Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ ލީގު

ލިވަޕޫލަށް ތާރީޚީ މޮޅެއް، ޗެލްސީ އެއްވަރު

17 ޑިސެމްބަރު 2021 | ހުކުރު 07:14

ޗެލްސީ އާއި އެވަޓަން އެއްވަރުވީ 1-1 ގެ ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 17 ޑިސެމްބަރު 2021 | ހުކުރު 07:14
ލިވަޕޫލާއި ނިއުކާސަލް ބައްދަލުކުރި މެޗުގެ ތެރެއިން

ލިވަޕޫލާއި ނިއުކާސަލް ބައްދަލުކުރި މެޗުގެ ތެރެއިން

އިނގިރޭސި ޕްރިމިއާ ލީގުގައި ބުރާސްފަތި ދުވަހުގެރޭ ފަހަތުން އަރައި ނިއުކާސަލް ޔުނައިޓެޑް ބަލިކޮށް، ޕްރިމިއާ ލީގު ތާރީޚުގައި އެންމެ ފުރަތަމަ 2،000 މޮޅު ހަމަކުރި ޓީމުގެ ރިކޯޑު ލިވަޕޫލުން ގާއިމުކޮށްފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ލިވަޕޫލް މޮޅުވީ ފަހަތުން އަރައި ނިއުކާސަލް އަތުން 3-1 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު ލިވަޕޫލުން 2،000 މޮޅު ހަމަކޮށް ރިކޯޑު ހެދިއިރު، އެ ޓީމާ އެންމެ ކައިރި ކުރާ ކުލަބަކަށް އޮތީ އާސެނަލެވެ. އެގޮތުން އާސެނަލުން ވަނީ ލީގު ތާރީޚުގައި 1927 މޮޅު ހޯދާފައެވެ.

ބުރާސްފަތި ދުވަހުގެރޭ ކުޅުނު މެޗާ ކުރިމަތިލިއިރު ލިވަޕޫލުގެ ވާޖިލް ވެން ޑައިކާއި، ފަބީނިއޯ އަދި ކާޓިސް ޖޯންސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އެހެންކަމުން އެ ތިން ކުޅުންތެރިން ނުލައި މި މެޗަށް ލިވަޕޫލުން ނުކުތްއިރު، މެޗުގެ ވަރަށް ކުރީކޮޅު ނިއުކާސަލުން ވަނީ ލީޑު ނަގާފައެވެ. މެޗު ފަށައިގެން ހަތްވަނަ މިނެޓުގައި ލިވަޕޫލުގެ ތިއާގޯއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖޮންޖޯ ޝެލްވީއެވެ.

އެކަމަކު އޭގެ ފަހުން ގާތްގާތުގައި ދެ ލަނޑު ޖަހައި ލިވަޕޫލުން ވަނީ އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލާފައެވެ. އެގޮތުން މެޗުގެ 21 ވަނަ މިނެޓުގައި ޑިއޯގޯ ޖޮޓާ ލިވަޕޫލަށް ނަތީޖާ އެއްވަރުކޮށްދިންއިރު، އޭގެ ހަތަރު މިނެޓު ފަހުން ލިވަޕޫލަށް ލީޑު ނަގައިދިން ލަނޑު ކާމިޔާބުކޮށްދިނީ މުޙައްމަދު ސަލާހެވެ. މި ލަނޑާއެކު ސަލާހު ވަނީ ލީގުގައި ޖެހިޖެހިގެން 15 މެޗުގައި ލަނޑެއް ޖަހައި ނުވަތަ ލަނޑެއް ޖަހަން ފުރުސަތު ތަނަވަސްކޮށްދީގެން ލެސްޓާ ސިޓީގެ ފޯވާޑް ޖޭމީ ވާޑީ ހަދާފައިވާ ރިކޯޑާ ހަމަކޮށްފައެވެ.

ދެން މި މެޗުގައި ލިވަޕޫލުން ޖެހި ތިންވަނަ ލަނޑު ފެނިގެންގޮސްފައިވަނީ މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށެވެ. އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޓްރެންޓް އަލެކްސަންޑަ-އާނޯލްޑެވެ.

މި މެޗުން ލިވަޕޫލް މޮޅިވިއިރު، ލީގުގައި ބުރާސްފަތި ދުވަހުގެރޭ ކުޅުނު މެޗުން ޗެލްސީ އެއްވަރުވީ އެވަޓަނާ ވާދަކޮށް 1-1 ގެ ނަތީޖާއަކުންނެވެ.

ޗެލްސީގެ ދަނޑުގައި ކުޅުނު މި މެޗާ ކުރިމަތިލިއިރު އެ ޓީމުގެ ޓިމޯ ވާނާ އާއި, ރޮމެލޫ ލުކާކޫ އަދި ކަލުމް ހަޑްސަން-އޮޑޯއި ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި މި މެޗަށް އެވަޓަނުން ނުކުމެފައިވަނީ ކޮވިޑާއި އަނިޔާގެ މައްސަލަތަކުގެ ސަަބަބުން ގިނަ ކުޅުންތެރިންތަކެއް ނުލައެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިފައި ނުވާއިރު، ދެވަނަ ހާފުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ޗެލްސީންނެވެ. މެޗުގެ 70 ވަނަ މިނެޓުގައި ރީސް ޖޭމްސް ދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މޭސަން މައުންޓެވެ. އެކަމަކު އޭގެ ހަތަރު މިނެޓު ފަހުން އެންތަނީ ގޯޑަން ހުރަސްކޮށްދިން ބޯޅައަކުން ޖަރާޑް ބްރަންތުވެއިޓް ވަނީ ލަނޑެއް ޖަހައި، އެވަޓަނަށް ނަތީޖށ އެއްވަރުކޮށްދީފައެވެ.

މި ނަތީޖާތަކާއެކު ތާވަލުގެ އެއްވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއަށް ކުޅުނު 17 މެޗުން 41 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި ލިވަޕޫލް އޮތީ 17 މެޗުން 40 ޕޮއިންޓާއެކުއެވެ. އަދި ތިންވަނައިގައި އޮތް ޗެލްސީއަށް 17 މެޗުން ލިބިފައިވަނީ 37 ޕޮއިންޓެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި
31 ޖެނުއަރީ 2017

ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި

31 ޖެނުއަރީ 2017
ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި
31 ޖެނުއަރީ 2017

ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ

31 ޖެނުއަރީ 2017
ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް
23 ޖެނުއަރީ 2017

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ
18 ޖެނުއަރީ 2017

އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ

18 ޖެނުއަރީ 2017
އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ
15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ވެރާޓީ ހޯދުމަށް ޗެލްސީން 30 މިލިއަން ޕައުންޑު ހުށަހަޅައިފި

04 ޖެނުއަރީ 2017
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް