Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުހޯރަފުށީ ކުލަބު ޖީއެސް ވޮލީބޯޅަ މުބާރާތް

ސައްތައިން ސައްތަ ރިކޯޑަކަށް ޕޮލިހާއި ދެކޮޅަށް ފެނަކަ  

25 ޑިސެމްބަރު 2021 | ހޮނިހިރު 16:57

ފައިނަލް މެޗަށް ދެ ޓީމުންވެސް ވަނީ އިތުރު ކުޅުންތެރިންނާއެކު ޓީމު ވަރުގަދަކޮށްފައި

ހުސައިން ފަރިޔާޒް
ހުސައިން ފަރިޔާޒް | 25 ޑިސެމްބަރު 2021 | ހޮނިހިރު 16:57
ފެނަކަ ޓީމު - ފައިނަލް މެޗަށް ވަނީ ފުރިހަމައަށް ތައްޔާރުވެފައި

ފެނަކަ ޓީމު - ފައިނަލް މެޗަށް ވަނީ ފުރިހަމައަށް ތައްޔާރުވެފައި

ހއ. ހޯރަފުށީ ކުލަބު ޖީއެސް ވޮލީބޯޅަ މުބާރާތް 2021، ފައިނަލް މެޗު ވާދަވެރިކަން ބޮޑުވެ ސަތޭކައިން ސަތޭކައިގެ ރިކޯޑެއް ގާއިމް ކުރުމަށް ވަރުގަދަ ފެނަކަ ތައްޔާރުވެއްޖެއެވެ.

ހޯރަފުށީ ޕޮލިސް ކުލަބާއި ދެކޮޅަށް އާދިއްތަ ދުވަހުގެ ރޭ ކުޅޭ ފަައިނަލް މެޗަށް ހޯރަފުށީ ފެނަކަ ޓީމު ނިކުންނައިރު އެޓީމު ވަނީ މިހާތަނަށް ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް ސަޕޯޓަރުންގެ ފުރިހަމަ އިތުބާރު ހޯދާފައެވެ.

ޕޮލިސް ކުލަބު ފައިނަލް ދަތުރުކޮށްފައި ވަނީ ގްރޫޕް ސްޓޭޖްގެ ދެވަނަ ޓީމުގެ ގޮތުގައި ސެމީފައިނަލް ދަތުރުކޮށް ގްރޫޕް ސްޓޭޖްގެ ތިން ވަނަ ޓީމު ކަމަށްވާ ހޯރަފުށީ އެއާޕޯޓް ޓީމު ބަލިކޮށްފައެވެ.

އެހެން ކަމުން ފައިނަލް މެޗުގައި ކުޅޭ ދެ ޓީމަކީ ވެސް ފުރިހަމަ އިތުބާރާ ޔަގީންކަމާއި އެކު އޮތް ދެ ޓީމެވެ. ގްރޫޕް ސްޓޭޖްގައި ފެނަކަ އަދި ޕޮލިސް ބައްދަލު ކުރި މެޗު ނިމިފައި ވަނީ ހަމަ ހަމަ ކުޅުމަކަށް ފަހު ތިން ސެޓް ދެ ސެޓުން ފެނަކަ މޮޅުވެގެން ނެވެ. މި މެޗުގެ ފުރަތަމަ ސެޓް 20/25 އިން ފެނަކަ ހޯދި ނަމަ ވެސް ޖެހިގެން އައި ސެޓް 22/25 އިން ހޯދީ ޕޮލިހެވެ. އަނެއްކާ ވެސް ފެނަކަ އިން 20/25 ތިން ވަނަ ސެޓް ހޯދުމާއި އެކު ހިތްވަރުކޮށް ހަތަރު ވަނަ ސެޓް ޕޮލިސް ހޯދީ 23/25 ން ނެވެ. ދެޓީމުގެ ހަމަ ހަމަ ކުޅުމާއި އެކު ނަތީޖާ ނެރުމަށް ކުޅުނު ސެޓް ފެނަކަ ހޯދީ ޕޮލިސް ޓީމަށް މެޗު ނިންމަން ފުރުސަތު ލިބުމަށް ފަހު ގެއްލުނު ފުރުސަތުގައެވެ. އެހެން ކަމުން ފައިނަލް މެޗު ވެގެންދާނީ ފޯރިގަދަ އަދި ވާދަވެރި މެޗަކަށެވެ.

ދެޓީމުގައި ވެސް ދިވެހި ކުޅުންތެރިންގެ މޮޅު ކުޅުން ފެނިގެންދާއިރު ޓީމުގެ އެއްމެ މުހިންމު މަގާމުތައް އަދާކުރަނީ ސަރަހައްދީ ވޮލީގައި މަޝްހޫރު މޫނުތަކެވެ. ފެނަކައިގެ މުޅި ރޫހުގެ ގޮތުގައި އެޓީމު ފައިނަލް ގެންގޮސްދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިއަކީ ޕާކިސްތާންގެ ގައުމީ ޓީމުގެ ވައިސް ކެޕްޓަން މުބައްޝިރު ރަޒާ އެވެ. ފައިނަލް މެޗަށް ޓީމު އިތުރަށް ވަރުގަދަ ކުރުމަށް އިތުރު އެޓޭކަރަކާއި ސެޓަރެއް މިހާރު ވަނީ ފެނަކަ ޓީމާއި ގުޅިފައެވެ. އެހެން ކަމުން މި ދެ ކުޅުންތެރިންނާއި މުބައްޝިރު ރަޒާއިއެކު ފެނަކަ ވަނީ އިތުރަށް ވަރުގަދަވެ ފައިނަލް މެޗަށް ފުރިހަމައަށް ތައްޔާރުވެފައެވެ.

ޕޮލިސް ކުލަބުގައި ފޯރަފުށީގެ މަޝްހޫރު ވޮލީ ކުޅުންތެރިން ތިބިއިރު އެޓީމުގެ ހިތްވަރުގެ ގޮތުގައި ތިބީ ސަރަހައްދީ ވޮލީގައި މަޝްހޫރު ލަންކާގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޑީޕްޓީ އާއި އެޓީމުގެ ކުރީގެ ކުޅުންތެރިޔާ ސަންދުން އެވެ. ފައިނަލް މެޗުގައި ޕޮލިސް ޓީމަށް އޮތް އެއްމެ ބޮޑު ހިތް ހަމަޖެހުމަކީ ސެމީފައިނަލް މެޗުގައި ނުކުޅޭ އެމްއެންޑީއެފްގެ ކުރީގެ ކުޅުންތެރިޔާ އިބްރާހިީމް އިހްސާން ފައިނަލް މެޗަށް ފިޓްވުމެވެ.

ދެޓީމުވެސް ފައިނަލް މެޗަށް އިތުރަށް ޓީމު ވަރުގަދަކޮށްފައިވާއިރު މި މެޗުވެގެންދާނީ ހުރިހާ ގޮތުން ވެސް ފޯރިގަދަ އަދި ވާދަވެރިކަން ބޮޑު މެޗަކަށެވެ.

މި މުބާރާތަކީ ހޯރަފުށީގެ ކުލަބް ޖަމްއިއްޔާތަކާއި ސަރުކާރު އޮފީތަކަށާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކަށާއި، އަމިއްލަ ކުންފުނިތަކަށާއި، ވިޔަފާރިތަކަށް ހުޅުވާލައިގެން ހޯރަފުށީ ކުލަބް ޖީއެސްގެ ފަރާތުން ކުރިއަށް ގެންދާ މުބާރާތެކެވެ.

މި މުބާރާތުގައި ޖުމްލަ ހަތަރު ޓީމަކުން ވާދަކުރިއެވެ. އެ ޓީމްތަކަކީ ހޯރަފުށީ ޕޮލިސްޓޭޝަން، ހޯރަފުށީ ފެނަކަ ބްރާންޗް، ހޯރަފުށީ އެއާޕޯޓް ރިކްރިއޭޝަން ކުލަބްގެ އިތުރުން ޓީމް ހިޔާއެވެ.

ހޯރަފުށީ ސްޕޯޓްސް އެރީނާ ވޮލީ ކޯޓްގައި ކުރިޔަށްދާ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 10000 (ދިހަހާސް ރުފިޔާ) އަދި ރަނަރަޕް ޓީމަށް 5000 (ފަސްހާސް ރުފިޔާ) ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ކުލަބް ޖީއެސްގެ ފަރާތުން ބުނީ މި މުބާރާތް ކުރިއަށް ގެންދިޔުމަށް ހޯރަފުށީ ކައުންސިލާއި، ހޯރަފުށީ ކޮމިއުނިޓީ ސެންޓަރާއި ހޯރަފުށީ ބައެއް އަމިއްލަ ވިޔަފާރިތަކުން ވަރަށް ބޮޑު އެހީތެރިކަމެއް ދީފައިވާ ކަމަށާއި އެ ފަރާތްތަކަށް ޝުކުރު އަދާކުރާ ކަމަށެވެ.

މީގެއިތުރުން ހޯރަފުށީ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެމްބަރު އަހްމަދު ސަލީމް ދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކޮށް އެ ފަރާތަށް ވެސް އެ ކުލަބުން ވަނީ ޝުކުރު އަދާކޮށްފައެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

08 މާރިޗު 2017

ޔޫވީއާ ދެކޮޅަށް ނުކުންނާނީ މޮޅެއް ހޯދުމަށް: ޓަވަރެސް

08 މާރިޗު 2017
ޔޫވީއާ ދެކޮޅަށް ނުކުންނާނީ މޮޅެއް ހޯދުމަށް: ޓަވަރެސް
04 މާރިޗު 2017

ޔޫވީ ތަރުތީބުކުރަން އެނގޭނީ އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗަށްފަހު: އާތީ

04 މާރިޗު 2017
ޔޫވީ ތަރުތީބުކުރަން އެނގޭނީ އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗަށްފަހު: އާތީ
28 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ފައިނަލުގައި ޓީސީއާ ދެކޮޅަށް ނިކުންނާނީ ކޮރެއާގެ ޕޮޗިއަން

28 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ފައިނަލުގައި ޓީސީއާ ދެކޮޅަށް ނިކުންނާނީ ކޮރެއާގެ ޕޮޗިއަން
27 ފެބުރުއަރީ 2017

ޓީސީއާ ދެކޮޅަށް ނިކުންނަ މަނަންގް ކްލަބަކީ ދަންނަންތަ؟

27 ފެބުރުއަރީ 2017
ޓީސީއާ ދެކޮޅަށް ނިކުންނަ މަނަންގް ކްލަބަކީ ދަންނަންތަ؟
25 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ޓީސީއާ ދެކޮޅަށް ސެމީގައި ނިކުންނާނީ ނޭޕާލްގެ މަނަންގް

25 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ޓީސީއާ ދެކޮޅަށް ސެމީގައި ނިކުންނާނީ ނޭޕާލްގެ މަނަންގް
25 ފެބުރުއަރީ 2017

މެޗަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދަން، ސުޒޭންއާ ދެކޮޅަށް ނިކުންނަން ޖެހުމަކީ އުފާވާ ކަމެއް: ސޮބާ

25 ފެބުރުއަރީ 2017
މެޗަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދަން، ސުޒޭންއާ ދެކޮޅަށް ނިކުންނަން ޖެހުމަކީ އުފާވާ ކަމެއް: ސޮބާ
15 ފެބުރުއަރީ 2017

މާޒިޔާއާ ދެކޮޅަށް ނިކުންނާނީ ނެގެންހުރި ހަތިޔާރެއް ނަގައިގެން:ފެސްކޯ

15 ފެބުރުއަރީ 2017
މާޒިޔާއާ ދެކޮޅަށް ނިކުންނާނީ ނެގެންހުރި ހަތިޔާރެއް ނަގައިގެން:ފެސްކޯ
14 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ

14 ފެބުރުއަރީ 2017
 ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ
02 ފެބުރުއަރީ 2017

މިއަދުގެ މެޗުތައް ޕޮލިހާއި ފިނޭންސުން ކާމިޔާބުކޮށްފި

02 ފެބުރުއަރީ 2017
މިއަދުގެ މެޗުތައް ޕޮލިހާއި ފިނޭންސުން ކާމިޔާބުކޮށްފި
25 ޖެނުއަރީ 2017

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް