Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުނިމެނޭޖްކުރުމުގެ މަސައްކަތް

ޤައުމު ތަރައްޤީކޮށް އިޤްތިޞާދީ ޙަރަކާތްތައް ހިންގަންވާނީ ވަށައިޖެހޭ ނިޒާމެއްގެ ތެރެއިން - ރައީސް

އެއްތަނުން އަނެއް ތަނަށް ކުނި އުފުލުމުގައި، ނުރައްކާތެރި ބާވަތްތަކުގެ ވަރަށް ގިނަ ކުނި ކަނޑަށް އެޅޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 15 ޑިސެމްބަރު 2021 | ބުދަ 06:59
"ގްރޭޓަރ މާލެ ވޭސްޓް ޓު އެނަރޖީ ޕްރޮޖެކްޓް" އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅުދައްކަވަނީ

"ގްރޭޓަރ މާލެ ވޭސްޓް ޓު އެނަރޖީ ޕްރޮޖެކްޓް" އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅުދައްކަވަނީ

ޤައުމު ތަރައްޤީ ކުރަންވާނީ ވެސް، އަދި އިޤްތިޞާދީ ޙަރަކާތްތައް ހިންގަންވާނީ ވެސް، ވަށައިޖެހޭ ނިޒާމެއްގެ ތެރެއިން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ "ގްރޭޓަރ މާލެ ވޭސްޓް ޓު އެނަރޖީ ޕްރޮޖެކްޓް" އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ މާލެއާއި ރަށްރަށާއި، ރިޒޯޓުތަކުގައި އުފެދޭ ކުނި ޖަމާކުރާ ތަނަކަށް ވެފައި އޮތީ، މީގެ ތިރީހަކަށް އަހަރު ކުރިން ފެށިގެން ކުނިއަޅަމުން އަންނަ ފަޅަށް ކަމަށެވެ. އެއީ އެ ކުނިތަކުން ހިކިގެން އުފެދިފައިވާ މިހާރުގެ ތިލަފުށި ކަމަށާއި، އޭރު ކުނި ނައްތައިލުމަށް ކުރިހާވެސް ކަމަކީ ކުނި އެންދުން ކަމަށެވެ. ތިލަފުށީގައި ވެސް އަދި ރަށްރަށުގައި ވެސް ކުނި އަންދަމުންދިޔަކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މިކަމުގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުމަކަށް އޭރު މާބޮޑަކަށް ބެލިފައެއް ނެތް ކަމަށާއި، ރައްޔިތުންގެ ޞިއްޙަތަށް ލިބޭ ގެއްލުމަކަށް ވެސް އޭރަކު ނުބެލޭ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ހުޅަނގު މޫސުން ލައިގެންފިއްޔާ، މާލޭގެ ހުޅަނގު ފަރާތުގައި ދިރިއުޅޭ މީހުންނަށް، ނުބައި ވަހާއި، ދުމުގެ އުނދަގޫ އިންތިހާއަށް ކުރިމަތިވާ އިރު، ވިލިމާލޭ ރައްޔިތުން އުފުލަންޖެހޭ ތަކުލީފު އަދި މާބޮޑު ކަމަށެވެ.

ރަށްރަށުން ތިލަފުއްޓަށް ކުނި ގެނައުމުގައި ވެސް، އެކަން ކުރަމުން އައީ، ތިމާވެއްޓަށް މާބޮޑު ސަމާލުކަމެއް ދީގެންނެއް ނޫން ކަމަށާއި، މާލެއިން ތިލަފުއްޓަށް ކުނި އުފުލުމުގައި ވެސް، ތިމާވެށި ރައްކާތެރިކުރުމަށް މާބޮޑު ސަމާލުކަމެއް އޭރަކު ދެވިފައެއް ނެތް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޤައުމު ތަރައްޤީ ކުރަންވާނީ ވެސް، އަދި އިޤްތިޞާދީ ޙަރަކާތްތައް ހިންގަންވާނީ ވެސް، ވަށައިޖެހޭ ނިޒާމެއްގެ ތެރެއިން ކަމަށާއި، އަމުދުން ރާއްޖެ ފަދަ ބިން ތިރި ޤައުމެއްގައި، ޤުދުރަތީ ވެއްޓާއި މާޙައުލީ ނިޒާމުގެ ޙިމާޔަތަށް ދޭންޖެހޭ ސަމާލުކަން ވަކިން ބޮޑުކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މާތް ﷲގެ ވާގިފުޅާއެކު، މިއަދު ތިލަފުށި އެއޮތީ، މީގެކުރިން އެ ތަނުން ލިބުނު އުނދަގޫތައް މިހާރު ނުލިބޭނެ ގޮތަށް އިންތިޒާމު ކުރެވިފައި ކަމަށެވެ. މިދިޔަ ސެޕްޓެންބަރު މަހުގެ ތެރޭގައި ސަރުކާރުން އެކަމަށް ޙައްލެއް ގެނެވިއްޖެ ކަމަށާއި، މިހާރު ތިލަފުށިން ދުމެއް ނާރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ، ހަމައެކަނި ކުނި މެނޭޖްކޮށްގެން، ތިމާވެށި ރައްކާތެރިކުރުމެއް ނޫން ކަމަށެވެ. އަދި ތިމާވެއްޓަށް ގެއްލުންދޭ ބާވަތުގެ ކުނި މަދުކުރުމަކީ ވެސް، ތިމާވެށި ރައްކާތެރި ކުރުމުގެ ވަރަށް މުހިންމު ސިޔާސަތެއް ކަމަށާއި، އެއްފަހަރު ބޭނުންކުރާ ޒާތުގެ ޕްލާސްޓިކް، ރާއްޖޭގައި މަނާކުރުމުގެ ސިޔާސަތު، މި އަހަރުގެ ޖޫން މަހުގެ ތެރޭގައި ތަންފީޒު ކުރަން ފަށާފައި ވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ކިތަންމެ ގަދަ ހޫނެއްގައި ކުނި އެންދިޔަސް، މިހާރު ބަހައްޓާ މެޝިނުން ދުމެއް، ވިހައެއް އަދި ވަހެއް ވެސް ބޭރެއްނުވާނެ ކަމަށެވެ. މި މަޝްރޫޢުގެ ނަމުން ދޭހަކޮށްދޭ ގޮތަށް، މި މަޝްރޫޢުގެ ދަށުން ކުނިތައް ނެތިގެންދާއިރު، އޭގެ ބަދަލުގައި އުފެދެނީ ހަކަތަ ކަމަށާއި، ކުނި އަންދައިގެން ކަރަންޓް އުފެއްދުމަކީ، އިޢާދަކުރަނިވި ހަކަތަ އިތުރުކުރުމަށް، ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތު ތަންފީޒުކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ކުނި މެނޭޖްކޮށް، ތިމާވެށި ރައްކާތެރި ކުރުމަކީ، ހަމައެކަނި މާލެ ސަރަޙައްދަށް އަމާޒު ހިފާފައިވާ ސިޔާސަތެއް ވެސް ނޫންކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ މިއީ ރާއްޖޭގެ ހުރިހާ ރަށްތަކާއި، ރިޒޯޓުތަކާއި، ގެސްޓްހައުސްތަކުގައި އުފެދޭ ކުނި ވެސް، ރައްކާތެރިގޮތުގައި ނައްތާލައިގެން، ތިމާވެށި އަލުން ދިރުވައި އާލާކުރުމަށް ކަނޑައަޅާފައިވާ ސިޔާސަތެއް ކަމަށެވެ.

އަދި ދިރިއުޅުމުގެ ވައްޓަފާޅިއަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަތުވެއްޖެ ކަމަށާއި، ދިރިއުޅުމުގެ ޙާލަތަށް ވެސް ބަދަލު އަންނަމުން ދާކަމަށް ރައީސް ވިދާޅުވިއެވެ. ޢުމްރާނީ މަސައްކަތްތައް އަންނަނީ އިތުރުވަމުން ކަމަށާއި، ފަތުރުވެރިކަން ފުޅާވެ، އިޤްތިޞާދީ ޙަރަކާތްތައް ވެސް އިތުރުވަމުން އަންނަ އިރު، މިފަދަ ކޮންމެ ބަދަލަކާއެކު، ކުނި އުފެދޭ މިންވަރު ވެސް އިތުރުވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ ތަފާތު ސަރަޙައްދުތަކުގައި، ކުނި މެނޭޖްކުރާނެ މަރުކަޒުތައް ޤާއިމުކުރުމުގެ ޙަޤީޤީ ބޭނުމަކީ ރަށްރަށުގެ މާޙައުލީ ނިޒާމާއި، ތިމާވެށި ޙިމާޔަތްކުރުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ މަރުކަޒުތަކުގެ މަސައްކަތް ފަށައިގަތުމުން، ރަށްރަށުގައި އުފެދޭ ފަނާވާ ޒާތުގެ ކުނި ފިޔަވައި، އެނޫން ބާވަތްތަކުގެ ކުނިތައް، ކުނި މެނޭޖްކުރާ މަރުކަޒުތަކަށް ގެންގޮސް، ރައްކާތެރި ގޮތުގައި ނައްތައިލެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ ސަބަބުން، ރަށްރަށުގައި ކުނި އެންދުން ހުއްޓުމަކަށް އަންނާނެ ކަމަށާއި، މިކަމުގެ ސަބަބުން ރަށުގައި އުފެދޭ ކުނިން، އެ ރަށެއްގެ މީހުންނަށް އިތުރު އުނދަގޫތަކަކާއި ނުރައްކާތައް ކުރިމަތިވުން ހުއްޓުމަކަށް އަންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

31 މާރިޗު 2017

ކުރީގެ ރައީސުންނަށް އިހުތިރާމްކުރަންޖެހޭ، އެއީ ޤައުމުގެ އެންމެ ބޮޑު ރައުސުމާލު: މެންބަރު ސައުދު

31 މާރިޗު 2017
ކުރީގެ ރައީސުންނަށް އިހުތިރާމްކުރަންޖެހޭ، އެއީ ޤައުމުގެ އެންމެ ބޮޑު ރައުސުމާލު: މެންބަރު ސައުދު
25 މާރިޗު 2017

ނާއިންސާފު ނައްތާލެވޭނީ، މުޅި ޤައުމު އެކުގައި ތެދުވެގެން: އިމްތިޔާޒް

25 މާރިޗު 2017
ނާއިންސާފު ނައްތާލެވޭނީ، މުޅި ޤައުމު އެކުގައި ތެދުވެގެން: އިމްތިޔާޒް
23 މާރިޗު 2017

މަސީހު ބޭރުކުރެވޭ ހިސާބުން އުފާވެރިކަމާ އެކު ޤައުމުގެ ހުރިހާ ކަމެއް ހަމައަކަށް އެޅެން ފަށާނެ: ޤާސިމް

23 މާރިޗު 2017
މަސީހު ބޭރުކުރެވޭ ހިސާބުން އުފާވެރިކަމާ އެކު ޤައުމުގެ ހުރިހާ ކަމެއް ހަމައަކަށް އެޅެން ފަށާނެ: ޤާސިމް
23 މާރިޗު 2017

ޤައުމުގެ ހާލަތު ބަދަލުކުރުމަށް އެމްޑީޕީއާ އަދާލަތު ޕާޓީ އަދި ރައީސް މައުމޫނާ ގުޅިގެން މަސައްކަތްކުރުމަށް ޖޭޕީން ނިންމައިފި

23 މާރިޗު 2017
ޤައުމުގެ ހާލަތު ބަދަލުކުރުމަށް އެމްޑީޕީއާ އަދާލަތު ޕާޓީ އަދި ރައީސް މައުމޫނާ ގުޅިގެން މަސައްކަތްކުރުމަށް ޖޭޕީން ނިންމައިފި
22 ފެބުރުއަރީ 2017

މައުމޫނާއި، ނަޝީދު މަސައްކަތްކުރައްވަނީ ނުލަފާ ރޭވުމެއްގެ ދަށުން ޤައުމުގެ އިޤްތިސާދު ހަލާކުކޮށްލަން: ޑރ. ޝައިނީ

22 ފެބުރުއަރީ 2017
މައުމޫނާއި، ނަޝީދު މަސައްކަތްކުރައްވަނީ ނުލަފާ ރޭވުމެއްގެ ދަށުން ޤައުމުގެ އިޤްތިސާދު ހަލާކުކޮށްލަން: ޑރ. ޝައިނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު