Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއޮޅުވެލިފުށީގެ ފެނާއި ނަރުދަމާގެ މަސައްކަތް

އޮޅުވެލިފުށީގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ފަށައިފި

މި މަޝްރޫޢަކީ 80 މިލިޔަން ރުފިޔާގެ މަޝްރޫޢެއް

އުއްމު ކުލްސޫމް އިބްރާހިމް
އުއްމު ކުލްސޫމް އިބްރާހިމް | 18 ޑިސެމްބަރު 2021 | ހޮނިހިރު 13:56
އޮޅުވެލިފުށީގައި ފެނާއި ނަރުދަމާގެ މަސައްކަތް ފެށުން

އޮޅުވެލިފުށީގައި ފެނާއި ނަރުދަމާގެ މަސައްކަތް ފެށުން

ޅ. އަތޮޅު އޮޅުވެލިފުށީގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

މިކަން ފައްޓަވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ ކުރެންދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަނީ ޢަބްދުލްޙަކީމާއި ހުޅުމާލެ ދާއިރާގެ މެންބަރު ޢަލީ ނިޔާޒާއި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ ޙަސަން ޝާހާއި ޅ. އަތޮޅު ކައުންސިލްގެ ރައީސް ޔާސީން ޢަބްދުﷲއާއި އޮޅުވެލިފުށީ ކައުންސިލްގެ ރައީސް މުޙައްމަދު ޢާޡިމެވެ.

މި މަޝްރޫޢުގައި ހިމެނޭ، ފެނުގެ ނިޒާމު ޤާއިމްކުރުރުމުގެ މަސައްކަތުގެ ދަށުން، އޮޅުވެލިފުށީގައި 9.71 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯރކެއް އަޅާނެއެވެ. އަދި ފެންއުފެއްދުމަށް 2 އާރްއޯ ޕްލާންޓް ބެހެއްޓުމަށް ހަމަޖެހިފައިވެއެވެ. އެ ޕްލާންޓްތައް ބަހައްޓާ އާރުއޯ ބިލްޑިންގގެ %45 މަސައްކަތް ނިމިފައިވާކަމަށް އެމްޑަބްލިއު އެސްސީން ބުނެއެވެ.

މި މަސައްކަތުގެ ދަށުން، މިޕްލާންޓްތަކުން އުފައްދާ ފެން ރައްކާރުރުމަށް 3 ތާނގީ ބަހައްޓައި، ގޭގޭގައި ފެން މީޓަރުތައް ހަރުކޮށް، ފެނުގެ ކަނެކްޝަން ގުޅައިދީ މި ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދޭނެއެވެ.

މި މަޝްރޫޢުގައި ހިމެނޭ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން އޮޅުވެލިފުށީގައި 6.56 ކިލޯމީޓަޓުގެ ނަރުދަމާ ވިއުގައެއް ޤާއިމްކޮށް، 1.60 ކިލޯ މީޓަރުގެ ޕަންޕިންގ ލައިނެއް އަޅައި، އިދާރީ ބިލްޑިންގ އިމާރާތް ކުރުން ހިމެނެއެވެ. އަދި 4 ޕަންޕިންގ ސްޓޭޝަން ރަށުގެ އެކި ސަރަހައްދުތަކުގައި ބަހައްޓައި، ނަޖިސް ބޭރުކުރުމަށް 1 ސީ އައުޓް ފްލޯ ހަދާނެއެވެ.

އޮޅުވެލިފުށީ ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢަކީ މިނިސްޓްރީއޮފް ނޭޝަނަލް ޕްލޭނިންގ ހައުސިން އެންޑް އިންފްރާސްޓްރަކްޗަރއިން، 80 މިލިއަން ރުފިޔާއަށް އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

ޅ.އޮޅުވެލިފުށި

އިތުރަށް ކިޔާލަން

27 އޮކްޓޯބަރު 2025

އަތޮޅު ކައުންސިލްތައް އުވާލުމާއެކު އިތުރުވާ ފައިސާ ބަހާނީ ރައްޔިތުންނަށް ބޭނުންވާ އެހީގެ ގޮތުގައި: މުއިއްޒު

27 އޮކްޓޯބަރު 2025
އަތޮޅު ކައުންސިލްތައް އުވާލުމާއެކު އިތުރުވާ ފައިސާ ބަހާނީ ރައްޔިތުންނަށް ބޭނުންވާ އެހީގެ ގޮތުގައި: މުއިއްޒު
27 އޮކްޓޯބަރު 2025

އެއްވެސް ވައުދެއް ނުފުއްދާ، ބާކީ ހުރި ވައުދުތައް ވެސް އަންނަ އަހަރުގެ ބަޖެޓު ގައި ހިމަނައިގެން ފުއްދާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

27 އޮކްޓޯބަރު 2025
އެއްވެސް ވައުދެއް ނުފުއްދާ، ބާކީ ހުރި ވައުދުތައް ވެސް އަންނަ އަހަރުގެ ބަޖެޓު ގައި ހިމަނައިގެން ފުއްދާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ
31 އޯގަސްޓު 2023

އޮޅުވެލިފުށީގެ ބިން ހިއްކުމާއި ބޯހިޔާވަހިކަން އަދި ޕިކްނިކް އައިލެންޑެއްގެ ވައުދު

31 އޯގަސްޓު 2023
އޮޅުވެލިފުށީގެ ބިން ހިއްކުމާއި ބޯހިޔާވަހިކަން އަދި ޕިކްނިކް އައިލެންޑެއްގެ ވައުދު
29 ސެޕްޓެމްބަރު 2022

ދިރާގު ޓީވީ އާއި ފައިބަރ އިންޓަނެޓުގެ ޚިދުމަތް އޮޅުވެލިފުއްޓަށް

29 ސެޕްޓެމްބަރު 2022
ދިރާގު ޓީވީ އާއި ފައިބަރ އިންޓަނެޓުގެ ޚިދުމަތް އޮޅުވެލިފުއްޓަށް
20 ފެބުރުއަރީ 2022

ކުރިއަށް އޮތް ތަނުގައި އޮޅުވެލިފުށީގެ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެ: ރައީސް

20 ފެބުރުއަރީ 2022
ކުރިއަށް އޮތް ތަނުގައި އޮޅުވެލިފުށީގެ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެ: ރައީސް
20 ފެބުރުއަރީ 2022

މަޝްރޫތަކަށް ބަދަލު ގެންނަން ބޭނުންވާނަމަ ހިއްސާކުރައްވާ، ރައްޔިތުން އެދޭ ގޮތަށް ކުރިއަށްދާނީ: ރައީސް

20 ފެބުރުއަރީ 2022
މަޝްރޫތަކަށް ބަދަލު ގެންނަން ބޭނުންވާނަމަ ހިއްސާކުރައްވާ، ރައްޔިތުން އެދޭ ގޮތަށް ކުރިއަށްދާނީ: ރައީސް
20 ފެބުރުއަރީ 2022

ރައީސް ޅ. އޮޅުވެލިފުއްޓަށް ވަޑައިގެންފި

20 ފެބުރުއަރީ 2022
ރައީސް ޅ. އޮޅުވެލިފުއްޓަށް ވަޑައިގެންފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު