޖުމްހޫރީ މައިދާނުގައި ވިނަ އިންދައި އެތަން ބެލެހެއްޓުމުގެ މަސައްކަތް ކުރަމުންދޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 26 ޑިސެމްބަރު 2021 | އާދީއްތަ 07:48
އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާއަށް ތައްޔާރުވަނީ

އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާއަށް ތައްޔާރުވަނީ

ޖުމްހޫރީ މައިދާނުގެ ވިނަގަނޑު ހަލާކުވެދާނެ ފަދަ ކަމެއް ނުކުރުމަށް މާލޭ ސިޓީ ކައުންސިލުން ހޯމް މިނިސްޓްރީއަށް އަންގާފައިވަނިކޮށް އެއާ ޚިލާފަށް އަމަލުކުރުމުން އެކަން ސިޓީ ކައުންސިލުން ކުށްވެރިކޮށްފިއެވެ.

ސިޓީ ކައުންސިލުން ބުނީ ޖުމްހޫރީ މައިދާނަކީ މާލޭގެ މަލަމަތި ދައްކުވައިދޭ މުހިންމު ސަރަޙައްދެއް ނަމަވެސް ފާއިތުވި 3 އަހަރުގެ ތެރޭގައި ޖުމްހޫރީ މައިދާނުގައި އާބާތުރަފިލުވުމަށް އެއްވެސް މަސައްކަތެއް ކޮށްފައިނުވާކަމަށެވެ. އެހެންކަމުން މާލޭ ސިޓީ ކައުންސިލްގެ ފަރާތުން ވަރަށް ބޮޑު ހޭދައެއްކޮށްގެން ޖުމްހޫރީ މައިދާނުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ކުރެވެމުންދާކަމަށް ބުނެފައިވެއެވެ.

Advertisement - newsAdvertisement

މި މަސައްކަތުގެ ތެރެއިން ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު އެ ކައުންސިލުން ވަނީ ޖުމްހޫރީ މައިދާނުގައި ވިނަ އިންދުމުގެ މަސައްކަތްފަށައި 1 މަސްތެރޭގައި މި މަސައްކަތް ނިންމާލާފައި ކަމަށް ބުނެފައިވެއެވެ. އަދި ވިނަގަނޑު ބެލެހެއްޓުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމަށް 3 ހަފްތާވަންދެން އެ ވިނަގަނޑުގެ ބޭނުންނުކުރުމަށާއި، ވިނަގަނޑު ހެދެން އަދި ވަގުތު ބޭނުންވާނެ ކަމަށް ހޯމްމިނިސްޓްރީއާ އެކު ކުރެވުނު މަޝްވަރާތަކުގައި ހިއްސާކޮށްފައިވާނެ ކަމަށް ވަނީ ބުނެފައެވެ.

އެހެންނަމަވެސް އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާ ބޭއްވުމަށްޓަކައި ޖުމްހޫރީ މައިދާނުގައި ޓެންޓް ފަދަ ތަކެތި ބެހެއްޓުމަށް، ވިނަގަނޑުގެ ބޭނުންކުރުމަށް ހޯމް މިނިސްޓްރީގެ ފަރާތުން ކައުންސިލްގެ ހުއްދައަށް އެދިފައިވާކަމަށް ބުނެފައިވެއެވެ. އަދި ވިނަގަނޑު ހަލާކުވާނެފަދަ އެއްވެސް ކަމެއް ނުކުރުމަށް އެދި ލިޔުމުން ވެސް ހޯމް މިނިސްޓަރީއަށް އަންގާފައިވާނެ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. ދެފަރާތުން ގުޅިގެން ކުރިއަށްގެންދިޔަ ބައްދަލުވުމުގައި އެގޮތަށް އެއްބަސްވެފައިވާކަމަށް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

ސިޓީ ކައުންސިލުން ހޯމް މިނިސްޓްރީއަށް ފޮނުވި ޖަވާބުގައި ވަރަށް ތަފްސީލްކޮށް ޖުމްހޫރީ މައިދާނުގައި ޖަލްސާ ބޭއްވުމަށް ހުއްދަދެވެން ނެތް ސަބަބު ބަޔާންކޮށްދީފައިވާނެ ކަމަށް ބުނެފައިވެއެވެ. ޖުމްހޫރީ މައިދާނުގެ ބަދަލުގައި އެ ޖަލްސާ ބޭއްވުމަށް އިސްލާމީ މަރުކަޒުގެ ބޭރުގައި މާބްލްޖަހާފައިވާ ސަރަޙައްދު ހަމަޖައްސައިދެއްވާނެ ކަމަށް ހޯމް މިނިސްޓްރީއަށް އަންގާފައިވާނެ ކަމަށް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

ޖުމްހޫރީ މައިދާނުގައި ޓެންޓް ފަދަ ތަކެތި ޖެހުން މަނާކޮށްފައިވަނީ ވިނަތައް ހެއްދުމަށްޓަކައި ވަރަށް ބޮޑެތި ޚަރަދުކޮށްފައިވުމާއި، ވިނަތަކަށް އެކަށީގެންވާގޮތަށް އަވި ނުލިބޭނެހެން ޓެންޓް ޖަހާފައި ބެހެއްޓުމަކީ ވިނަގަނޑު ހަލާކުވެގެން ދާނެފަދަކަމެއްކަމަށްވާތީ ކަމަށް ސިޓީ ކައުންސިލުން ބުނެފައިވެއެވެ. އެހެންނަމަވެސް ކައުންސިލުން އަންގާފައިވާގޮތާ ޚިލާފަށް ވިނަގަނޑަށް ގެއްލުންވާނެގޮތަށް ޓެންޓް ޖެހުމާއި އެހެނިހެން މަސައްކަތް ކޮށްފައިވާތީ އެކަން ސިޓީ ކައުންސިލުން ވަނީ ކުށްވެރިކޮށްފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

11 ޖުލައި 2017

ގާސިމްގެ އިސްތަށިފުޅުގައި ޕީޕީއެމްއިން އަޅުވަނީ ދޮގު އިލްޒާމެއް: ޖުމްހޫރީ ޕާޓީ

11 ޖުލައި 2017
ގާސިމްގެ އިސްތަށިފުޅުގައި ޕީޕީއެމްއިން އަޅުވަނީ ދޮގު އިލްޒާމެއް: ޖުމްހޫރީ ޕާޓީ
22 ޖޫން 2017

ޖުމްހޫރީ ޕާޓީގެ ދިދަ އާއި ލޯގޯގެ މައްސަލައިގެ އަޑުއެހުމެއް މިއަދު

22 ޖޫން 2017
ޖުމްހޫރީ ޕާޓީގެ ދިދަ އާއި ލޯގޯގެ މައްސަލައިގެ އަޑުއެހުމެއް މިއަދު
21 ޖޫން 2017

ޖުމްހޫރީ ޕާޓީގެ ދިދައާއި ލޯގޯގެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ކެންސަލްކޮށްފި

21 ޖޫން 2017
ޖުމްހޫރީ ޕާޓީގެ ދިދައާއި ލޯގޯގެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ކެންސަލްކޮށްފި
21 ޖޫން 2017

ޖުމްހޫރީ ޕާޓީގެ ދިދައާއި ލޯގޯގެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ބުދަ ދުވަހު

21 ޖޫން 2017
ޖުމްހޫރީ ޕާޓީގެ ދިދައާއި ލޯގޯގެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ބުދަ ދުވަހު
04 ޖޫން 2017

ޖުމްހޫރީ ޕާޓީގެ ލޯގޯ އާއި ދިދަ ބޭނުންކުރުން މަނާކޮށްފި

04 ޖޫން 2017
ޖުމްހޫރީ ޕާޓީގެ ލޯގޯ އާއި ދިދަ ބޭނުންކުރުން މަނާކޮށްފި
06 އެޕްރީލު 2017

ކޯޓު އަމުރެއްގެ ދަށުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ހައްޔަރު ކޮށްފި

06 އެޕްރީލު 2017
ކޯޓު އަމުރެއްގެ ދަށުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ހައްޔަރު ކޮށްފި
29 މާރިޗު 2017

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް ފުލުސް އޮފީހަށް ހާޒިރު ކުރަން ޗިޓް ފޮނުވައިފި

29 މާރިޗު 2017
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް ފުލުސް އޮފީހަށް ހާޒިރު ކުރަން ޗިޓް ފޮނުވައިފި
13 މާރިޗު 2017

ޖުމްހޫރީ ޕާޓީގެ ދިދަ ބަދަލުކުރަން އަންގައިފި

13 މާރިޗު 2017
ޖުމްހޫރީ ޕާޓީގެ ދިދަ ބަދަލުކުރަން އަންގައިފި
11 މާރިޗު 2017

ސައުދީ ރަސްގެފާނަށް ޖުމްހޫރީ މައިދާން ޒީނަތްތެރި ކުރަނީ

11 މާރިޗު 2017
ސައުދީ ރަސްގެފާނަށް ޖުމްހޫރީ މައިދާން ޒީނަތްތެރި ކުރަނީ
14 ފެބުރުއަރީ 2017

ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް

14 ފެބުރުއަރީ 2017
ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް