Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރައްޔިތުންގެ މަޖިލިސް

ފުރަތަމަ ދައުރުގައި އެންމެ 12 ޖަލްސާ، 53 ދުވަހު ޗުއްޓީ

މިއަދަކީ މިހާރު ހިނގަމުންދާ މަޖިލީހަށް 3 އަހަރު ފުރޭ ދުވަސް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 29 މެއި 2017 | ހޯމަ 13:33
މަޖިލީހުގެ މެޖޯރިޓީ އޮންނަ ސަރުކާރު ކޯލިޝަންގެ ބައެއް މެމްބަރުން

މަޖިލީހުގެ މެޖޯރިޓީ އޮންނަ ސަރުކާރު ކޯލިޝަންގެ ބައެއް މެމްބަރުން

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ނިންމާލުމަށްފަހު 53 ދުވަހުގެ ދިގު ޗުއްޓީއަކަށްފަހު، ދެ ވަނަ ދައުރުގެ ޖަލްސާތައް އަންނަ ހޯމަ ދުވަހު ފެށުމަށް ނިންމައިފި އެވެ.

ޖޫން މަހުގެ ފަސް ވަނަ ދުވަހު މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާތައް ފެށުމަށް ނިންމާ މަޖިލީހުގެ މެމްބަރުންނަށް އަންގާފައިވީ ނަމަވެސް ޖަލްސާގެ އެޖެންޑާ އަދި ނުނެރެ އެވެ.

Advertisement - newsAdvertisement

މަޖިލީހުގެ ގަވާއިދުގައި ކަނޑައަޅާފައިވާ ދުވަހަށް ވުރެ ކުރިން، އޭޕްރީލް މަހުގެ މެދުތެރޭގައި މަޖިލިސް ޗުއްޓީއަށް ދިޔައީ، މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅައި މަގާމުން ވަކިކުރުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުން ދަނިކޮށެވެ. މަސީހުގެ މަގާމް ސަލާމަތްކޮށް ދިނީ، އިތުބާރު ނެތްކަމުގެ މައްސަލައިގައި ފުރަތަމަ ނެގި ވޯޓްގައި ވެސް، މަޖިލީހުގެ ގަވާއިދާ ހިލާފަށް ރޯލްކޯލް ވޯޓަށް ގޮސްގެންނެވެ. ދެ ވަނަ ފަހަރަށް ހުށަހެޅި މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ބޭރުކޮށްލީ، މަޖިލީހުގެ ގަވާއިދަށް ބަދަލު ގެނައުމަށް ފަހު އެވެ. އެއަށް ފަހު މިހާރު ވަނީ، އިތުބާރު ނެތްކަމުގެ މައްސަލައެއް ފާސްކުރިޔަސް، ފަހުބަސް ބުނާނީ ސުޕްރީމް ކޯޓުން ކަމަށް އެ ކޯޓުން ނިންމައިފަ އެވެ.

މަސީހުގެ ރިޔާސަތުގެ ދަށުން 18 ވަނަ ރައްޔިތުންގެ ހިނގަމުންދާގޮތާމެދު ހިތްހަމަ ނުޖެހޭކަން ގިނަ މެމްބަރުންތަކެއް ފާހަގަކުރެ އެވެ.

މަޖްލީހުގެ ޖަލްސާތައް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުގެންދާކަން ފާހަގަކުރެވޭއިރު، މިއަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ފަށާފައިވަނީ މިދިއަ ފެބްރުއަރީ މަހުގެ ހަ ވަނަ ދުވަހު އެވެ. ފުރަތަމަ ދައުރު އޭޕްރީލް މަހުގެ ނިޔަލަށް ކުރިއަށް ގެންދަންޖެހޭއިރު، އެންމެފަހުން މަޖިލީހުގެ ޖަލްސާއެއް ބާއްވާފައިވަނީ އޭޕްރީލް 12 ވަނަ ދުވަހު އެވެ. އޭގެ ފަހުން މަޖިލީހުގެ ޖަލްސާއެއް ބާއްވާފައި ނުވާއިރު، ރަސްމީކޮށް މަޖިލީހުގެ ޗުއްޓީ މަހަކީ މެއި މަހެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

31 ޖެނުއަރީ 2017
ވިސާމަށް ހުކުމް ކަނޑައެޅުުން މާޗް 9 ވަނަ ދުވަހު!

ވިސާމަށް ހުކުމް ކަނޑައެޅުުން މާޗް 9 ވަނަ ދުވަހު!

31 ޖެނުއަރީ 2017
އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި

އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި

28 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!

ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!

22 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

19 ޖޫން
"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި
20251 އަހަރު ކުރިން
ދުނިޔެ

"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ
20242 އަހަރު ކުރިން
ރާއްޖެ

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!

ސަޢީދު: އެންމެ ބޭކާރު ވަޒީރު
20188 އަހަރު ކުރިން
ރިޕޯޓު

ސަޢީދު: އެންމެ ބޭކާރު ވަޒީރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު