Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮމިއުނިޓީ ޖިމް ހުޅުވުން

ކުޅުދުއްފުށީގައި ކޮމިއުނިޓީ ޖިމް ހުޅުވައިފި

20 ޑިސެމްބަރު 2021 | ހޯމަ 08:45

ޖިމްގެ މެމްބަރސިޕް ފީއަކީ މަހަކު 200 ރުފިޔާ

އުއްމު ކުލްސޫމް އިބްރާހިމް
އުއްމު ކުލްސޫމް އިބްރާހިމް | 20 ޑިސެމްބަރު 2021 | ހޯމަ 08:45
ކުޅުދުއްފުށީ ކޮމިއުނިޓީ ޖިމް ހުޅުވުން

ކުޅުދުއްފުށީ ކޮމިއުނިޓީ ޖިމް ހުޅުވުން

ކުޅުދުއްފުށި ސިޓީގައި ސަރުކާރުން ޤާއިމުކުރި ކޮމިއުނިޓީ ޖިމް ހުޅުވައި ބޭނުންކުރަން ފަށައިފިއެވެ. މިކަމަށްޓަކައި ކޮމިއުނިޓީ ސެންޓަރުގައި ބޭއްވި ހަފުލާއެއްގައި މި ޖިމް ހުޅުއްވައިދެއްވީ ކުޅިވަރަށާއި އިޖުތިމާއީ ގޮތުން ރަށަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަބޫބަކުރު ހުސެއިން (ޕެލޭ) އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޭޔަރު އާތިފު ވިދާޅުވީ، ކަސްރަތުކުރާނެ އެކަށީގެންވާ ޖިމެއްގެ އިންތިޒާރުގައި ޒުވާނުން ތިބޭތާ އެތަކެއް ދުވަހެއް ވެއްޖެ ކަމަށެވެ. އަދި ޖިމާއެކު މުޖުތަމައުއަށް އިތުރު ތަރައްޤީއެއް ލިބިގެންގޮސްފައިވާކަމަށެވެ.

Advertisement - newsAdvertisement

ސްޓޭޑިއަމް ފިޔަވައި ޔޫތު މިނިސްޓްރީގެ އެހެން ފެސިލިޓީތަކަށް ވެސް މިނިސްޓްރީން އަޅާލާ މަންޒަރު ޒަމާންތަކަކަށްފަހު މިހާރު ފެންނަށް ފަށާފައިވާކަން ފާހަގަކުރައްވައު ވާހަކަދައްކަވަމުން މޭޔަރު ވިދާޅުވީ، ކުޅުދުއްފުށީގައި ކުޅިވަރު ތަރައްގީކުރުމާ ބެހޭގޮތުން މިނިސްޓަރު މަހުލޫފް ވެސް އުފާވެރި ޚަބަރުތަކެއް ދެއްވާފައިވާ ކަމަށެވެ.

އެގޮތުން ސަރުކާރުން ޓާރފް އަޅައިގެން ތަރައްގީކުރަމުންދާ ޒިގްޒެގް ދަނޑުގައި ރެސްޓްރޮމް އިމާރާތަކާއި ލައިޓިންގ އަދި ކޮރަލް ދަނޑުގެ ފެންސު މިނިސްޓްރީން ގާއިމުކުރަން ނިންމާފައިވާކަން ފާހަގަކުރެއްވި އެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލުން މައުލޫމާތު ދެއްވިގޮތުގައި ޖިމް ބޭނުންކުރެވޭނީ ރެޖިސްޓަރީކޮށް މެމްބަރޝިޕް ފޯމު ފުރައިގެންނެވެ. އެގޮތުން 16 އަހަރުން މަތީގެ ކޮންމެ މީހަކަށް ވެސް މެމްބަރަކަށް ވެވިދާނެއެވެ. ރެޖިސްޓްރޭޝަން ފީ އެއްގެ ގޮތުގައި 50 ރުފިޔާ ނެގުމަށް ހަމަޖެހިފައިވާއިރު މެމްބަރޝިޕް ފޯމު އޮންލައިންކޮށް ފުރިހަމަކުރެވޭނެ ގޮތް ކައުންސިލުން ވަނީ ހަމަޖައްސައިދީފަ އެވެ. ޖިމްގެ މެމްބަރޝިޕް ފީ ދެ ގޮތަކަށް ދެއްކިދާނެ ކަމަށް ކައުންސިލުން ބުނެއެވެ. އެއީ މަހުން މަހަށް ދައްކާނަމަ މެމްބަރޝިޕް ފީ އަކީ މަހަކު 200 ރުފިޔާއެވެ. އަދި އަހަރަކަށް ގަނޑުކޮށް ފީ ދައްކާނަމަ ފީ އަކީ އަހަރަކަށް 2000 ރުފިޔާ ކަމަށް ކަނޑައަޅާފައިވާއިރު އަހަރަކަށް ގަނޑުކޮށް ފީ ދައްކާނަމަ 400 ރުފިޔާގެ ޑިސްކައުންޓެއް ލިބޭނެއެވެ.

ކުޅުދުއްފުށި ސިޓީ

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

އިތުރަށް ކިޔާލަން

18 އޮކްޓޯބަރު 2025

ކުޅުދުއްފުށި ސިޓީގެ ޓެކްސީ ޑްރައިވަރުން ހުދު ގަމީހުގައި ސަރުކާރާ ދެކޮޅަށް ހިމޭން އިހުތިޖާޖެއް ކޮށްފި

18 އޮކްޓޯބަރު 2025
ކުޅުދުއްފުށި ސިޓީގެ ޓެކްސީ ޑްރައިވަރުން ހުދު ގަމީހުގައި ސަރުކާރާ ދެކޮޅަށް ހިމޭން އިހުތިޖާޖެއް ކޮށްފި
09 ސެޕްޓެމްބަރު 2025

ކުޅުދުއްފުށީ ހޮސްޕިޓަލުން ވީނުވީއެއް ނޭންގި "ނާކޮޓިކްސް ޑްރަގްސް" ތަކެއް ގެއްލުނު މައްސަލައެއް ފެންމަތިވެއްޖެ

09 ސެޕްޓެމްބަރު 2025
ކުޅުދުއްފުށީ ހޮސްޕިޓަލުން ވީނުވީއެއް ނޭންގި "ނާކޮޓިކްސް ޑްރަގްސް" ތަކެއް ގެއްލުނު މައްސަލައެއް ފެންމަތިވެއްޖެ
07 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒު ބޭނުންފުޅުވާ ގޮތަށް ބްލޮކް ގްރާންޓް މުރާޖައާ ކުރައްވާއިރު، ކައުންސިލްތަކަށް މަސައްކަތްކުރަން ލިބޭ ފައިސާ މަދުވާނެ: އާތިފު

07 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒު ބޭނުންފުޅުވާ ގޮތަށް ބްލޮކް ގްރާންޓް މުރާޖައާ ކުރައްވާއިރު، ކައުންސިލްތަކަށް މަސައްކަތްކުރަން ލިބޭ ފައިސާ މަދުވާނެ: އާތިފު
22 އޯގަސްޓު 2025

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން ކުޅުދުއްފުށި ސިޓީގެ ރައްޔިތުން އެންމެ ބޭނުންވި މަސައްކަތް ވަނީ ހުއްޓިފައި: މޭޔަރު

22 އޯގަސްޓު 2025
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން ކުޅުދުއްފުށި ސިޓީގެ ރައްޔިތުން އެންމެ ބޭނުންވި މަސައްކަތް ވަނީ ހުއްޓިފައި: މޭޔަރު
11 ޖުލައި 2025

ރައީސް ޞާލިހު ކުޅުދުއްފުށި ސިޓީ އެމްޑީޕީ މެމްބަރުންނާއި ބައްދަލުކުރައްވައިފި

11 ޖުލައި 2025
ރައީސް ޞާލިހު ކުޅުދުއްފުށި ސިޓީ އެމްޑީޕީ މެމްބަރުންނާއި ބައްދަލުކުރައްވައިފި
12 އޮކްޓޯބަރު 2024

އެމްޑީޕީގެ ކައުންސިލަރުންގެ ކޮންފަރެންސް "ލާމަރުކަޒީ ގުޅުން" ކުޅުދުއްފުށީގައި ފެށިއްޖެ

12 އޮކްޓޯބަރު 2024
އެމްޑީޕީގެ ކައުންސިލަރުންގެ ކޮންފަރެންސް "ލާމަރުކަޒީ ގުޅުން" ކުޅުދުއްފުށީގައި ފެށިއްޖެ
16 މެއި 2024

ކުޅުދުއްފުށި ސިޓީއަށް އަނެއްކާވެސް ކަރަންޓުގެ މައްސަލަ ދިމާވެއްޖެ

16 މެއި 2024
ކުޅުދުއްފުށި ސިޓީއަށް އަނެއްކާވެސް ކަރަންޓުގެ މައްސަލަ ދިމާވެއްޖެ
05 މެއި 2024

އަލިފާން ރޯވެ ކުޅުދުއްފުށި ސިޓީގެ ގެއެއްގެ ބަދިގެއަށް ބޮޑެތި ގެއްލުންތަކެއް

05 މެއި 2024
އަލިފާން ރޯވެ ކުޅުދުއްފުށި ސިޓީގެ ގެއެއްގެ ބަދިގެއަށް ބޮޑެތި ގެއްލުންތަކެއް
02 މެއި 2024

ހދ. އަތޮޅު އެޑިއުކޭޝަން ސެންޓަރުގެ ކެޑޭޓް ކޭމްޕްގެ ދަރިވަރުންނަށް ބޭސިކް ފަޔަރ އެވެއަރނަސް ސެޝަނެއް ހިންގައިފި

02 މެއި 2024
ހދ. އަތޮޅު އެޑިއުކޭޝަން ސެންޓަރުގެ ކެޑޭޓް ކޭމްޕްގެ ދަރިވަރުންނަށް ބޭސިކް ފަޔަރ އެވެއަރނަސް ސެޝަނެއް ހިންގައިފި
23 އެޕްރީލު 2024

"ނަޔާ ކުޅުދުއްފުށި" ގޮފި އުފެއްދުމުގެ މަސައްކަތް އަލީ ވަހީދު ފައްޓަވައިފި

23 އެޕްރީލު 2024
"ނަޔާ ކުޅުދުއްފުށި" ގޮފި އުފެއްދުމުގެ މަސައްކަތް އަލީ ވަހީދު ފައްޓަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް