Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހުސައިން ވަހީދު އަވަހާރަވުން

ހުސައިން ވަހީދަކީ ޑިމޮކްރަސީއަށް ރާއްޖެ އަނބުރާލުމުގައި ބޮޑު ދައުރެއް އަދާކުރެއްވި ބޭފުޅެއް – ނަޝީދު

ހުސައިން ވަހީދަކީ އެމްޑީޕީގެ ވަރުގަދަ ތަނބެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 14 ޑިސެމްބަރު 2021 | އަންގާރަ 08:29
ރައީސް މުހައްމަދު ނަޝީދު (ކ) މެންބަރު ހުސައިން ވަހީދާއެކު (ވ)

ރައީސް މުހައްމަދު ނަޝީދު (ކ) މެންބަރު ހުސައިން ވަހީދާއެކު (ވ)

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސައިން ވަހީދަކީ ރާއްޖެ ޑިމޮކްރަސީއަށް އަނބުރާލުމުގައި ބޮޑު ދައުރެއް އަދާކުރެއްވި އިޚުލާސްތެރި ބޭފުޅެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް, ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އަންގާރަދުވަހު އޭޑީކޭ ހޮސްޕިޓަލުގައި ހުސައިން ވަހީދު އަވަހާރަ ވުމާއި ގުޅިގެން ފޮޓޯއަކާއެކު ކުރެއްވި ޓްވީޓެއްގައެވެ.

ރައީސް ނަޝީދު ވިދާޅުވީ ހުސައިން ވަހީދަކީ ދިވެހިރާއްޖެ ގިނަ ޕާޓީ އެކުލެވޭ ޑިމޮކްރަސީއަށް އަނބުރާލުމުގައި ބޮޑު ދައުރެއް އަދާކުރެއްވި އިޚުލާސްތެރި ބައިވެރިއެއް ކަމަށެވެ. އަދި އެމްޑީޕީގެ ވަރުގަދަ ތަނބެއް ކަމަށެވެ.

މެންބަރު ހުސައިން ވަހީދު ވަނީ ދުބާއީގައި ވެސް ގިނަ ދުވަސްތަކެއް ވަންދެން ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވާފައެވެ. އެއަށްފަހު މާލެ މަޑައިގެންނެވީ މިއަހަރުގެ މާޗް މަހުގެ ތެރޭގައެވެ. އެއަށްފަހުވެސް ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދެވިއެވެ. މާޗް މަހުން ފެށިގެން ހުސައިން ވަހީދު ގެންދެވީ މަޖިލީހުގެ ޖަލްސާތަކަށް ނިކުންނަވަމުންނެވެ.

ހުސައިން ވަހީދަކީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ވަރަށް ގިނަ މުހިންމު މަސައްކަތްތަކެއްގައި އުޅުއްވިބޭފުޅެކެވެ. އެގޮތުން، 19 ވަނަ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާއި، އިމްތިޔާޒާއި ސުލޫކް ކޮމިޓީއާއި، ބަޖެޓު ދިރާސާކުރާ ކޮމިޓީއާއި މާލިއްޔަތު ކޮމިޓީއާއި ލާމަރުކަޒީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީގައި މަސައްކަތް ކުރައްވާފައިވެއެވެ. 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިތުރުން، ޙުސައިން ވަޙީދު ވަނީ 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫދާއިރާގެ މެންބަރުކަން ވެސް ކުރައްވާފައެވެ.

ރައްޔިތުންގެ މަޖިލީހާއި ދައުލަތަށް އިޚުލާސްތެރި ޚިދުމަތްތަކެއް ކޮށްދެއްވި ހުސައިން ވަހީދު އަވަހާރަވުމަކީ ރާއްޖެއަށާއި ރައްޔިތުންގެ މަޖިލީހަށް ލިބުނު ވަރަށް ބޮޑު ނިކަމެތިކަމެއްކަމަށް މަޖިލީހުގެ އިދާރާއިން ބުނެއެވެ. ހުސައިން ވަހީދު އަވަހާރަވުމާ ގުޅިގެން އެމަނިކުފާނުގެ އާއިލާގެ ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދުއާއި މަޖިލީހުގެ ހުރިހާ މެންބަރުންގެ ނަންފުޅުގައި އިޚުލާސްތެރިކަމާއެކު ތަޢުޒިޔާ ދަންނަވާ ކަމަށް ވެސް ބުނެފައިވެއެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު

23 ޖެނުއަރީ 2017
އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
20 ޖެނުއަރީ 2017

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު