Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޓިއުނީޝިއާގެ ކުރީގެ ރައީސް ޖަލަށް

ޓިއުނީޝިއާގެ ކުރީގެ ރައީސް މަރުޒޫކީ 4 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

ގައުމު ހަލަބޮލި ކޮށްލުމަށް ހިތްވަރު ދެއްވާފައިވޭ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 23 ޑިސެމްބަރު 2021 | ބުރާސްފަތި 10:41
މޮންސަފް މަރުޒޫކީ - ޓިއުނީޝިއާގެ ކުރީގެ ރައީސް

މޮންސަފް މަރުޒޫކީ - ޓިއުނީޝިއާގެ ކުރީގެ ރައީސް

ޓިއުނީޝިއާގެ ކުރީގެ ރައީސް މަންސަފް މަރުޒޫކީ 4 އަހަރަށް ޖަލަށްލާން ޓިއުނީޝިއާގެ ކޯޓުން ހުކުމް ކޮށްފިއެވެ.

އޭނާގެ މައްޗަށް ހުކުމް ކޮށްފައިވަނީ ގައުމުގެ ސަލާމަަތަށް ނުރައްކާވާ ކަންކަމަށް ގޮވާލައްވައި އެކަމަށް ހިތްވަރު ދެއްވުމުގެ ކުށް ސާބިތުވުމުންނެވެ. އޭނާވަނީ ގައުމުން ބޭރުގައި ހުންނަވައި ޓިއުނީޝިއާގެ ސަރުކާރު ވައްޓާލުމަށް ހިތްވަރުދެއްވައިސަރުކާރާ ދެކޮޅަށް މަގުމައްޗަށް ނުކުމެ ގައުމު ހަލަބޮލި ކޮށްލުމަށް ހިތްވަރުދެއްވާފައި ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. މިކަމުގެ ސަބަބުން ޓިއުނީޝިއާގެ ޚާރިޖީގެ ގުޅުންތަކަށް ބުރޫ އަރާފައިވާ ކަމަށް އެގައުމުގެ މީޑިއާއިން ރިޕޯޓުކޮށްފައިވެއެވެ.

ހުކުމް އިއްވާފައިވަނީ އޭނާގެ ޣައިރު ހާޒިރުގައެވެ. އުމުރުން 76 އަހަރުގެ މަރްޒޫކީ ދިރިއުޅުއްވަނީ ފްރާންސްގައެވެ.

މަރްޒޫކީ ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާއަށް އިންކާރު ކުރައްވާފައެވެ. އަދި ޓިއުނީޝިއާގެ ރައީސް ކައިސް ސައީދު ވެރިކަން ކުރައްވަނީ ގާނޫނުއަސާސީއާ ޚިލާފަށް ކަމަށް އަލްޖަޒީރާއަށް ދެއްވި އިންޓަރވިއުއެއްގަައި މަރްޒޫކީ ވަނީ ވިދާޅުވެފައެވެ. އަދި ގައުމު ޑިކްޓޭޓަރެއްގެ އަތްދަށުން ސަލާމަތް ކުރުމަށް މަރު ދުވަހާ ހަަމައަށް ހަނގުރާމަ ކުރައްވާނެ ކަމަށް ވިދާޅުވެފައިވެއެވެ.

ކައިސް ސައީދު ރައީސް ކަމަށް ވަޑައިގަތީ 2019، ޖުލައި 25ވަނަ ދުވަހުއެވެ. އޭގެ ދުވަސްގަނޑެއްފަހުން ރައްޔިތުން މަގުމައްޗަށް ނުކުމެ ސަރުކާރާ ދެކޮޅަށް މުޒާހާރާތައް ކޮށްފައިވެއެވެ. އެއާއެކު މަޖިލިސް ސަސްޕެންޝަނަކަށް ގެނެސް ކޮރަޕްޝަނާ ދެކޮޅަށް ވަރުގަދަ ތަހުގީގެއް ފެއްޓެވިއެވެ.

މަރްޒޫކީ ރައީސް ކަން ކުރެއްވީ 2011ން 2014ށެވެ.

މެދުއިރުމައްޗާއި އުތުރު އެފްރިކާގެ ގައުމުތަކުގައި 2010 ވަނަ އަހަރު ހިނގި "އަރަބް ސްޕްރިންގް" އިންގިލާބުތަކަށް ފަހު ކާމިޔާބުކަމާއެކު ޑިމޮކްރެސީ ހިނގަމުންދާ ހަމައެކަނި ގައުމަކީ ޓިއުނީޝިއާގެ ގޮތުގައި މީގެ ކުރިން އޮތީ ބެލެވިފައެވެ.

ނަމަވެސް ޑިމޮކްރަސީ ގެނެވުނާ 10 އަހަރު ފަހުން، އެ ގައުމުގެ 12 މިލިއަން މީހުން ދެކޭ ގޮތުގައި މާ ބޮޑު ތަފާތެއް ފެނިފައެއް ނުވެއެވެ. އެގޮތުން ދިރިއުޅުމުގެ ފެންވަރަށް ކުރިއެރުމެއް އައިސްފައި ނުވާ ކަމަށާއި ސިޔާސީ ތަޅާފޮޅުމުގެ ސަބަބުން ހިތްހަމަނުޖެހޭ ކަމަށް ރައްޔިތުން ބުނެއެވެ.

އޭގެ އިތުރުން އެންމެ ފަހުން އުވާލި ސަރުކާރު ވަނީ ގިނަ ކަންކަމުގައި ފެއިލްވެފައި ކަމަށާއި އޭގެ ތެރޭގައި ކޮވިޑް ކޮންޓްރޯލް ކުރުމުން ހިމެނޭ ކަމަށް ރައްޔިތުން ދެކެއެވެ.

ޓިއުނީޝިއާ

އިތުރަށް ކިޔާލަން

09 އޯގަސްޓު 2023

ތޫނިސްއިން ހިޖުރަވެރިން ނެރެ، ލީބިޔާގެ ސަހަރާ ތެރެއަށް "އުކާލަނީ"؟

09 އޯގަސްޓު 2023
ތޫނިސްއިން ހިޖުރަވެރިން ނެރެ، ލީބިޔާގެ ސަހަރާ ތެރެއަށް "އުކާލަނީ"؟
01 ޖޫން 2023

ގިނިސް ފޮތަށް ނޭރިއަސް ހުސައިނަކީ ހަމަ ރެކޯޑެއް

01 ޖޫން 2023
ގިނިސް ފޮތަށް ނޭރިއަސް ހުސައިނަކީ ހަމަ ރެކޯޑެއް
24 މެއި 2023

ދައުދާގެ މާފެން ހެދުން، އާއިލީ ތަރިކައަކަށް

24 މެއި 2023
ދައުދާގެ މާފެން ހެދުން، އާއިލީ ތަރިކައަކަށް
22 ނޮވެމްބަރު 2022

ޓީމުގެ ފަރިތަކުރުންތައް ރަނގަޅު، ދެން ބޭނުންވަނީ ނަތީޖާ: ކަދްރީ

22 ނޮވެމްބަރު 2022
ޓީމުގެ ފަރިތަކުރުންތައް ރަނގަޅު، ދެން ބޭނުންވަނީ ނަތީޖާ: ކަދްރީ
28 ސެޕްޓެމްބަރު 2022

ބްރެޒިލުން ޓިއުނީޝިއާ ބަލިކުރި މެޗުގެ ތަރިއަކީ ރަފީނިއާ

28 ސެޕްޓެމްބަރު 2022
ބްރެޒިލުން ޓިއުނީޝިއާ ބަލިކުރި މެޗުގެ ތަރިއަކީ ރަފީނިއާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު