Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބަދަހި ހިރަފުސް ކަޕް

ބަދަހި ހިރަފުސް ކަޕް 2021، ކުޅުދުއްފުށީގައި ފަށައިފި

12 ޑިސެމްބަރު 2021 | އާދީއްތަ 04:26

ހޮނިހިރު ދުވަހު ފެށި މުބާރާތުގައި ޖުމްލަ ހަ ޓީމެއް ވާދަކުރޭ

އުއްމު ކުލްސޫމް އިބްރާހިމް
އުއްމު ކުލްސޫމް އިބްރާހިމް | 12 ޑިސެމްބަރު 2021 | އާދީއްތަ 04:26
ބަދަހި ހިރަފުސް ކަޕް 2021 ގެ މެޗެއްގެ ތެރެއިން

ބަދަހި ހިރަފުސް ކަޕް 2021 ގެ މެޗެއްގެ ތެރެއިން

ކުޅުދުއްފުށީ ހިރަފުސް ޓީމުގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ "ބަދަހި ހިރަފުސް ކަޕް 2021" ފުޓްބޯޅަ މުބާރާތް ހޮނިހިރު ދުވަހު ފަށައިފިއެވެ.

މި މުބާރާތަކީ "ހީވާގި މަސްވެރިންނާއެކު ހިރަފުސް" މި ޝިއާރުގެ ދަށުން ކުރިއަށްގެންދާ މުބާރާތެކެވެ. މި މުބާރާތް ފެށުމަށް މީގެ ކުރިން ހަމަޖެހިފައި އޮތީ ހުކުރު ދުވަހެވެ. އެކަމަކު މޫސުން ތަންނުދިނުމުން މުބާރާތް ފަށާފައިވަނީ ހޮނިހިރު ދުވަހެވެ. މި މުބާރާތުގައި ޖުމްލަ ހަ ޓީމެއް ވާދަކުރެއެވެ. އެއީ ބަރަކޫޑާ، ބްލޫ މާލިންސް، ވައިލެޓް، ރެޑް ސްނެޕާސް، ސްޕީޑީ ޖޫސް އަދި ފެމެލީ ބޭކަރީއެވެ.

މުބާރާތް ހުޅުވި މެޗުގައި ބައްދަލުކޮށްފައިވަނީ ބަރަކޫޑާ އާއި ބްލޫ މާލިންސްއެވެ. މި މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ބަރަކޫޑާއިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބަރަކޫޑާގެ ހުސެއިން މުޙައްމަދު (ޕޮލީ) އެވެ.

މުބާރާތް އިންތިޒާމުކުރާ ހިރަފުސް ޓީމުން ބުނީ މި މުބާރާޓް ބޭއްވުމުގެ މަގުސަދަކީ ޒުވާނުންގެ މެދުގައި އެއްބައިވަންތަކަން އުފެއްދުމާއި، ޒުވާނުން ބައްދަލުވެ، އެއްބަޔަކު އަނެއް ބަޔަކާ އެކުވެރިކަން އާލާކުރުމާއި، ކުޅިވަރުގެ ރޫހާއި އެއްގޮތަށް ފުޓްބޯޅަ ކުރިއަށް ގެންދިއުމާއި ހަވީރު ހިރަފުސް ދަނޑަށް ކުޅެން ދިއުމަށް ކުޅުންތެރިންނަށް ބާރުއެޅުމެވެ.

މީގެ އިތުރުން ހިރަފުސް ދަނޑަށް ކުޅެންދާ ހުރިހާ އެންމެން ތަފާތު ކުރުމެއް ނެތި ފުޓްބޯޅަ މުބާރާތެއްގައި ކުޅުމުގެ ފުރުސަތު ހޯދައިދިނުމުގެ އިތުރުން، ޒުވާން ކުޅުންތެރިން ބޮޑެތި މުބާރާތްތަކުގައި ބައިވެރިވުމަށް ޝައުޤުވެރިކަން އުފެއްދުމަކީވެސް މި މުބާރާތުގެ މަގުސަދެއް ކަމަށް ވަނީ ބުނެފައެވެ.

މި މުބާރާތުގެ މެޗެއް އާދީއްތަ ދުވަހުވެސް ކުޅޭނެއެވެ. އެ މެޗުގައި ބައްދަލުކުރާނީ ސްޕީޑީ ޖޫސް އާއި ފެމެލީ ބޭކަރީއެވެ.

މި އަހަރު ބަދަހި ހިރަފުސް ކަޕް ބާއްވާއިރު، މިދިޔަ އަހަރުވެސް ވަނީ ބަދަހި ހިރަފުސް ކަޕުގެ ނަމުގައި ފުޓްބޯޅަ މުބާރާތެއް ކުރިއަށް ގެންގޮސްފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

ދެވަނަ އެމްބީއޭކަޕް: އެލްޓީ އާއި ސްޓްރިންގާސް އިން ފެށުން ރަނގަޅުކޮށްފި

08 ފެބުރުއަރީ 2017
ދެވަނަ އެމްބީއޭކަޕް: އެލްޓީ އާއި ސްޓްރިންގާސް އިން ފެށުން ރަނގަޅުކޮށްފި
07 ފެބުރުއަރީ 2017

ވެލެންސިއާގެ ޓާގެޓަކީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުން: ފެސްކޯ

07 ފެބުރުއަރީ 2017
ވެލެންސިއާގެ ޓާގެޓަކީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުން: ފެސްކޯ
07 ފެބުރުއަރީ 2017

އޭއެފްސީ ކަޕް: ފަހުވަގުތު ޖެހި ލަނޑުތަކާއެކު ތިމްޕޫ ބަލިކޮށް ވެލެންސިއާ ޕްލޭއޮފަށް

07 ފެބުރުއަރީ 2017
އޭއެފްސީ ކަޕް: ފަހުވަގުތު ޖެހި ލަނޑުތަކާއެކު ތިމްޕޫ ބަލިކޮށް ވެލެންސިއާ ޕްލޭއޮފަށް
06 ފެބުރުއަރީ 2017

އެފްރިކަން ކަޕް އޮފް ނޭޝަންސް ކެމަރޫން އިން ކާމިޔާބުކޮށްފި

06 ފެބުރުއަރީ 2017
އެފްރިކަން ކަޕް އޮފް ނޭޝަންސް ކެމަރޫން އިން ކާމިޔާބުކޮށްފި
03 ފެބުރުއަރީ 2017

ގާނާ ބަލިކޮށް އެފްރިކަން ކަޕްގެ ފައިނަލަށް ކެމަރޫން

03 ފެބުރުއަރީ 2017
ގާނާ ބަލިކޮށް އެފްރިކަން ކަޕްގެ ފައިނަލަށް ކެމަރޫން
31 ޖެނުއަރީ 2017

ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް

31 ޖެނުއަރީ 2017
ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް
18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް