Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އޮޑިޓް ރިޕޯޓް

އެޗްއާރުސީއެމްގެ އޮޑިޓް ރިޕޯޓްގައި ގާނޫނާ ޚިލާފު އަށް ލައްކަ ރުފިޔާއެއްގެ މައްސަލަ!

އެޗްއާރްސީއެމްގެ ހަރުމުދަލުގެ ރަޖިސްޓްރީގައި އޮޅުންތަކެއް

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 30 މެއި 2017 | އަންގާރަ 09:06
އެޗްއާރްސީއެމް މެންބަރުން

އެޗްއާރްސީއެމް މެންބަރުން

މާލިއްޔަތު ގާނޫނާއި މާލިއްޔަތު ގަވައިދާ ހިލާފު އަށް ލައްކަ އަށް ވުރެ ގިނަ ރުފިޔާ މައްސަލަ އެޗްއާރްސީއެމްގެ އޮޑިޓް ރިޕޯޓުން ފެންމަތިވެއްޖެ އެވެ.

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އެޗްއާރްސީއެމްގެ 2016 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ، މިދިޔަ އަހަރުގެ ބަޖެޓުގައި ޓޯޗަރ ޕްރިވެންޝަން ޕްރޮޖެކްޓެއްގެ ގޮތުގައި ހިއުމަން ރައިޓްސް ކުއިޒް ޕްރޮގްރާމެއް ކުރިއަށްގެންދިޔަ އިރު އެ ޕްރޮގްރާމަކީ ބަޖެޓުގައި ހިމެނިފައިވާ ޕްރޮގްރާމެއް ނޫން ކަމަށެވެ. އެހެން ނަމަވެސް މި ހަރަކާތް ކުރިއަށް ގެންދިއުމަށް އެ ކޮމިޝަނުގެ ބަޖެޓުން 88،000 ރ. ބޭނުން ކޮށްފައިވާ ކަމަށާއި މި ހަރަދު ކުރުމުގެ ކުރިން އެ ކޮމިޝަނުން ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދާފައިނުވާ ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

Advertisement - newsAdvertisement

ހިއުމަން ރައިޓްސްއާ ގުޅޭ ކޯހެއް ފުރިހަމަކުރުމަށް 2014 ވަނަ އަހަރު އެ ކޮމިޝަނުގެ މުވައްޒަފަކަށް ފުރުސަތު ދީފައިވާ ކަމަށާއި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި މުވައްޒަފަށް ކޯސް ފުރިހަމަ ނުކުރެވޭއިރު، ކޮމިޝަނުން ހަރަދު އަނބުރާ ދައްކަން ނުޖެހޭ ކަމަށް ކޮމިޝަނުން ނިންމި ކަމަށް އޮޑިޓް ރިޕޯޓްގައިވެ އެވެ. އެ ފައިސާ އަނބުރާ ނުހޯދުމަށް ކޮމިޝަނުގެ މެންބަރުން ނިންމި ނިންމުމަކީ މާލިއްޔަތު ގަވައިދާ ފުށުއަރާ ނިންމުމެއް ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. ދައުލަތަށް ލިބެންޖެހޭ ފައިސާއެއް ނުނަގާ ގޮތަށް ހަމަޖެއްސޭނީ، އޮޑިޓަރ ޖެނެރަލް ކަނޑައަޅާގޮތެއްގެ މަތިން ފިނޭންސް މިނިސްޓްރީން ކަމާބެހޭ ހިސާބުތަކުގައި ހިމެނުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ހުއްދަ ލިބިގެން ކަމަށް މާލިއްޔަތު ގަވައިދުގައި ކަނޑައަޅާފައިވާ ކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ބުނެ އެވެ.

ހިއުމަން ރައިޓްސް ކޮމިޝަނުން 20 ހާސް ރުފިޔާގެ އަގު ހުރި ލެޕްޓޮޕަކާއި ޕްރޮޖެކްޓަރެއް ގެއްލިފައިވާ އިރު އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިނުވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ. މި ލެޕްޓޮޕާއި ޕްރޮޖެކްޓަކީ ވަކި މުވައްޒަފެއްގެ ބެލުމުގެ ދަށުގައި ހުރި ތަކެތި ކަމަށް އެ ކޮމިޝަނުން ބުނި ނަމަވެސް، ދައުލަތުގެ މާލިއްޔަތު ގަވައިދުގައި ކަނޑައަޅާފައިވާ ގޮތަށް ވަކި މުވައްޒަފަކާއި ހަވާލުކޮށް ސޮއިކުރުވާފައިނުވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެ އެވެ. މިގޮތަށް ވަކި މުވައްޒަފެއްގެ ބެލުމުގެ ދަށުގައިވާ މުދާ، އެ މުވައްޒަފަކާއި ހަވާލު ކުރެވޭ އިރު ސޮއިކުރެވިފައިނުވާ ނަމަ، އެ މުދަލަށް ލިބޭ ގެއްލުމަކަށް އެ މުވައްޒަފަކު ޒިންމާ ކުރެވޭނެ ގޮތެއް ނެތުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެ އެވެ.

މިދިޔަ އަހަރު ނިމުނު އިރު، ހަރު މުދަލުގެ ގޮތުގައި ހިމަނާފައިވާ އަދަދާއި ހަރުމުދަލުގެ ރަޖިސްޓްރީގައި ހިމަނާފައިވާ އަދަދާ ދެމެދު 5 ލައްކަ ރުފިޔާގެ ފަރަގު ހުރި ކަމަށް އޮޑިޓް ރިޕޯޓުން ދައްކަ އެވެ. މިއީ ވެސް މާލިއްޔަތު ގަވައިދުގައި ކަނޑައަޅާފައިވާ މިންގަނޑުތަކާ ހިލާފު ކަމެއް ކަމަށް އޮޑިޓަރ ޖެނެރެލްގެ އޮފީހުން ބުނެ އެވެ.

އޮޑިޓަރ ޖެނެރަލް ވަނީ ދައުލަތުގެ މާލިއްޔަތު ގާނޫނާއި ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން މާލީ ނިޒާމުގެ ތެރެއިން ކުރަން ޖެހޭ ހުރިހާ ކަމެއް ކުރުމަށް އެޗްއާރްސީއެމަށް އަންގައިފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގެމަނަފުށީ ކައުންސިލް އިދާރާގެ 2015 ވަނަ އަހަރުގެ މާލީ ކަންކަން އޮޑިޓް ކުރެވޭ ގޮތެއް ނުވި

ގެމަނަފުށީ ކައުންސިލް އިދާރާގެ 2015 ވަނަ އަހަރުގެ މާލީ ކަންކަން އޮޑިޓް ކުރެވޭ ގޮތެއް ނުވި

20 ފެބުރުއަރީ 2017
ފުއާދަށް އިއްވި ހުކުމުގެ މުއްދަތު ހަމަވަނީ، އަދިވެސް ވިދާޅުވަނީ ގާނޫނާ ޚިލާފު ހުކުމެއް ކަމަށް!

ފުއާދަށް އިއްވި ހުކުމުގެ މުއްދަތު ހަމަވަނީ، އަދިވެސް ވިދާޅުވަނީ ގާނޫނާ ޚިލާފު ހުކުމެއް ކަމަށް!

11 ފެބުރުއަރީ 2017
އޮޑިޓްކުރި އިރު މަދުވި ފައިސާ ފަހުން ފެނުމުން ކޮރަޕްޝަން ނެތް ކަމަށް ނިންމައިފި

އޮޑިޓްކުރި އިރު މަދުވި ފައިސާ ފަހުން ފެނުމުން ކޮރަޕްޝަން ނެތް ކަމަށް ނިންމައިފި

09 ފެބުރުއަރީ 2017
ފޮރިން މިނިސްޓްރީ އަށް 2014 ވަނަ އަހަރު ލިބެންޖެހޭ ފައިސާގެ ހިސާބުކަށަވަރެއް ނުވޭ: އޮޑިޓް ރިޕޯޓް

ފޮރިން މިނިސްޓްރީ އަށް 2014 ވަނަ އަހަރު ލިބެންޖެހޭ ފައިސާގެ ހިސާބުކަށަވަރެއް ނުވޭ: އޮޑިޓް ރިޕޯޓް

05 ފެބުރުއަރީ 2017
ކަސްޓަމުން 2015 ވަނަ އަހަރު ޤަވާއިދާއެއްގޮތައް ހަރުމުދާ ބަލަހައްޓާފައެއް ނުވޭ: އޮޑިޓް ރިޕޯޓް

ކަސްޓަމުން 2015 ވަނަ އަހަރު ޤަވާއިދާއެއްގޮތައް ހަރުމުދާ ބަލަހައްޓާފައެއް ނުވޭ: އޮޑިޓް ރިޕޯޓް

25 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

21 މެއި
ސްޕޯޓްސް މިނިސްޓްރީއަށް އިތުރު ޕޮލިޓިކަލް ޑިރެކްޓަރެއް!
20251 އަހަރު ކުރިން
ރާއްޖެ

ސްޕޯޓްސް މިނިސްޓްރީއަށް އިތުރު ޕޮލިޓިކަލް ޑިރެކްޓަރެއް!

އުދުހެމުން ދިޔަ ގުޑުގުޑާ ދޫނިތަކެއްގައި ޖެހި އެމިރޭޓްސް ބޯޓަކަށް ގެއްލުން ވެއްޖެ
20242 އަހަރު ކުރިން
ދުނިޔެ

އުދުހެމުން ދިޔަ ގުޑުގުޑާ ދޫނިތަކެއްގައި ޖެހި އެމިރޭޓްސް ބޯޓަކަށް ގެއްލުން ވެއްޖެ

މޭރީ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަފަހުން މާވިންއާއި ލަމްހާ އެކުގައި ތިބެގެން ފޯނުން އެއްޗެއް ބެލި: ހެކިވެރިޔާ
20233 އަހަރު ކުރިން
ރާއްޖެ

މޭރީ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަފަހުން މާވިންއާއި ލަމްހާ އެކުގައި ތިބެގެން ފޯނުން އެއްޗެއް ބެލި: ހެކިވެރިޔާ

ޕީޕީއެމްގެ ކުރީސަފުގައި އުޅުނު ސްޓެޕް އައްޔަ، އިންޑިއާ އައުޓް ހަރަކާތާ ދުރަށް
20224 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ކުރީސަފުގައި އުޅުނު ސްޓެޕް އައްޔަ، އިންޑިއާ އައުޓް ހަރަކާތާ ދުރަށް

ހަމަލާއާ ގުޅިގެން ހައްޔަރުކުރި ފާތިހުއަކީ މީގެ ކުރިން ފުލުހުންގެ ވަޒީފާގައި ހުރި މީހެއް
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާއާ ގުޅިގެން ހައްޔަރުކުރި ފާތިހުއަކީ މީގެ ކުރިން ފުލުހުންގެ ވަޒީފާގައި ހުރި މީހެއް

ރިޔާސީ އިންތިހާބާ ގުޅިގެން ނުދައްކާ ހުރި ވާހަކަތަކެއް އަކްރަމް ތިލަ ކޮށްދެއްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރިޔާސީ އިންތިހާބާ ގުޅިގެން ނުދައްކާ ހުރި ވާހަކަތަކެއް އަކްރަމް ތިލަ ކޮށްދެއްވައިފި

500 މޭލު ދުރުން ފެށި ކެމްޕޭނުން ވެސް ބަޔަކު މޭ ކަރައިފި!؟
20188 އަހަރު ކުރިން
ރިޕޯޓު

500 މޭލު ދުރުން ފެށި ކެމްޕޭނުން ވެސް ބަޔަކު މޭ ކަރައިފި!؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު