Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ގައުމީ ވޮލީ ޓީމު އެކުލަވާލުން

ޒުވާން ތިން ކުޅުންތެރިންވެސް ވޮލީގެ ފައިނަލް ސްކޮޑަށް

ހައިދަރުއާބާދު ސްޕައިކާސްއާ ދެކޮޅަށް ތިން މެޗެއް ކުޅޭނެ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 15 ޑިސެމްބަރު 2021 | ބުދަ 05:16
ގައުމީ ފިރިހެން ވޮލީބޯޅަ ޓީމުން މީގެ ކުރިން އެކުލަވާލި 15 ކުޅުންތެރިންގެ ސްކޮޑު

ގައުމީ ފިރިހެން ވޮލީބޯޅަ ޓީމުން މީގެ ކުރިން އެކުލަވާލި 15 ކުޅުންތެރިންގެ ސްކޮޑު

މި މަހު ބަންގްލަދޭޝްގައި ބާއްވާ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތަށް އެކުލަވާލި ގައުމީ ފިރިހެން ވޮލީބޯޅަ ޓީމުގެ ފައިނަލް ސްކޮޑުގައި ޒުވާން ތިން ކުޅުންތެރިންވެސް ހިމަނައިފިއެވެ.

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން 29 ވަނަ ދުވަހުގެ ނިޔަލަށް ބަންގްލަދޭޝްގައި ބާއްވާ މުބާރާތާ ގައުމީ ފިރިހެން ވޮލީ ޓީމު ކުރިމަތިލާނީ ތަޖުރިބާކާރު ކޯޗު މުޙައްމަދު ސާޖިދު (ކާއްޓޭ) ގެ އިރުޝާދުގެ ދަށުންނެވެ. މީގެ ކުރިން ދެ ފަހަރެއްގެ މަތިން ހެޑް ކޯޗުގެ މަގާމު ކާއްޓޭ އަދާކޮށްފައިވާއިރު، އޭނާގެ އިރުޝާދުގެ ދަށުން ގައުމީ ޓީމުން މީގެ ކުރިންވެސް ވަނީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ވާދަކޮށްފައެވެ.

މި މުބާރާތަށް ތައްޔާރުވާން 21 ކުޅުންތެރިންގެ ސްކޮޑަކާއެކު ގައުމީ ޓީމުން އެންމެ ފުރަތަމަ ފަރިތަކުރުންތައް ފެށިއިރު، މިދިޔަ މަހު އެކުލަވާލި 15 ކުޅުންތެރިންގެ ސްކޮޑުގައި ޒުވާން ތިން ކުޅުންތެރިއަކު ހިމެނިއެވެ. އެ ތިން ކުޅުންތެރިންނަކީ އުމުރުން 17 އަހަރުގެ މާއިޝް އަޙްމަދާއި، އުމުރުން 19 އަހަރުގެ އަޙްމަދު ނާފިއު އަދި އުމުރުން 20 އަހަރުގެ ޝާމިލް މުޙައްމަދެވެ. މި ތިން ކުޅުންތެރިންނަކީވެސް ގައުމީ ސްކޮޑުގައި މުޅިން އަލަށް ހިމެނުނު ތިން ކުޅުންތެރިންނެވެ.

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ކްނިކަލް ކޮމިޓީން މީގެ ކުރިން ވަނީ ގައުމީ ޓީމުތަކަށް ކުޅުންތެރިން ނެގުމުގައި އުސޫލުތަކެއް ކަނޑައަޅާފައެވެ. އެގޮތުން މުބާރާތުގައި ވާދަކުރާ ސްކޮޑުގައި 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ ދެ ކުޅުންތެރިން ހިމެނުމަށް ވަނީ ހަމަޖެހިފައެވެ. އެކަމަކު މުބާރާތަށް އެކުލަވާލި 12 ކުޅުންތެރިންގެ ސްކޮޑުގައި އެ ތިން ކުޅުންތެރިންވެސް ވަނީ ހިމަނާފައެވެ.

އެއާއެކު 15 ކުޅުންތެރިންގެ ސްކޮޑުން ބާކީކުރި ތިން ކުޅުންތެރިންނަކީ ދެ ލިބަރޯއިން ކަމަށްވާ އަޝްފާގު އާދަމް (އައްކަޅޭ) އާއި ޖަވާމް އަލީ އަދި ސެޓަރަކަށް ކުޅޭ އަޙްމަދު ޝިމާއުއެވެ. މި ސްކޮޑު ފައިނަލްކޮށްފައިވަނީ ލަންކާއާ ދެކޮޅަށް މާލޭގައި ދާދި ފަހުން ކުޅުނު އެކުވެރިކަމުގެ ތިން މެޗަށް ބަލައިގެންނެވެ. އެ މެޗުތަކުގައި ސެޓަރަކަށް ކުޅޭ ޝިމާއުއަށް ފުރުސަތު ލިބިފައި ނުވާއިރު، ދެ މެޗެއްގައި ފުރަތަމަ ލިބަރޯގެ ގޮތުގައި އައްކަޅޭ ކުޅުނެވެ. އަދި ޖަވާމުވެސް ވަނީ އެއް މެޗެއްގެ ފަހު ސެޓުގައި ކުޅެފައެވެ.

ކާއްޓޭގެ އިރުޝާދުގެ ދަށުން ސްކޮޑު ފައިނަލް ކުރިއިރު، ސެންޓްރަލް ޒޯން މުބާރާތަށް ދިއުމުގެ ކުރިން ގައުމީ ވޮލީބޯޅަ ޓީމުން މާލޭގައި އިންޑިއާގެ ހައިދަރުއާބާދު ސްޕައިކާސްއާ ދެކޮޅަށް ތިން މެޗެއް ކުޅޭ ގޮތަށް މިހާރު ވަނީ ހަމަޖެހިފައެވެ. ވީއޭއެމުގެ ރައީސް މުޙައްމަދު ރަނޭޝް (ރަނޭ) "ރާއްޖެ.އެމްވީ" އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ވިދާޅުވީ އިންޑިއާގެ ހައިދަރުއާބާދު ސްޕައިކާސްއާ ދެކޮޅަށް މެޗުތައް ކުޅޭނީ 16 ވަނަ ދުވަހުގެރޭ 21:00 ގައި އާއި، 17 އަދި 18 ވަނަ ދުވަހުގެރޭ 20:00 ގައި ކަމަށެވެ.

މި މަހު ބަންގްލަދޭޝްގައި ބާއްވާ މުބާރާތުގައި ގައުމީ ފިރިހެން ވޮލީ ޓީމުގެ އިތުރުން އަންހެން ޓީމުވެސް ވާދަކުރާނެއެވެ. މި ފަހަރުގެ މުބާރާތް ބަންގާޅުގައި ބާއްވާއިރު، ފިރިހެން މުބާރާތުގައި ވާދަކުރާ ގައުމުތަކަކީ ރާއްޖެ އާއި، ނޭޕާލާއި، ސްރީ ލަންކާ އާއި، އުޒްބެކިސްތާން އަދި ބަންގްލަދޭޝެވެ. އަދި އަންހެން މުބާރާތުގައި ރާއްޖެއާއެކު ވާދަކުރާނީ ކިރްގިސްތާނާއި، ނޭޕާލާއި، އުޒްބެކިސްތާން އަދި ބަންގްލަދޭޝެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް

ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް

06 ފެބުރުއަރީ 2017
އެނބޫދޫ ފިނޮޅުކައިރިޔަށް މަސް ހިފަން އެރުނު ތިން މީހުން ނުފެނިގެން ހޯދަނީ!

އެނބޫދޫ ފިނޮޅުކައިރިޔަށް މަސް ހިފަން އެރުނު ތިން މީހުން ނުފެނިގެން ހޯދަނީ!

05 ފެބުރުއަރީ 2017
އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ

އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ

03 ފެބުރުއަރީ 2017
މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް

މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް

30 ޖެނުއަރީ 2017
ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި

ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި

28 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު