Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފުވައްމުލަކު ސިޓީ

ފުވައްމުލަކު ސިޓީގެ ތަރައްޤީގެ ޕްލޭން ތަންފީޒު ކުރުމުގެ ކަންތައްތައް ދަނީ ކުރިއަށް: މޭޔަރ

ތަރައްޤީގެ ޕްލޭންއަށް ބޭނުންވާ ފަންޑު ހޯދުމާއި އެކަމަށް ބޭނުންވާ ޓެކްނިކަލް ލަފާ ހޯދުމުގެ މަސައްކަތް އެބަ ކުރިއަށްދޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 17 ޑިސެމްބަރު 2021 | ހުކުރު 08:06
ފުވައްމުލަކު ސިޓީގެ މޭޔަރ އިސްމާއިލް ރަފީޤް ރާއްޖެޓީވީއަށް އިންޓަވިއު ދެއްވަނީ

ފުވައްމުލަކު ސިޓީގެ މޭޔަރ އިސްމާއިލް ރަފީޤް ރާއްޖެޓީވީއަށް އިންޓަވިއު ދެއްވަނީ | ރާއްޖެއެމްވީ

ފުވައްމުލަކު ސިޓީގެ ތަރައްޤީގެ ޕްލޭން ނިމިފައިވާ ކަމަށާއި އެ ޕްލޭން ތަންފީޒު ކުރުމުގެ ކަންތައްތައް ކުރިއަށްދާ ކަމަށް މޭޔަރ އިސްމާއިލް ރަފީޤް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއެއްގައި އިސްމާއިލް ވިދާޅުވީ ތަރައްޤީގެ ޕްލޭންއަށް ބޭނުންވާ ފަންޑު ހޯދުމާއި އެކަމަށް ބޭނުންވާ ޓެކްނިކަލް ލަފާ ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި 2022 ވަނަ އަހަރަށް ޕްލޭންކޮށްފައިވާ ކަންތައްތައް އެ މުއްދަތުގެ ތެރޭގައި ނިންމާލެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ވެސް އޭނާާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ފުވައްމުލަކު ސިޓީ ކައުންސިލުން ވަނީ ދާދިފަހުން ޕްލޭނިންގ މިނިސްޓަރ މުހައްމަދު އަސްލަމް އެ ރަށަށް ވަޑައިގެން ރަށުގެ ތަރައްޤީގެ ގިނަކަންތައްތަކާ ގުޅޭގޮތުން މަޝްވަރާ ވަނީ ކުރައްވާފައެވެ. އެގޮތުން މަގު ހެދުމުގެ މަޝްރޫއަށް ގެންނަންޖެހޭ ބަދަލުތަކާއި ފުވައްމުލަކުގެ ބަނދަރުގެ ޖާގައިގެ ދަތިކަން ހައްލުކުރުމުގެ ގޮތުން ކުރެވޭނެ ކަންތައްތަކާ ގުޅޭގޮތުން ވަނީ މަޝްވަރާ ކޮށްފައެވެ.

އިސްމާއިލް ވިދާޅުވީ ބަނދަރުގެ ބޭރު ތޮށި ބޭނުންކުރެވޭނެ ގޮތަކާމެދު މަޝްވަރާ ކުރިއަށްދިޔަ ކަމަށާއި، ބަނދަރުގެ ޖާގަ އިތުރު ކުރުމަށް ކުރެވޭނެ ކަންތައްތަކާމެދު ވެސް މަޝްވަރާ ކޮށްފައިވާ ކަމަށެވެ. ކައުންސިލުން އެދިފައިވަނީ ބަނދަރު ގޮއްވައިގެން މަސައްކަތް ކުރިއަށް ގެންދިޔުމަށެވެ. ނަމަވެސް މިހާރު އިމާރާތްތައް ކައިރީގައި ހުރުމާއެކު ގޮއްވުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް މިނިސްޓްރީން ބުނެފައިވާ ކަމަށް އިސްމާއިލް ވިދާޅުވިއެވެ. ޓެކްނިކަލް ދިރާސާއަށް ފަހު ކުރިއަށްދެވޭނެ ގޮތްތައް ނިންމާނެ ކަމަށް މިނިސްޓްރީން ބުނެފައިވާ ކަމަށް އިސްމާއިލް ވިދާޅުވިއެވެ.

ފުވައްމުލަކު ސިޓީ ކައުންސިލުން މިހާރު ކުރިއަށްގެންދާ ބައެއް މުހިންމު މަސައްކަތްތަކަށް އަލިއަޅުއްވާލައްވައި އިސްމާއިލް ވިދާޅުވީ މަގުހެދުމުގެ މަޝްރޫއާއި ސްކޫލްގެ ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލް ހެދުމުގެ މަސައްކަތާއި ހޮސްޕިޓަލުގެ މިހާރުގެ އިމާރާތަށް ޖާގަ އިތުރު ކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށެވެ. މީގެއިތުރުން ހޮސްޕިޓަލުގެ އައު އިމާރާތް އެޅުމަށް ޑިޒައިންގެ މަރުހަލާގައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ފުވައްމުލަކުގެ ތަރައްޤީއަށް ސަރުކާރުން ގިނަކަންތައްތަކެއް ކުރަމުންދާއިރު ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތުގެ އެއްބަސްވުމުގައި ދާދި ފަހުން ވަނީ ސޮއިކޮށްފައެވެ.

މިނިސްޓަރ އަސްލަމް ވިދާޅުވީ، މި މަޝްރޫއުގެ ވާހަކަ އެންމެ ފުރަތަމަ ދެކެވެން ފެށީ 2009 ވަނަ އަހަރު ކަމަށެވެ. 2012 ވަނަ އަހަރު އެ ކުންފުންޏަށް ޕްރޮޕޯޒަލެއް ފޮނުވި ކަމަށް ވެސް ވިދާޅުވިއެވެ. މި މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާނެކަން ފާހަގަކުރައްވައި އަސްލަމް ވިދާޅުވީ ބަނދަރުގައި 2.6 ކިލޯމީޓަރުގެ ތޮށި، މި މަޝްރޫއުގެ ދަށުން ލެވިގެންދާނެ ކަމަށެވެ. އަދި މިއީ ސަރުކާރުން ފަށާނެ ބިޔަ މަޝްރޫއެއް ކަމަށާއި 234 މަޝްރޫއެއްގެ އަމަލީ މަސައްކަތް މިހާރު ވެސް ކުރިއަށްދާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގޮތުން 738 މިލިއަން ރުފިޔާގެ މަސައްކަތް ސަރުކާރުން ކުރިއަށް ގެންދާ ކަމަށް ވިދާޅުވިއެވެ. ރާއްޖެއަކީ މިހާރު ފަގީރު ގައުމުތަކުގެ ލިސްޓުން ކެނޑި، ތަރައްގީވަމުން އަންނަ ގައުމުގެ ލިސްޓަށް އަރާފައިވާ ގައުމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ތަރައްގީވެފައިވާ ލިސްޓަށް ރާއްޖޭގެ ނަން އަރަންދެން މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވިއެވެ.    

މި މަޝްރޫއަކީ 300 މިލިއަން ރުފިޔާގެ މަޝްރޫއަކަށްވާއިރު، މި މަޝްރޫއަށް ފަންޑު ކުރަނީ ދިވެހި ސަރުކާރާއި ނެދަރލެންޑްސްގެ އިންވެޓްސް އިންޓަރނޭޝަނަލްއާއި ކުވައިތު ފަންޑް ފޯރ އެރެބް އިކޮނޮމިކް ޑިވެލޮޕްމަންޓުންނެވެ.

މި މަޝްރޫއުގެ މަސައްކަތް 606 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ވަނީ ހަވާލުކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފުވައްމުލަކު ގޮނޑުދޮށަށް ލެއްގި ހިލަތައް އަދިވެސް ނަގާ ނުނިމޭ: އީޕީއޭ

ފުވައްމުލަކު ގޮނޑުދޮށަށް ލެއްގި ހިލަތައް އަދިވެސް ނަގާ ނުނިމޭ: އީޕީއޭ

19 އޮކްޓޯބަރު 2017
ފުވައްމުލަކު ކައިރިން ގެއްލުނު ފަތުރުވެރިޔާ ހޯދަން ހެލިކޮޕްޓަރ ބޭނުން ކުރަން ފަށައިފި

ފުވައްމުލަކު ކައިރިން ގެއްލުނު ފަތުރުވެރިޔާ ހޯދަން ހެލިކޮޕްޓަރ ބޭނުން ކުރަން ފަށައިފި

12 މާރިޗު 2017
އައްޑޫ ސިޓީގެ ހަތް ގޮނޑި ހޯދާނަން:ސޯބެ

އައްޑޫ ސިޓީގެ ހަތް ގޮނޑި ހޯދާނަން:ސޯބެ

09 މާރިޗު 2017
އައްޑޫ ސިޓީގެ ދެ ރަށަކާއި ފުވައްމުލަކަށް ޑަސްޓްބިނާއި ކޮމްޕޯސްޓިންގ އިކުއިޕްމަންޓް ފޯރުކޮށްދިނުމަށް ބަޔަކާ ޙަވާލުކޮށްފި

އައްޑޫ ސިޓީގެ ދެ ރަށަކާއި ފުވައްމުލަކަށް ޑަސްޓްބިނާއި ކޮމްޕޯސްޓިންގ އިކުއިޕްމަންޓް ފޯރުކޮށްދިނުމަށް ބަޔަކާ ޙަވާލުކޮށްފި

26 ފެބުރުއަރީ 2017
އައްޑޫ ސިޓީގެ ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ބަޔަކާ ހަވާލު ކޮށްފި

އައްޑޫ ސިޓީގެ ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ބަޔަކާ ހަވާލު ކޮށްފި

16 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

30 އެޕްރީލު
އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި
20233 އަހަރު ކުރިން
ރިޕޯޓު

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް
20197 އަހަރު ކުރިން
ރާއްޖެ

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!
20188 އަހަރު ކުރިން
ރިޕޯޓު

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު