Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އައްޑޫ ޑަބްލިއުޑީސީން ހިންގާ ފަންތޮށި ކޯސް

އައްޑޫ ޑަބްލިއުޑީސީން ހިންގާ ފަންތޮށި ކޯސް ފަށައިފި

މިކޯހުގައި ތަފާތު 10 ވައްތަރެއްގެ ތަކެތި ފަންތޮށިން ހަދަން ދަސްކޮށްދޭ

އައިޝަތު މުހައްމަދު
އައިޝަތު މުހައްމަދު, ރާއްޖެ އެމްވީ | 15 ޑިސެމްބަރު 2021 | ބުދަ 13:48
އައްޑޫ ޑަބްލިއުޑީސީ ފަންތޮށި ކޯސް

އައްޑޫ ޑަބްލިއުޑީސީ ފަންތޮށި ކޯސް

ތިމާވެއްޓާ ރައްޓެހި ގޮތަކަށް ތައްޔާރުކުރެވޭ ދިވެހިންގެ ސަގާފީ އުފެއްދުންތައް ފަންތޮށިން އުފައްދާނެ ގޮތް ދަސްކޮށްދޭ ކޯހެއް އައްޑޫސިޓީގައި ފަށައިފިއެވެ.

އައްޑޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން އިންތިޒާމްކޮށްގެން ހިންގާ މިކޯސް ކުރިއަށްދަނީ ސިޓީގެ ހުރިހާ އަވަށްތަކެއްގައި އެއްފަހަރާ ބޭއްވުމަށްފަހު 1 ހަފްތާގެ ތެރޭ އެއްކޮށް ކޯސް ނިންމާ ގޮތަށެވެ. އެގޮތުން  މިކޯސް ކުރިއަށްދަނީ ކޮންމެ އަވަށެއްގެ ބައިވެރިންނާއެކު އެއަވަށެއްގައި ވަކިންނެވެ. ޑިސެންބަރ 11ގައި ފެށުނު މިކޯހުގައި ފުރަތަމަ ކިޔަވައިދެނީ، ގުޅިފައިވާ 4 އަވަށުގެ ބައިވެރިންނަށެވެ. އެއަވަށްތަކާ ވަކިން އޮންނަ ހުޅުމީދޫގެ ކޯހުގެ ގަޑިތައް ޑިސެންބަރ 19އިން 23އަށް ކުރިއަށްދާނެ ކަމަށް ޑަބްލިއުޑީސީން ބުނެއެވެ. މިކޯހުގައި ހިތަދޫން 15، މަރަދޫއާއި މަރަދޫފޭދޫން 34، ފޭދޫން 30 އަދި ހުޅުމީދޫން 24 މީހުންނާއެކު ޖުމްލަ 103 މީހުން ބައިވެރިވެ ތަމްރީނު ހޯދަމުންދެއެވެ.

Advertisement - newsAdvertisement

ފަންތޮށި ކޯހުގައި މުޅޯށީގެ 3 ވައްތަރެއް ބައިވެރިން ވަނީ ދަސްކޮށްފައެވެ. އޭގެ އިތުރުން އެކި ވައްތަރުގެ ހޭންޑްބޭގްތަކާއި ފްރުޓް ބާސްކެޓްތަކާއި ތޮފި ފަދަ ތަފާތު 10 ވައްތަރެއްގެ ތަކެތި ހަދާނެގޮތް މިކޯހުގެ ބައިވެރިންނަށް ވަނީ ދަސްކޮށްދީފައެވެ. ކޯހުގެ ބައިވެރިންވަނީ އެމީހުން ދަސްކުރި ތަކެތި ބާޒާރަށް ނެރޭނެކަމަށް ބުނެފައެވެ. މިހާރުވެސް ސްކޫލްތަކުގައި ހިންގާ ހަރަކާތްތަކަށާއި މެހެމާނުންނަށް ހަދިޔާ ދިނުންފަދަ ކަންކަމަށް ފަންތޮށީގެ އުފެއްދުންތައް ބޭނުންވެގެން އެދިފައިވާކަމަށް ޑަބްލިއުޑީސީން ހާމަކުރެއެވެ. މިކޯހުގެ ބައިވެރިން މިވަނީ، ފަސޭހައިން ދިވެހިންނަށް ލިބެން ހުންނަ ފަންތޮށީގެ ބޭނުންކޮށްގެން ދިރިއުޅުމުގެ ބޭނުންތަކުގައި ހިފައިގެންގުޅޭ ސާމާނުތައް، ބޭނުން ސައިޒަކަށް، ބޭނުން ބައްޓަމަކަށް ހަދައިގެން ބޭނުންކުރުމުގެ ހިތްހަމަޖެހުން ހާސިލުކޮށްފައެވެ.

އައްޑޫ ޑަބްލިއުޑީސީން މިފަދަ ކޯހެއް ހިންގާ އެންމެ ބޮޑު މަގުސަދަކީ ތިމާވެއްޓާ ރައްޓެހި، އަމިއްލަ އުފެއްދުންތަކެއް ހަދަން ދަސްކޮށްދިނުމާއެކު، މިފަދަ ތަކެތީގެ މުހިއްމުކަން ވަޒަންކޮށްދީ، އުވެމުން ނެތެމުންދާ ދިވެހި ސަގާފީ މަސައްކަތްތަކަށް މީހުން އަހުލުވެރިކުރުވުންކަމަށް ޑަބްލިއުޑީސީގެ ރައީސާ ނުސްރަތު ރަޝީދު ވިދާޅުވިއެވެ.

މިކޯހުގެ ބައިވެރިންދަނީ ބާޒާރު ކުރުމަށާއި ދަތުރު ދިއުންފަދަ ކަންތަކަށް އެމީހުން ދަސްކުރި ތަކެތި ވަރަށް އެކަށޭނަ ކަމަށްބުނެ އެފަދަ ކަންކަމަށް އެތަކެތި ބޭނުންކުރަމުންނެވެ. މިއީ ޒީރޯ ޕްލާސްޓިކް ގައުމަކަށް ރާއްޖެ ހެދުމަށް ކުރާ މަސައްކަތުގައި އެހީއަކަށްވެ، މިހާރު ބޭނުންކުރާ ޕްލާސްޓިކް ސާމާނާއި ބާޒާރު ކޮތަޅުގެ ބަދަލުގައި ގެންގުޅެވިދާނެ މުހިއްމު ސާމާނުތަކެކެވެ.

އައްޑޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން ވަނީ ވޭތުވެދިޔަ 6 މަސްދުވަހުގެތެރޭ މުޅި އައްޑޫސިޓީއަށް އަމާޒުކޮށްގެން މުހިންމު ގިނަ ކަންތައްތަކެއް ހިންގާފައެވެ. އޭގެތެރޭގައި ދާދި މިދާކަށް ދުވަހު ނިމިގެން ދިޔަ، ބޮޑެތިމީހުންނަށް އިނގިރޭސިބަސް ދަސްކޮށްދޭ ކޯހާއި، ސްކޫލްތަކަށް ހުޅުވާލައިގެން ބޭއްވި ޕޯސްޓަރ ކުރެހުމުގެ މުބާރާތް ފާހަގަ ކޮށްލެވެއެވެ. ޑަބްލިއުޑީސީން މިފެށޭ 2022 ވަނައަހަރަށް ވެސް ވަނީ ގިނަ ހަރަކާތްތަކެއް ހިންގަން ރާވާފައެވެ. ވަރަށް ހަރަކާތްތެރި މެންބަރުންތަކެއް ހިމެނޭ، އައްޑޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީން މިހާރު އެންމެ ކަންބޮޑުވާ މައްސަލައަކީ އެކޮމިޓީއަށް އާމްދަނީ އިތުރުކުރުމަށް ކުދި ވިޔަފާރި ހިންގުމުގެ ފުރުސަތު ލިބިފައިނުވާތީއެވެ.

ނުސްރަތު ވިދާޅުވީ، އާމްދަނީ އިތުރު ކުރުމަށް ގެސްޓްހައުސްފަދަ ވިޔަފާރި ހިންގިދާނެ ކަމަށާއި، މިފަދަ ކަމެއް ފަހިވެގެން ދިއުމަކީ އެކޮމިޓީން އައްޑޫސިޓީގެ ރައްޔިތުންނަށްޓަކައި ފައިދާހުރި ގިނަ ކަންތައްތަކެއް ކުރެވިދާނެ ކަމެއް ކަމަކަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު

އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް

އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު