Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބްރެންޓްފޯޑާއި ޔުނައިޓެޑުގެ މެޗު ފަސްކުރުން

ކޮވިޑުގެ ހާލަތު ގޯސްވެ ބްރެންޓްފޯޑާއި ޔުނައިޓެޑުގެ މެޗު ފަސްކޮށްފި

14 ޑިސެމްބަރު 2021 | އަންގާރަ 15:12

ޓޮޓެންހަމާއި ބްރައިޓަންގެ މެޗުވެސް ކުރިން ފަސްކުރި

އަތޫފް އާތިފް
އަތޫފް އާތިފް | 14 ޑިސެމްބަރު 2021 | އަންގާރަ 15:12
ޔުނައިޓެޑުން މީގެ ކުރިން ބޭއްވި ފަރިތަކުރުންތަކުގެ ތެރެއިން

ޔުނައިޓެޑުން މީގެ ކުރިން ބޭއްވި ފަރިތަކުރުންތަކުގެ ތެރެއިން

އިނގިރޭސި ޕްރިމިއާ ލީގުގެ ކުލަބުތަކުން ފާއިތުވެދިޔަ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ކޮވިޑް-19 ގެ ގިނަ ކޭސްތަކެއް ފެނިފައިވާއިރު، ލީގުގައި ބްރެންޓްފޯޑާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރަން އޮތް މެޗު ފަސްކޮށްފިއެވެ.

މިދިޔަ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ޕްރިމިއާ ލީގުން 3،805 ޓެސްޓުކޮށްފައިވާއިރު، 42 ޕޮޒިޓިވް ކޭސް ފެނިފައިވެއެވެ. ކޭސްތައް ފެނިފައިވަނީ ބްރައިޓަން، ޓޮޓެންހަމް ހޮޓްސްޕާ، ލެސްޓާ ސިޓީ، ޔުނައިޓެޑް، އެސްޓަން ވިލާ އަދި ނޯވިޗް ސިޓީންނެވެ. އެގޮތުން ޓޮޓެންހަމުގައި މިދިޔަ ހަފުތާގެ ތެރޭގައި ކޮވިޑުގެ ހާލަތު ގޯސްވެ، ޔުއެފާ ކޮންފަރެންސް ލީގުގައި އެ ޓީމުން ރެންއާ ދެކޮޅަށް ކުޅެން އޮތް މެޗާއި، މިދިޔަ އާދިއްތަ ދުވަހު ބްރައިޓަންއާ ދެކޮޅަށް ކުޅެން އޮތް މެޗު ވަނީ ފަސްކޮށްފައެވެ.

އިނގިރޭސިވިލާތުގައި އޮމިކްރޯން ވޭރިއަންޓުގެ ނުރައްކާ ބޮޑުވެފައިވާއިރު, ޕްރިމިއާ ލީގުން ވަނީ ކުލަބުތަކުން އިމަޖެންސީ ފިޔަވަޅު ވަރުގަދަ ކުރުމަށް އަންގާފައެވެ. އެގޮތުން އައު ޕްރޮޓޮކޯލެއް ހަދާފައިވާއިރު، ދެ ޑޯޒު ވެކްސިން ފުރިހަމަކުރި ރޭޓް މަތި ޓީމުތަކަށް މި އުސޫލުތަކުގައި ފަސޭހަތަކެއް އެބަހުއްޓެވެ.

އަންގާރަ ދުވަހުގެރޭ ބްރެންޓްފޯޑާއި ޔުނައިޓެޑް ބައްދަލުކުރަން އޮތް މެޗު ފަސްކުރީ ހޯމަ ދުވަހު ޔުނައިޓެޑުން ޕޮޒިޓިވް ކޭސްތަކެއް ފެނުމާ ގުޅިގެންނެވެ. ރިޕޯޓުތައް ބުނާ ގޮތުން ޔުނައިޓެޑުގެ ބައެއް ކުޅުންތެރިންގެ ފަރާތުން ކޮވިޑުގެ އަލާމަތްތަކެއް ފެނިގެން ހެދި ޕީސީއާރް ޓެސްތައް ވަނީ ޕޮޒިޓިވްވެފައެވެ.

ބްރެންޓްފޯޑްގެ ކޯޗު ތޯމަސް ފްރޭންކް ވަނީ ކޮވިޑާ ހެދި މެޗުތައް ކެންސަލް ކުރަނީ ކޮން އުސޫލަކުންތޯ އެނގިފައި އޮންނަން ޖެހޭ ކަމަށް ބުނެ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އެކަމަކު ޕްރިމިއާ ލީގުން ބުނީ ސިއްހީ ރައްކާތެރިކަން ފުރިހަމައަށް ކަށަވަރުނުވާތީ މެޗު ފަސްކުރަން ނިންމާފައިވާ ކަމަށެވެ.

މީގެ ކުރިން އާސެނަލުގެ ކޯޗު މިކޭލް އާޓެޓާ ވެސް ވަނީ ކޮވިޑުގެ ސަބަބުން މެޗެއް ފަސްކުރަން ޖެހޭނެ ހާލަތު ސާފުކޮށް އެނގެން އޮންނަން ޖެހޭނެ ކަމަށް ބުނެފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

13 ޖެނުއަރީ 2019

ޔުނައިޓެޑުގެ ކޯޗުކަމަށް ސައުތު ގޭޓް ގެންނަނީ

13 ޖެނުއަރީ 2019
ޔުނައިޓެޑުގެ ކޯޗުކަމަށް ސައުތު ގޭޓް ގެންނަނީ
19 ޑިސެމްބަރު 2018

ޔުނައިޓެޑުގެ ކޯޗަކަށް ކުރީގެ ކުޅުންތެރިޔާ ސޮލްޝާ ހަމަޖައްސައިފި

19 ޑިސެމްބަރު 2018
ޔުނައިޓެޑުގެ ކޯޗަކަށް ކުރީގެ ކުޅުންތެރިޔާ ސޮލްޝާ ހަމަޖައްސައިފި
19 ޑިސެމްބަރު 2018

އެފްއޭއެމްގެ ހާލަތު މިދަނީ ވަރަށް ގާތުން ބަލަމުން: އޭއެފްސީ

19 ޑިސެމްބަރު 2018
އެފްއޭއެމްގެ ހާލަތު މިދަނީ ވަރަށް ގާތުން ބަލަމުން: އޭއެފްސީ
18 ޑިސެމްބަރު 2018

ޔުނައިޓެޑުގެ ކޯޗުކަމުން މޮރީނިއޯ ވަކިކޮށްފި

18 ޑިސެމްބަރު 2018
ޔުނައިޓެޑުގެ ކޯޗުކަމުން މޮރީނިއޯ ވަކިކޮށްފި
17 އޮކްޓޯބަރު 2018

މަހެއް ތެރޭގައި މާލީ ހާލަތު ހައްލުކުރެވޭނެ: ނިއުގެ ޗެއާމަން

17 އޮކްޓޯބަރު 2018
މަހެއް ތެރޭގައި މާލީ ހާލަތު ހައްލުކުރެވޭނެ: ނިއުގެ ޗެއާމަން
14 އޮކްޓޯބަރު 2017

ލިވަޕޫލް އާއި ޔުނައިޓެޑުގެ ކުރިމަތިލުން އެއްވަރުވެއްޖެ

14 އޮކްޓޯބަރު 2017
ލިވަޕޫލް އާއި ޔުނައިޓެޑުގެ ކުރިމަތިލުން އެއްވަރުވެއްޖެ
24 ޖުލައި 2017

ޔުނައިޓެޑުގެ ހުށަހެޅުމަކަށް މަޑުކުރަން ނޭމާ ގާތު ރޮނާލްޑޯ އެދިއްޖެ

24 ޖުލައި 2017
ޔުނައިޓެޑުގެ ހުށަހެޅުމަކަށް މަޑުކުރަން ނޭމާ ގާތު ރޮނާލްޑޯ އެދިއްޖެ
18 ޖުލައި 2017

ޔުނައިޓެޑުގެ ހުށަހެޅުމެއް ނުލިބޭ، ރެއާލްގައި މިހުރީ ހިތްހަމަޖެހިގެން: ބޭލް

18 ޖުލައި 2017
ޔުނައިޓެޑުގެ ހުށަހެޅުމެއް ނުލިބޭ، ރެއާލްގައި މިހުރީ ހިތްހަމަޖެހިގެން: ބޭލް
19 މެއި 2017

ޔުނައިޓެޑުގެ އަހަރުގެ އެންމެ މޮޅު ކުޅުންތެރިއަކަށް އެންޑާ ހެރޭރާ

19 މެއި 2017
ޔުނައިޓެޑުގެ އަހަރުގެ އެންމެ މޮޅު ކުޅުންތެރިއަކަށް އެންޑާ ހެރޭރާ
02 މެއި 2017

މިހާރު އޮތް ހާލަތުން އަރައިގަންނަން މާޒިޔާ މެޗު މުހިންމު: މޯހަން ބާގަން

02 މެއި 2017
މިހާރު އޮތް ހާލަތުން އަރައިގަންނަން މާޒިޔާ މެޗު މުހިންމު: މޯހަން ބާގަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް