ކ. މާލެ
|
23 ޑިސެންބަރ 2021 | ބުރާސްފަތި 22:08
މާލޭގެ މަގުމަތި
މާލޭގެ މަގުމަތި
ރާއްޖެއެމްވީ
ކޮވިޑް-19، ރާއްޖޭގެ ހާލަތު
ކޮވިޑް-19ށް އިތުރު 145 މީހުން ޕޮޒިޓިވް
1925 އެކްޓިވް ކޭސް ހިމެނޭ

ކޮވިޑް-19ށް އިތުރު 145 މީހުން ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ، ބުދަ ދުވަހުގެ އިރުއޮއްސި 6:00ން ބުރާސްފަތި ދުވަހުގެ އިރުއޮއްސި 6:00ށް 4،131 ސާމްޕަލް ނަގާފައިވާ ކަމަށާއި، އޭގެ ތެރެއިން 145 މީހުން ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެއީ މާލެ ސަރަހައްދުން 47 މީހުންނާއި، އަތޮޅުތެރެއިން 52 މީހުންނާއި އަދި ހިންގަމުންދާ ރިސޯޓުތަކުން 46 މީހުންނެވެ.

1925 އެކްޓިވް ކޭސް ހިމެނޭއިރު، 13 މީހަކަށް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ދާކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭއިން ބުނީ މިހާތަނަށް 94،444 މީހުން ޕޮޒިޓިވްވެފައިވާ ކަމަށާއި، 92،245 މީހުން ބަލިން ރަނގަޅުވެފައިވާ ކަމަށެވެ. 261 މީހުން މިބަލީގައި ނިޔާވެފައިވެއެވެ.

ރާއްޖޭގެ ކޮވިޑްގެ ހާލަތަށް ބަލާއިރު، ދުނިޔޭގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް-19ގެ އައު ވޭރިއެންޓްކަމުގައިވާ އޮމިކްރޯންގެ އިތުރު 4 ކޭސް ރާއްޖެއިން ވަނީ ފެނިފައެވެ. އެކަމުގެ އިތުރު ތަފްސީލް ދެއްވަމުން އެޕިޑަމޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވީ، އޮމިކްރޯނަށް ޕޮޒިޓިވްވެފައި ވަނީ ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް ކަމަށެވެ. އަދި މި މީހުންނަކީ އެފްރިކާގެ ދެކުނު ގައުމުތަކަށް މިފަހުން ދަތުރުކޮށްފައިވާ މީހުން ކަމަށެވެ.

- ކޮމެންޓް