Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއޭސީސީގެ މެމްބަރުން ވަކިކުރުން

އޭސީސީގެ މެމްބަރުން ޖަވާބުދާރީ ވުމުން މެމްބަރުން ވަކިކުރުމުގެ މައްސަލައިގައި ކޮމިޓީ ބާއްވަނީ

ހަވީރު 4:30ށް ބައްދަލުވުން ވަނީ ތާވަލް ކޮށްފައި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 26 ޑިސެމްބަރު 2021 | އާދީއްތަ 07:33
އޭސީސީގެ ބައެއް މެމްބަރުން ނޫސްވެރިންގެ ބައްދަލުވުމެއްގައި

އޭސީސީގެ ބައެއް މެމްބަރުން ނޫސްވެރިންގެ ބައްދަލުވުމެއްގައި

އެންޓި-ކޮރަޕްޝަން ކޮމިޝަން، (އޭސީސީ) ގެ މެމްބަރުން ވަކިކުރުމުގެ ކުރިން ލިޔުމުން ޖަވާބުދާރީވުމަށް ދިން މުއްދަތުގައި މެމްބަރުން ޖަވާބުދާރީ ވުމުން ގޮތެއް ނިންމުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމެއް ބާއްވަން ނިންމައިފިއެވެ.

ހަވީރު 4:30ށް ކޮމިޓީގެ ބައްދަލުވުން ވަނީ ތާވަލް ކޮށްފައެވެ. އޭސީސީގައި މިވަގުތު ތިބި މެމްބަރުން ވަކިކުރުމަށް ކޮމިޓީން ކުރައްވާ މަސައްކަތުގައި މެމްބަރުން ވަނީ ލިޔުމުން ޖަވާބުދާރީވެފައެވެ.

Advertisement - newsAdvertisement

ޕާރފޯމެންސް އޮޑިޓާ ގުޅިގެން އޭސީސީގެ މެމްބަރުންނަށް 5 ދުވަހުގެ ތެރޭގައި ޖަވާބުދާރީ ވުމަށް މުއްދަތު ދީފައިވަނީ މި މަހުގެ 16 ވަނަ ދުވަހުއެވެ.

އޭސީސީގެ މެމްބަރުން ވަކި ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކޮށްފައިވަނިކޮށް އެކޮމިޝަނުގައި ހިމެނޭ އިބްރާހީމް ޝަކީލް އާއި އަލީ އަޝްރަފް ވަނީ ކޮމިޝަނުގެ މެންބަރުކަމުން އިސްތިއުފާދެއްވާފައެވެ.

އެހެންކަމުން އެކޮމިޝަނުގައި މިވަގުތު ތިއްބެވީ ކޮމިޝަނުގެ ރައީސް މަރިޔަމް ޝިއުނާއާއި، ނާއިބު ރައީސް ފާޠިމަތު އަނޫލާގެ އިތުރުން މެންބަރު ޢާއިޝަތު ޢަބްދުﷲ އެވެ. މިވަގުތު ކޮމިޝަނުގެ ރައީސް މަރިޔަމް ޝިއުނާ ހުންނެވީ ޗުއްޓީގައެވެ.

އޭސީސީގެ މެމްބަރުން ވަކި ކުރުމަށް ނިންމީ އޭސީސީން މައްސަލަތައް ބެލުމުގައި ލަސްކަމުގެ ފާޑުކިއުންތަކާއެކު ތަކުރާރުކޮށް މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ހާޒިރުކޮށް ޕާރފޯމަންސް އޮޑިޓެއް ހެދުމަށް ފަހުއެވެ. 

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން
26 ޖެނުއަރީ 2017

ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު

26 ޖެނުއަރީ 2017
ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު
25 ޖެނުއަރީ 2017

ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!

25 ޖެނުއަރީ 2017
ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!
24 ޖެނުއަރީ 2017

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި
22 ޖެނުއަރީ 2017

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު