Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަރާލި ރިލްވާންގެ މައްސަލަ

މަރާލި ރިޟްވާންގެ މައްސަލަ: ދިހަ މަސްވެގެންދިޔައިރު ބޭރަށް ފޮނުވި ވަޅީގެ އަޕްޑޭޓެއް ނެތް!

20 ޑިސެމްބަރު 2021 | ހޯމަ 01:44

ޞައްޙަ މައުލޫމާތު ފޯރުކޮށްދޭ ފަރާތަކަށް 500،000 ރުފިޔާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 20 ޑިސެމްބަރު 2021 | ހޯމަ 01:44
ނޫސްވެރިޔާ ރިޟްވާން ގެއްލުނު ރޭ ފެނުނު ވަޅި،

ނޫސްވެރިޔާ ރިޟްވާން ގެއްލުނު ރޭ ފެނުނު ވަޅި،

މަރާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިޟްވާން އަބްދުﷲ ގެއްލުވާލުމުގައި ބޭނުންކޮށްފައިވާ ކަމަށް ތުހުމަތުވާ ވަޅި ރާއްޖެއިން ބޭރަށް ފޮނުވައިގެން ދިހަ މަސްވީއިރު ވެސް އަޕްޑޭޓެއް ނެތް ކަމަށް މަރު ކޮމިޝަނުން ބުނެފިއެވެ.

ރާއްޖެއެމްވީއަށް މި މައްސަލައާ ގުޅިގެން މަރު ކޮމިޝަންގެ މެމްބަރެއް ވިދާޅުވީ އެމައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ނެތް ކަމަށާއި، ރިޟްވާން ގެއްލުވާލުމުގައި ބޭނުންކޮށްފައިވާ ކަމަށް ތުހުމަތުވާ ވަޅި ރާއްޖެއިން ބޭރަށް ފޮނުވައިގެން ތަހުލީލު ކުރިއަށްދާ ކަމަށެވެ. ނަމަވެސް އިތުރު އަޕްޑޭޓެއް ނެތް ކަމަށް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ރިޟްވާންގެ މައްސަލާގެ ތަހުގީގާއި ގުޅޭ ގޮތުން 9 ފެބްރުއަރީ 2021ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ މެމްބަރު މިސްބާހު އައްބާސް ވިދާޅުވީ ރިޟްވާން ގެއްލުވާލުމުގައި ބޭނުންކޮށްފައިވާ ކަމަށް ތުހުމަތުވާ ވަޅި ރާއްޖެއިން ބޭރަށް ފޮނުވައިގެން ތަހުލީލު ކުރަމުންދާ ކަމަށާއި، އެ ވަޅި އަކީ ކޮމިޝަންގެ ތަހުގީގަށް ވަރަށް މުހިންމު ހެއްކެއް ކަމަށެވެ.

ރިޟްވާން މަރާލި ރޭ ކަންތައްތައް ހިނގައިދިޔަ ގޮތް އެނގޭނެ ފަރާތްތައް އާންމުންގެ ތެރޭގައި ތިބޭނެ ކަމަށް ކޮމިޝަނަށް ގަބޫލު ކުރެވޭ ކަމަށާއި އެ މައުލޫމާތު ހިއްސާކޮށްދިނުމަށް ވެސް މިސްބާހު ވަނީ އެދިވަޑައިގެންފައެވެ.

ވަޅިއާ ގުޅޭ ގޮތުން ނުވަތަ ކޮމިޝަނުން ތަހުގީގުކުރަމުންދާ ރިޟްވާންގެ މައްސަލައާ ގުޅޭ ގޮތުން ސާބިތުހިފޭވަރުގެ ޞައްޙަ މައުލޫމާތު ފޯރުކޮށްދޭ ފަރާތަކަށް 500،000ރ (ފަސްލައްކަ ރުފިޔާ) ގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މަރާލާވިފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ރިޔާސީ ކޮމިޝަނުން ވަނީ ރިލްވާން ގެއްލުނު ރޭ ފެނުނު ވަޅީގެ ފޮޓޯ އާންމުކޮށްފައެވެ. އެކޮމިޝަނުން ބުނީ އެވަޅިއަކީ 2014 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 7 ވަނަ ދުވަހުގެ ރޭގެ ދަންވަރުގެ ވަގުތެއްގައި، މ. ޝައިނިންގސްޓާރ، ރިޟްވާން ހުޅުމާލޭގައި ދިރިއުޅެމުން ދިޔަ 21 ނަންބަރު ފްލެޓު ކައިރިން ގަދަކަމުން މީހަކު ކާރަކަށް އަރުވަން އުޅުމުގެ ތެރޭގައި މަގުމައްޗަށް ވެއްޓިފައިވާ ވަޅިއެއް ކަމަށެވެ.

މި މައްސަލައާ ގުޅޭ ގޮތުން މަޢުލޫމާތު ފޯރުކޮށްދޭ ފަރާތްތަކުގެ ސިއްރު ހިފަހައްޓާނެ ކަމުގެ ޔަޤީންކަން ކޮމިޝަނުން ދީފައިވާއިރު، މައުލޫމާތު ދިނުމަށް ބޭނުންވާ ފަރާތްތަކުން، ކޮމިޝަނަށް ހާޟިރުވެ ނުވަތަ ކޮމިޝަންގެ ނަންބަރު 7390841 ފޯނަށް ގުޅައިގެން ވެސް މަޢުލޫމާތު ހިއްސާ ކުރެވޭނެ ކަމަށް ރިޔާސީ ކޮމިޝަނުން ދީފައިވެއެވެ. އަދި ހަމަ އެ ނަންބަރުން ވައިބަރ، ވަޓްސްއެޕް، ޓެލެގްރާމް އަދި ސިގްނަލް މެދުވެރިކޮށް ވެސް މަޢުލޫމާތު ހިއްސާކުރެވޭ ގޮތަށް ހަމަޖެހިފައިވާ ކަމަށް ކޮމިޝަނުން ބުނެއެވެ.

ރިޟްވާން ގެއްލުވާލުމުގައި ބޭނުންކޮށްފައިވާ ކަމަށް ތުހުމަތުވާ ވަޅި ރާއްޖެއިން ބޭރަށް ފޮނުވައިގެން ދިހަ މަސްވީއިރު ވެސް އަޕްޑޭޓެއް ނެތް ކަމަށް މަރު ކޮމިޝަނުން ބުނެފައިވާއިރު، 7 އޮގަސްޓް 2021 ގައި ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަހީދު މަރު ކޮމިޝަނަށް ހާޒިރުކޮށް ސުވާލު ކޮށްފައިވެއެވެ. ކޮމިޝަނަށް ކުރީގެ ސީޕީ ވަހީދު ހާޒިރުކޮށްފައިވަނީ ރިޟްވާން ގެއްލުވާލި މައްސަލައިގެ ތަހުގީގަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ހުރަސް އެޅުމުންނެވެ.

މީގެ އިތުރުން ސީދާ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އެނގިވަޑައިގަންނަވާ ބައެއް ކަންކަމާއި ގުޅޭގޮތުން ސުވާލުކުރުމަށް އެމަނިކުފާނު ވެސް ކޮމިޝަނަށް ހާޒިރުކޮށް ސުވާލުކޮށްފައިވެއެވެ. މި މައްސަލާގައި ރައީސް ޔާމީނަށް ވެސް ކުރަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ތަހުގީގަށް ހުރަސްއެޅުމުގެ ތުހުމަތެވެ.

މަރު ކޮމިޝަންމަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންމިނިވަން ނޫސް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

22 މެއި 2024

މަރު ކޮމިޝަންގެ ހޯދުންތައް އާންމުކުރާނެކަމަށް ރައީސް އޮފީހުން ބުނެފި

22 މެއި 2024
މަރު ކޮމިޝަންގެ ހޯދުންތައް އާންމުކުރާނެކަމަށް ރައީސް އޮފީހުން ބުނެފި
14 މެއި 2024

ބައެއް މައުލޫމާތު އުނިކުރުމަށްފަހު ރިޕޯޓްތައް އާންމުކުރާނެކަމަށް މަރު ކޮމިޝަނުން ބުނެފި

14 މެއި 2024
ބައެއް މައުލޫމާތު އުނިކުރުމަށްފަހު ރިޕޯޓްތައް އާންމުކުރާނެކަމަށް މަރު ކޮމިޝަނުން ބުނެފި
14 މެއި 2024

މަރު ކޮމިޝަންގެ ހޯދުންތައް އާންމުނުކުރުމަށް ރައީސް އޮފީހުން އެ ކޮމިޝަނަށް އަންގައިފި

14 މެއި 2024
މަރު ކޮމިޝަންގެ ހޯދުންތައް އާންމުނުކުރުމަށް ރައީސް އޮފީހުން އެ ކޮމިޝަނަށް އަންގައިފި
28 ނޮވެމްބަރު 2023

ނޫސްވެރިންނާ ދެކޮޅަށް ހިންގާފައިވާ ކުށްތަކުގެ ތަހުގީގީ ރިޕޯޓުތައް އާންމުކުރުމަށް ގޮވާލައިފި

28 ނޮވެމްބަރު 2023
ނޫސްވެރިންނާ ދެކޮޅަށް ހިންގާފައިވާ ކުށްތަކުގެ ތަހުގީގީ ރިޕޯޓުތައް އާންމުކުރުމަށް ގޮވާލައިފި
22 ނޮވެމްބަރު 2023

އިސޫ އާއި މުއާޒްގެ މައްސަލަ ވެސް ކޯޓުން ބޭރުކޮށްލައިފި

22 ނޮވެމްބަރު 2023
އިސޫ އާއި މުއާޒްގެ މައްސަލަ ވެސް ކޯޓުން ބޭރުކޮށްލައިފި
22 ޖޫން 2023

ޔާމީނާއި ރިލުވާންގެ މައްސަލަ: އަހަނދު ޝަރުތުތަކާއެކު ބަންދުން ދޫކޮށްލައިފި

22 ޖޫން 2023
ޔާމީނާއި ރިލުވާންގެ މައްސަލަ: އަހަނދު ޝަރުތުތަކާއެކު ބަންދުން ދޫކޮށްލައިފި
16 ޑިސެމްބަރު 2022

ރިޟްވާންގެ މަރުގެ މައްސަލައިގެ ތުހުމަތު ކުރެވޭ މީހުން ދޫކޮށްލުމުގައި ބައިވެރިވި ފަނޑިޔާރުންނާއި ސިޔާސީ މީހުންގެ ނަން ކޮމިޝަންގެ ރިޕޯޓުގައި ހިމެނޭ

16 ޑިސެމްބަރު 2022
ރިޟްވާންގެ މަރުގެ މައްސަލައިގެ ތުހުމަތު ކުރެވޭ މީހުން ދޫކޮށްލުމުގައި ބައިވެރިވި ފަނޑިޔާރުންނާއި ސިޔާސީ މީހުންގެ ނަން ކޮމިޝަންގެ ރިޕޯޓުގައި ހިމެނޭ
16 ޑިސެމްބަރު 2022

ރިޟްވާންގެ މަރު ފުލުހުންނަށް ހުއްޓުވެން އޮތް - ރިޕޯޓް

16 ޑިސެމްބަރު 2022
ރިޟްވާންގެ މަރު ފުލުހުންނަށް ހުއްޓުވެން އޮތް - ރިޕޯޓް
16 ޑިސެމްބަރު 2022

"ރިޕޯޓުގައި ހިމެނޭ ކަންކަމާއި ގުޅިގެން ފިޔަވަޅުތައް އަޅާނެ"

16 ޑިސެމްބަރު 2022
"ރިޕޯޓުގައި ހިމެނޭ ކަންކަމާއި ގުޅިގެން ފިޔަވަޅުތައް އަޅާނެ"
16 ޑިސެމްބަރު 2022

ރިޟްވާނުގެ މަރުގެ މައްސަލަ: ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުން ރައީސް ޔާމީނާއެކު ރަސްމީ ހަރަކާތްތަކުގައި

16 ޑިސެމްބަރު 2022
ރިޟްވާނުގެ މަރުގެ މައްސަލަ: ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުން ރައީސް ޔާމީނާއެކު ރަސްމީ ހަރަކާތްތަކުގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް