Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕްރެޒިޑެންޓްސް ކަޕް

ދަ ގްރޭންޑޭ ބަލިކޮށް ގްރީނުން ފެށުން ރަނގަޅުކޮށްފި

ފައިނަލުް މެޗުގައި ކުޅޭނީ ލީގު ބުރުގެ އެންމެ މޮޅު ދެ ޓީމު

އަތޫފް އާތިފް
އަތޫފް އާތިފް | 19 ޑިސެމްބަރު 2021 | އާދީއްތަ 14:54
ގްރީން އާއި ދަ ގްރާންޑޭ ބައްދަލުކުރި މެޗުގެ ތެރެއިން

ގްރީން އާއި ދަ ގްރާންޑޭ ބައްދަލުކުރި މެޗުގެ ތެރެއިން

ހަތަރު އަހަރު ފަހުން ކުޅުނު ޕްރެޒިޑެންޓްސް ކަޕުގެ ފުރަތަމަ މެޗުގައި ކުލަބު ގްރީން ސްޓްރީޓްސްއިން ފަސޭހަކަމާއެކު ދަ ގްރާންޑޭ ސްޕޯޓްސް ކުލަބު ބަލިކޮށްފިއެވެ.

އާދީއްތަ ދުވަހުގެ ހަވީރު ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗު ގްރީނުން ކާމިޔާބުކުރީ 5-0 ގެ ނަތީޖާއަކުންނެވެ. މިއީ 2017 ވަނަ އަހަރު ފުރަތަމަ ޑިވިޝަނުގައި ވާދަކުރަން ފެށި ގްރީނަށް ޕްރެޒިޑެންޓްސް ކަޕުގައި ލިބުނު ފުރަތަމަ މޮޅެވެ.

މި މެޗު ފަށައިގެން ގްރީންގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމުން ވަނީ ދަ ގްރާންޑޭގެ ހާފަށް ބާރު ބޮޑުކޮށް ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން މެޗުގެ 11 ވަނަ މިނެޓުގައި ގްރީނުން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަބްދުﷲ ޔާމީން (ޔާނު) އެވެ.

އަދި މި ލަނޑަށްފަހުވެސް ގްރީންގެ ޔާނު އާއި އަންޞާރު އިބްރާހީމް (އަންކޮ) އަށް ވަނީ ލަނޑު ޖަހަން ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އެގޮތުން ޔާނު އާއި އަންކޮގެ ހަމަލާތަކުގެ ހުރަހަކަށްވީ ދަ ގްރާންޑޭގެ ގޯލްކީޕަރު އިސްމާއިލް ޝިހާމެވެ.

ދެވަނަ ހާފު ފަށައިގެންވެސް ގްރީނުން ދަ ގްރާންޑޭގެ ގޯލަށް ނުރައްކާކުރިއިރު، މެޗުގެ 59 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަންކޮއެވެ. އަދި މެޗުގެ 68 ވަނަ މިނެޓުގައި ޔާނު ވަނީ ގްރީންގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި އޭގެ ދެ މިނެޓު ފަހުން ޔާނުގެ އެހީތެރިކަމާއެކު ގްރީންގެ މުޙައްމަދު ސާއިފް އެ ޓީމުގެ ހަތަރުވަނަ ލަނޑު ޖަހައިދިންއިރު، މި މެޗުގައި ގްރީންގެ ފަސްވަނަ ލަނޑު ކާމިޔާބު ކޮށްދިނީ ކެޕްޓަން ރިލްވާން ވަހީދު (ރިލޭ) އެވެ.

މި ފަހަރުގެ މުބާރާތް ރާވާފައިވާ ގޮތުން ޕްރެޒިޑެންޓްސް ކަޕުގެ އަށް ޓީމުގެ މެދުގައި ލީގު ބުރެއް ކުޅޭއިރު، މުބާރާތުގެ ފައިނަލުުގައި ކުޅޭނީ ލީގު ބުރުގެ އެންމެ މޮޅު ދެ ޓީމެވެ. އެންމެ ފަހުން ޕްރެޒިޑެންޓްސް ކަޕުގައި އަށް ޓީމު ހިމެނޭ ގޮތަށް ކުޅުނީ 2015 ވަނަ އަހަރެވެ. މި އަހަރު ޕްރެޒިޑެންޓްސް ކަޕް ބާއްވާއިރު، މި މުބާރާތް އެންމެ ފަހުން ބާއްވާފައިވަނީ 2017 ވަނަ އަހަރެވެ. އޭގެ ފަހުން ފާއިތުވި ތިން ސީޒަނުގައިވެސް އެކި ސަބަބުތަކާ ހުރެ ޕްރެޒިޑެންޓްސް ކަޕް ބާއްވާފައެއް ނުވެއެވެ.

ޕްރެޒިޑެންޓްސް ކަޕްކުލަބް ގްރީން ސްޓްރީޓްސްދަ ގްރާންޑޭ ސްޕޯޓްސް ކުލަބު

އިތުރަށް ކިޔާލަން

01 ޑިސެމްބަރު 2025

ޔޫވީ އިން ގްރީން ބަލިކޮށްފި

01 ޑިސެމްބަރު 2025
ޔޫވީ އިން ގްރީން ބަލިކޮށްފި
01 ނޮވެމްބަރު 2025

އޮޑިން ގްރީން ބަލިކޮށްފި

01 ނޮވެމްބަރު 2025
އޮޑިން ގްރީން ބަލިކޮށްފި
26 އޮކްޓޯބަރު 2025

ގްރީން ކޮޅަށް ނުވަ ލަނޑު ޖަހައި މާޒިޔާ އަށް ބޮޑު މޮޅެއް

26 އޮކްޓޯބަރު 2025
ގްރީން ކޮޅަށް ނުވަ ލަނޑު ޖަހައި މާޒިޔާ އަށް ބޮޑު މޮޅެއް
02 އޮކްޓޯބަރު 2025

ފަހު ވަގުތު ގްރީން އަތުން އީގަލްސް ބަލިވެއްޖެ

02 އޮކްޓޯބަރު 2025
ފަހު ވަގުތު ގްރީން އަތުން އީގަލްސް ބަލިވެއްޖެ
25 ޖޫން 2025

ގްރީން ސްޓްރީޓްސް އިން ޓޮމް އަށް ތާއީދު ކުރަން ނިންމައިފި

25 ޖޫން 2025
ގްރީން ސްޓްރީޓްސް އިން ޓޮމް އަށް ތާއީދު ކުރަން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު