Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުދިރާގުގެ ޚިދުމަތް އަތޮޅުތެރެއަށް

ދިރާގު ހައި ސްޕީޑް ފައިބަރ އިންޓަނެޓް އަދި ޓީވީގެ ޚިދުމަތް ކެނދިކުޅުދޫއަށް!

22 ޑިސެމްބަރު 2021 | ބުދަ 02:20

އިފްތިތާހުކޮށްފައި ވަނީ ކެނދިކުޅުދޫގެ ރައްޔިތުންނަށް ޚާއްސަ އޮފަރތަކާއެކު

އަމްނާ އިމާދު
އަމްނާ އިމާދު | 22 ޑިސެމްބަރު 2021 | ބުދަ 02:20
ޚިދުމަތް އިފްތިތާހް ކުރި ރަސްމިއްޔާތުގެ ތެރެއިން،

ޚިދުމަތް އިފްތިތާހް ކުރި ރަސްމިއްޔާތުގެ ތެރެއިން،

ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ޚިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމުގެ ދަށުން ދިރާގު ހައިސްޕީޑް ފައިބަރ އިންޓަނެޓްގެ ޚިދުމަތާއެކު ދިރާގު ޓީވީގެ ޚިދުމަތް ނ. ކެނދިކުޅުދޫގައި ރަސްމީކޮށް އިފްތިތާހްކޮށްފިއެވެ.

ދިރާގުން ބުނީ މި ދެ ޚިދުމަތް ރަސްމީކޮށް އިފްތިތާހު ކޮށްފައިވަނީ ކެނދިކުޅުދޫގެ ރައްޔިތުންނަށް ޚާއްސަ އޮފަރތަކާއެކުއެވެ. އެގޮތުން، ދިރާގު ފައިބަރ ބްރޯޑްބޭންޑް ޕެކޭޖްއަށް އެޕްލައި ކުރާ ކަސްޓަމަރުންނަށް ހިލޭ ފައިބަރ ގުޅައިދިނުމުގެ އިތުރުން ފައިބަރއަށް ބޭނުންވާ ޚާއްސަ ރައުޓަރ ނުވަތަ އޯ.އެން.ޓީ ވެސް ހިލޭ ލިބިގެންދާނެ ކަމަށެވެ. އަދި މިއީ އެންމެ ހަލުވި ސްޕީޑް އާއި އެންމެ ބޮޑެތި ޑޭޓާ އެލަވަންސްތައް ހިމެނޭ ތަފާތު ޕެކޭޖްތައް ޚިޔާރުކުރުމަށް ލިބިގެންދާ ފުރުސަތެއް ކަމަށް ދިރާގުން ބުނެއެވެ.

ދިރާގު ޓީވީއަށް އެޕްލައި ކުރާ ކަސްޓަމަރުންނަށް ވެސް މި ޚިދުމަތް މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން، ޖޯއިބޮކްސް ވެސް (ޑީކޯޑަރ) މުޅިން ހިލޭ ލިބިގެންދާނެއެވެ. އެގޮތުން ކެނދިކުޅުދޫ ރައްޔިތުންނަށް މިހާރު އެންމެ މަގުބޫލު ޓީވީ އަދި މުނިފޫހިފިލުވުމުގެ ކޮންޓެންޓް އެއް ޕްލެޓްފޯމެއްގެ ދަށުން ބަލައިލެވޭނެއެވެ.

ދިރާގުގެ މެނޭޖަރ ސްޓްރެޓެޖީ، އޮޕަރޭޝަންސް، އެނަލެޓިކްސް އެންޑް ރިސާރޗް ނިޒްމީން ލަތީފް، ވިދާޅުވީ ދިރާގުގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ހިސާބަކަށް އެއް ފެންވަރެއްގައި އަދި އެންމެ ހެޔޮއަގުގައި އިންޓަނެޓް ޚިދުމަތް ފޯރުކޮށްދިނުން ކަމަށެވެ. އެގޮތުން ކޮންމެ އަހަރަކުވެސް ރާއްޖޭގެ ވީހާވެސް ބޮޑު ބަޔަކަށް ހައި ސްޕީޑް އިންޓަނެޓް ފޯރުކޮށްދީ، ޑިޖިޓަލް މުޖުތަމައެއް ބާރުވެރިކުރުވުމަށް މަސައްކަތް ކުރާނެ ކަމަށް ނިޒްމީން ވިދާޅުވިއެވެ.  

ދިރާގު ފައިބަރ ބްރޯޑްބޭންޑް ރާއްޖޭގެ ގޭބިސީގެ 80 އިންސައްތައަށް މި ޚިދުމަތް ދިރާގުން ފޯރުކޮށްދީފައިވާއިރު މީގެ ތެރޭގައި 70 ރަށެއް ހިމެނެއެވެ. އަދި 100 އަށް ވުރެ ގިނަ ޗެނަލް ހިމެނޭ ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އަދި އެންމެ ފުރަތަމަ އައިޕީޓީވީގެ ޚިދުމަތެވެ. ކޮންޓެންޓް، ކޮލިޓީ އަދި އަގުގައި އެއްވެސް ތަފާތު ކުރުމެއްނެތި ދިރާގުން ވަނީ ރާއްޖޭގެ 77 އިންސައްތަ ގޭބިސީއަށް މިހާރު ދިރާގުޓީވީ ޚިދުމަތް ފޯރުކޮށްދީފައެވެ.

މީގެ އިތުރުން ދިރާގުން ބުނީ ކަސްޓަމަރުންނަށް ލުއިފަސޭހަގޮތްތައް ހޯދައިދިނުމަށް މަސައްކަތް ކުރާ ކަމަށެވެ. އެގޮތުން އިނޮވޭޝަނާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ތަޖްރިބާ ރަނގަޅުކުރުމަށް އަބަދުވެސް މަސައްކަތް ކުރާ ކަމަށް ދިރާގުން ބުނެއެވެ.

ދިރާގު

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް "ލިމިޓްލެސް ބޫސްޓަރސް" ތައާރަފުކޮށްފި

08 ޑިސެމްބަރު 2025
ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް "ލިމިޓްލެސް ބޫސްޓަރސް" ތައާރަފުކޮށްފި
27 ނޮވެމްބަރު 2025

ދިރާގުން ދޭ 2 ސްޕީޑްބޯޓް ހޯދުމުގެ ފުރުސަތު 2 ގުނަ ކުރުމަށް ބާކީ 3 ދުވަސް

27 ނޮވެމްބަރު 2025
ދިރާގުން ދޭ 2 ސްޕީޑްބޯޓް ހޯދުމުގެ ފުރުސަތު 2 ގުނަ ކުރުމަށް ބާކީ 3 ދުވަސް
25 ނޮވެމްބަރު 2025

ދިރާގު އެމްއެލްބީބީ މިނީ ސީރީޒް IV އަށް ރަޖިސްޓްރޭޝަން ފަށައިފި

25 ނޮވެމްބަރު 2025
ދިރާގު އެމްއެލްބީބީ މިނީ ސީރީޒް IV އަށް ރަޖިސްޓްރޭޝަން ފަށައިފި
07 ނޮވެމްބަރު 2025

ދިރާގުން މީޑީއާނެޓް އަންލިމިޓެޑް ސްޕޯޓްސްޕާސް ތައާރަފުކޮށްފި

07 ނޮވެމްބަރު 2025
ދިރާގުން މީޑީއާނެޓް އަންލިމިޓެޑް ސްޕޯޓްސްޕާސް ތައާރަފުކޮށްފި
30 އޮކްޓޯބަރު 2025

ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2025: އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އައު ލަނޑުދަނޑިއެއް ހާސިލުކޮށްފި

30 އޮކްޓޯބަރު 2025
ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2025: އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އައު ލަނޑުދަނޑިއެއް ހާސިލުކޮށްފި
30 އޮކްޓޯބަރު 2025

ދިރާގު x އައިސިކް – ޕީއެސް5 ޕްރޯއެއް ހޯދުމުގެ ފުރުސަތު

30 އޮކްޓޯބަރު 2025
ދިރާގު x އައިސިކް – ޕީއެސް5 ޕްރޯއެއް ހޯދުމުގެ ފުރުސަތު
23 އޮކްޓޯބަރު 2025

ދިރާގު x އައިސިކް މިއުޒިކް ޝޯގައި ޒުވާން ދިވެހި ހުނަރުވެރިން!

23 އޮކްޓޯބަރު 2025
ދިރާގު x އައިސިކް މިއުޒިކް ޝޯގައި ޒުވާން ދިވެހި ހުނަރުވެރިން!
22 އޮކްޓޯބަރު 2025

ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2025: 4,500 އަށް ވުރެ ގިނަ ދުވުންތެރިންނާއެކު މި ހުކުރު ދުވަހު ފަށަނީ

22 އޮކްޓޯބަރު 2025
ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2025: 4,500 އަށް ވުރެ ގިނަ ދުވުންތެރިންނާއެކު މި ހުކުރު ދުވަހު ފަށަނީ
01 އޮކްޓޯބަރު 2025

ދިރާގުގެ އަހަރީ ދުވަހާ ދިމާކޮށް ޚާއްސަ އޮފަރތަކެއް

01 އޮކްޓޯބަރު 2025
ދިރާގުގެ އަހަރީ ދުވަހާ ދިމާކޮށް ޚާއްސަ އޮފަރތަކެއް
10 ސެޕްޓެމްބަރު 2025

އޭޝިއާ ކަޕް ބަލަން ދިރާގާއި މީޑިއާނެޓް ގުޅިގެން ހާއްސަ އޮފާއެއް

10 ސެޕްޓެމްބަރު 2025
އޭޝިއާ ކަޕް ބަލަން ދިރާގާއި މީޑިއާނެޓް ގުޅިގެން ހާއްސަ އޮފާއެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް