Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމިސްކިތުގެ ބިންގާ އެޅުން

ފުވައްމުލަކު ދޫޑިގަން އަވަށުގައި އިމާރާތްކުރާ މިސްކިތުގެ ބިންގާ އަޅައިފި

13 ޑިސެމްބަރު 2021 | ހޯމަ 15:07

މި މިސްކިތަކީ 500 މީހުންގެ ޖާގައިގެ މިސްކިތެއް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 13 ޑިސެމްބަރު 2021 | ހޯމަ 15:07
ނާއިބުރައީސް، މިސްކިތުގެ ބިންގާ އަޅުއްވައިދެއްވަނީ

ނާއިބުރައީސް، މިސްކިތުގެ ބިންގާ އަޅުއްވައިދެއްވަނީ

ފުވައްމުލަކު ދޫޑިގަން އަވަށުގައި އިމާރާތްކުރާ މިސްކިތުގެ އަމަލީ މަސައްކަތް ނާއިބުރައީސް ފައިސަލް ނަސީމް ފައްޓަވައިދެއްވައިފިއެވެ.

ދައުލަތުގެ ބަޖެޓުން 11.9 މިލިއަން ރުފިޔާ ޚަރަދުކޮށްގެން އިމާރާތްކުރާ މި މިސްކިތަކީ 500 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

Advertisement - newsAdvertisement

ފުވައްމުލަކު ދޫޑިގަން އަވަށުގައި އިމާރާތްކުރާ މި މިސްކިތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރ ވިދާޅުވީ، މި މިސްކިތް އިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ ހައިބަތު ފެންނަ ގޮތަކަށް ކަމަށެވެ. މިސްކިތުގެ ބޭރުން ބަލާލުމުން، މިސްކިތުގައި ނަމާދު ކުރެވޭނެ މީހުންގެ ޖާގަ އެނގޭ ގޮތަށް އިމާރާތް ކުރަން ނިންމާފައިވާ މި މިސްކިތް އެހާ ރީތިކޮށް އިމާރާތް ކުރަން ސަރުކާރުން އަމާޒު ހިފާފައިވަނީ، ކީރިތި ރަސޫލާވެސް އެގޮތަށް އަމަލު ކުރައްވާފައިވާތީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިސްކިތްތައް ހަމައެކަނި ބޭރު ފުށުން ޒީނަތްތެރިކުރުމުން ނުފެދޭ ކަމަށާއި، މިސްކިތްތައް އަޅުކަމުން ޒީނަތްތެރިކުރަން ޖެހޭ ކަމަށް އިސްލާމިކް މިނިސްޓަރ ވިދާޅުވިއެވެ. އަޅުކަމުގެ އެކިއެކި ކަންތައްތަކަށް ރަސޫލާ މިސްކިތްތައް ބޭނުންކުރެއްވިކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ، މިސްކިތުގައި ޤުރުއާން ކްލާސް ފެށުމަކީ މިނިސްޓްރީގެ އަމާޒެއް ކަމަށެވެ. ކޮވިޑާ ގުޅިގެން އެކަން ހުއްޓިފައި އޮތް ނަމަވެސް ވަރަށް އަވަހަށް އެ މަސައްކަތް ފައްޓަވާނެ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ ދެ އިމާރާތް ފުވައްމުލަކުގައި އެޅުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށާއި، މިސްކިތުގެ އަމަލީ މަސައްކަތް އަންނަ ހަފުތާގައި ފެށިގެންދާނެ ކަމަށެވެ. ދީނީ ކަންތައްތަކަށް ސަރުކާރުން ދޭ ސަމާލުކަން ދިރިއުޅުމުގެ އަމަލީ މަސައްކަތުން ވެސް ދައްކުވައި ދިނުމަށް މިނިސްޓަރ އެދިވަޑައިގަންނަވަމުން، ދީނަކީ މުޅި ދިރިއުޅުމުގެ ނިޒާމުކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އިސްލާމް ދީނުގައި އަންގަވާފައިވާ ގޮތަށް އެމީހެއްގެ ދިރިއުޅުން ބައްޓަންކުރަން ޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި މިސްކިތް އިމާރާތް ކުރުމުގެ އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީން، އަމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާއެކު ސޮއިކޮށްފައިވަނީ 17 ނޮވެމްބަރު 2021 ގައެވެ. ޒަމާނީ ޑިޒައިނަކަށް އިމާރާތްކުރާ މި މިސްކިތް ނިންމުމަށް ހަމަޖެހިފައިވަނީ އެއްއަހަރު ދުވަހުގެ ތެރޭގައެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

19 އޮކްޓޯބަރު 2017

ފުވައްމުލަކު ގޮނޑުދޮށަށް ލެއްގި ހިލަތައް އަދިވެސް ނަގާ ނުނިމޭ: އީޕީއޭ

19 އޮކްޓޯބަރު 2017
ފުވައްމުލަކު ގޮނޑުދޮށަށް ލެއްގި ހިލަތައް އަދިވެސް ނަގާ ނުނިމޭ: އީޕީއޭ
20 އެޕްރީލު 2017

ގަބުރު ފެނިފައިވާތީ ބިހުރޯޒު މިސްކިތުގެ ގޯތިތެރޭ ނަމާދު ކުރުން މަނާކޮށްފި

20 އެޕްރީލު 2017
ގަބުރު ފެނިފައިވާތީ ބިހުރޯޒު މިސްކިތުގެ ގޯތިތެރޭ ނަމާދު ކުރުން މަނާކޮށްފި
19 އެޕްރީލު 2017

ނާދީ އާއި އޯޑިއޯންގައި އިމާރާތްކުރާ ފްލެޓްތައް އެޅުމުގެ އެގްރީމެންޓާ ހިލާފެއް ނުވަން: ޓާޓާ

19 އެޕްރީލު 2017
ނާދީ އާއި އޯޑިއޯންގައި އިމާރާތްކުރާ ފްލެޓްތައް އެޅުމުގެ އެގްރީމެންޓާ ހިލާފެއް ނުވަން: ޓާޓާ
12 މާރިޗު 2017

ފުވައްމުލަކު ކައިރިން ގެއްލުނު ފަތުރުވެރިޔާ ހޯދަން ހެލިކޮޕްޓަރ ބޭނުން ކުރަން ފަށައިފި

12 މާރިޗު 2017
ފުވައްމުލަކު ކައިރިން ގެއްލުނު ފަތުރުވެރިޔާ ހޯދަން ހެލިކޮޕްޓަރ ބޭނުން ކުރަން ފަށައިފި
06 މާރިޗު 2017

ދޫނިދޫގައި އަލަށް އިމާރާތްކުރާ މިސްކިތުގެ ބިންގާ އަޅައިފި

06 މާރިޗު 2017
ދޫނިދޫގައި އަލަށް އިމާރާތްކުރާ މިސްކިތުގެ ބިންގާ އަޅައިފި
28 ފެބުރުއަރީ 2017

ކިންގް ސަލްމާން މިސްކިތުގެ މަސައްކަތް 24 މިލިއަން ޑޮލަރަށް ތުރުކީގެ ކުންފުންޏަކާ ހަވާލު ކޮށްފި

28 ފެބުރުއަރީ 2017
ކިންގް ސަލްމާން މިސްކިތުގެ މަސައްކަތް 24 މިލިއަން ޑޮލަރަށް  ތުރުކީގެ ކުންފުންޏަކާ ހަވާލު ކޮށްފި
14 ފެބުރުއަރީ 2017

ތެލަސީމިއާ ކުދިން ބޭނުން ކުރާ އަސުންރާ ބޭސް ފުވައްމުލަކުން ހުސްވެފައި، އަންނަ ހަފްތާގައި އެކަން ހައްލުވާނެ: އެސްޓީއޯ

14 ފެބުރުއަރީ 2017
ތެލަސީމިއާ ކުދިން ބޭނުން ކުރާ އަސުންރާ ބޭސް ފުވައްމުލަކުން ހުސްވެފައި، އަންނަ ހަފްތާގައި އެކަން ހައްލުވާނެ: އެސްޓީއޯ
13 ފެބުރުއަރީ 2017

ފުވައްމުލަކު ދަނޑިމަގު ކުޅީގައި އަލިފާން ރޯވެ އަނދަމުން ދަނީ

13 ފެބުރުއަރީ 2017
ފުވައްމުލަކު ދަނޑިމަގު ކުޅީގައި އަލިފާން ރޯވެ އަނދަމުން ދަނީ
11 ފެބުރުއަރީ 2017

ފުވައްމުލަކު ކުޅީގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި

11 ފެބުރުއަރީ 2017
ފުވައްމުލަކު ކުޅީގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި
06 ފެބުރުއަރީ 2017

ސާކް ސަމިޓާ ގުޅިގެން ފުވައްމުލަކުގައި ސެކިއުރިޓީ ބަލަހައްޓަން ބަޔަކާ ހަވާލުކުރުމުގައި ކޮރަޕްޝަނެއްނެތް: އޭސީސީ

06 ފެބުރުއަރީ 2017
ސާކް ސަމިޓާ ގުޅިގެން ފުވައްމުލަކުގައި ސެކިއުރިޓީ ބަލަހައްޓަން ބަޔަކާ ހަވާލުކުރުމުގައި ކޮރަޕްޝަނެއްނެތް: އޭސީސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް