Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުޅުދުއްފުށީ މަގު ހެދުމުގެ ދެވަނަ ފިޔަވަހި

ކުޅުދުއްފުށީ މަގުތަކުގައި ތާރު އެޅުމުގެ ދެވަނަ ފިޔަވަހި ފަށަން ތައްޔާރުވެއްޖެ

11 ޑިސެމްބަރު 2021 | ހޮނިހިރު 11:34

މި މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފައި ވަނީ 100.7 މިލިއަން ރުފިޔާއަށް

އުއްމު ކުލްސޫމް އިބްރާހިމް
އުއްމު ކުލްސޫމް އިބްރާހިމް | 11 ޑިސެމްބަރު 2021 | ހޮނިހިރު 11:34
ކުޅުދުއްފުށި ސިޓީ މަގުހެދުމުގެ މަސައްކަތުގެ ދެވަނަ ފިޔަވަހި ފެށުމަށް ބޭނުންވާ ކާސްޓިންގގެ މަސައްކަތް ފެށުން

ކުޅުދުއްފުށި ސިޓީ މަގުހެދުމުގެ މަސައްކަތުގެ ދެވަނަ ފިޔަވަހި ފެށުމަށް ބޭނުންވާ ކާސްޓިންގގެ މަސައްކަތް ފެށުން

ހދ.ކުޅުދުއްފުށީގެ މަގުތަކުގައި ތާރުއަޅައި ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތުގެ ދަށުން، ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ފެށުމަށް ތައްޔާރުވެއްޖެއެވެ. މި މަސައްކަތް ހަވާލުކޮށްފައި ވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރްޑީސީއާއެވެ.

ކުޅުދުއްފުށީގެ އިތުރު މަގުތަކުގައި ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރްޑީސީއާ ހަވާލުކޮށްފައި ވަނީ މިއަހަރުގެ ފެބްރުއަރީމަހުއެވެ. ނަމަވެސް ކޮވިޑްގެ ހާލަތާ ގުޅިގެން މަސައްކަތް މަޑުޖެހިފައި އޮތުމަށްފަހު، އެ ކުންފުނިން މިހާރު ވަނީ ކުޅުދުއްފުށީގައި މަސައްކަތް ފެށުމަށް ތައްޔާރުވާން ފަށާފައެވެ. އެގޮތުން ކުޅުދުއްފުށީ މަގުތައް ތާރުއަޅައި، ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތް ފެށުމަށްޓަކައި ކާސްޓިންގގެ މަސައްކަތް ހޮނިހިރު ދުވަހު އާރްޑީސީއިން ވަނީ ފަށާފައެވެ.

Advertisement - newsAdvertisement

ދެވަނަ ފިޔަވަހީގެ މަސައްކަތުގައި ހިމެނެނީ އެރަށުގެ އިތުރު 24 މަގެއްގައި ތާރު އަޅައިގެން ތަރައްގީކުރުމެވެ. އެއީ 6 ކިލޯމީޓަރުގެ މަގުގެ ސަރަހައްދެވެ. ތާރުއެޅުމުގެ އިތުރުން މަގުތަކުގައި ފެން ހިންދާ ނިޒާމު ގާއިމުކުރުމާއި، މަގުބައްތި ޖެހުމާއި ސްޕީޑް ބްރޭކަރު ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ. މި މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފައިވަނީ 100.7 މިލިއަން ރުފިޔާއަށް، އެއް އަހަރާއި 7 މަސް ދުވަހުން ނިންމާގޮތަށެވެ. ކުޅުދުއްފުށީ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ކުރިއަށްގެން ދިޔައީ 2016 ވަނަ އަހަރުއެވެ. ފުރަތަމަ ފިޔަވަހީގައި ރަށުގެ 18 މަގެއްގައި ތާރުއަޅާފައިވެއެވެ. ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް މުޅިން ނިމިފައި ވަނީ 2018 ވަނަ އަހަރުއެވެ.

ކުޅުދުއްފުށީގެ މަގުތައް ތަރައްގީކުރުމުގެ ފުރަތަމަ ފިޔަވަހީގައި ތާރު އެޅީ، ރައްޔިތުން އާއްމު ގިނަ ޚިދުމަތްތައް ހޯދުމަށްދާ އެކިއެކި މުއައްސަސާތައް ހުރި މަގުތަކުގައެވެ. އެގޮތުން ހޮސްޕިޓަލާއި ސްކޫލް ހުންނަ މަގުގެ އިތުރުން ބަނދަރު ސަރަހައްދު ހިމެނެއެވެ. ދެވަނަ ފިޔަވަހީގެ މަސައްކަތްތައްވެސް ގުޅިގެން އަންނާނީ މި ސަރަޙައްދުތަކާއެވެ. ހދ. ކުޅުދުއްޓަކީ އެ ސަރަޙައްދުގެ ރީޖަނަލް ހޮސްޕިޓަލް ހުންނަ ރަށަށްވުމާއި، އަދި އިތުރު ގިނަ ޚިދުމަތްތަކެއް ލިބޭ ރަށަކަށްވާތީ ކޮންމެ ދުވަހަކުވެސް ގިނަ ބަޔަކު އަރާ ފައިބާ ރަށެކެވެ.

ފުރަތަމަ ފިޔަވަހީގެ ދަށުން 18 މަގެއްގައި ތާރުއަޅާ ނިމި އެމަގުތައް ބޭނުންކުރަމުން ދިޔަނަމަވެސް، ފެންހިންދާނޭ ރަނގަޅު ނިޒާމެއް ގާއިމުކުރެވިފައި ނެތުމުގެ ސަބަބުން ވާރޭވެހޭ މޫސުމަށް ތާރު އެޅިމަގުތަކުގައި ފެންބޮޑުވެ ރައްޔިތުން ދަތިތަކާއި ކުރިމަތިލާންޖެހެއެވެ. ކުޅުދުއްފުށީ ވެފައި ވަނީ މަގުތައް ހަލާކުވެ، ފެންބޮޑުވުމުގެ މައްސަލަވެސް ބޮޑު ރަށަކަށެވެ. އެހެންކަމުން ފެން ހިންދާ ނިޒާމާއެކު މަގުތައް ހެދުންވެފައި ވަނީ އެރަށަށް މުހިންމު މަސައްކަތަކަށެވެ.

އެންމެ ހިނގާ

1

ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން ބައެއް މެންބަރުންނާ އެކު ރައީސް މުއިއްޒުގެ ބައްދަލުވުންތަކެއް، ސަރުކާރާއެކު ކުރިއަށްދާން ބޭނުންވާނަމަ އެ މަޝްރޫއާ މެދު ދެކޭގޮތް ބަދަލުކުރަން ޖެހޭކަމުގެ އިންޒާރު!

2

ކީވްއަށް ބެލިސްޓިކް މިސައިލްތަކެއް، މޮސްކޯ ވަށައިގެން އެތައް ސަތޭކަ ޑްރޯނެއް އަދި ވޮޝިންގޓަނުގެ ސިއްރު ޑީލްތައް ފަޅާއެރުން!

3

އެންމެ ދުވަހަކުން ހަތް ތެޔޮ ޓޭންކަރަށް ބޮޑެތި ގެއްލުންތަކެއް، އެމެރިކާގެ މަރުކަޒުތަކަށް ވެސް ހަމަލާދޭނެ ކަމުގެ އިންޒާރު!

4

ޕާކިސްތާނާއި ރާއްޖެއާ ދެމެދު ގާއިމުކުރި އެއްބަސްވުންތައް ވަރަށް ގާތުން ބަލައި، އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އަޅާނެކަމަށް އިންޑިއާއިން ބުނެފި

5

އެއް މައްސަލައެއްގައި އަހަރެއް ފަހުން ކުށް ސާބިތުވިއިރު، އެކިއެކި ބަހަނާތަކުގައި ހުކުމްކުރުން ލަސްވަނީ، މިއީތޯ ގާއިމުކުރުމަށް ވައުދުވީ އިންސާފު؟

އިތުރަށް ކިޔާލަން

23 މާރިޗު 2017

ރީޓްވީޓެއް ކޮށްގެން ނާޘިމް ސައްތާރު ފުލުހަށް!

23 މާރިޗު 2017
ރީޓްވީޓެއް ކޮށްގެން ނާޘިމް ސައްތާރު ފުލުހަށް!
20 މާރިޗު 2017

ނޫސްވެރިންނަށް އިންޒާރުދީ ކޯޓުން ނެރުނު ބަޔާނަކީ ޚުދުމުޚުތާރު ސިޔާސީ ބަޔާނެއް: އެމްޑީޕީ

20 މާރިޗު 2017
 ނޫސްވެރިންނަށް އިންޒާރުދީ ކޯޓުން ނެރުނު ބަޔާނަކީ ޚުދުމުޚުތާރު ސިޔާސީ ބަޔާނެއް: އެމްޑީޕީ
08 މާރިޗު 2017

ވިސާމްގެ ދެވަނަ ދައުވާގެ ހުކުމް އިއްވުން މާދަމާ!

08 މާރިޗު 2017
ވިސާމްގެ ދެވަނަ ދައުވާގެ ހުކުމް އިއްވުން މާދަމާ!
05 މާރިޗު 2017

ވިސާމްގެ ދެވަނަ ދައުވާގެ ހުކުމް އިއްވުން ބުރާސްފަތި ދުވަހު!

05 މާރިޗު 2017
ވިސާމްގެ ދެވަނަ ދައުވާގެ ހުކުމް އިއްވުން ބުރާސްފަތި ދުވަހު!
03 މާރިޗު 2017

ކުޅުދުއްފުށީ ހޮސްޕިޓަލުގައި ތެލެސީމިޔާއަށް ޓެސްޓްކޮށްދޭން ފަށައިފި

03 މާރިޗު 2017
ކުޅުދުއްފުށީ ހޮސްޕިޓަލުގައި ތެލެސީމިޔާއަށް ޓެސްޓްކޮށްދޭން ފަށައިފި
20 ފެބުރުއަރީ 2017

ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމަށް ދެވަނަ ފަހަރަށް ހުޅުވާލައިފި

20 ފެބުރުއަރީ 2017
ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމަށް ދެވަނަ ފަހަރަށް ހުޅުވާލައިފި
13 ފެބުރުއަރީ 2017

ފާނަބަސަންދު ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު ދަނީ އިތުރުވަމުން: ކުޅުދުއްފުށީ ހޮސްޕިޓަލް

13 ފެބުރުއަރީ 2017
ފާނަބަސަންދު ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު ދަނީ އިތުރުވަމުން: ކުޅުދުއްފުށީ ހޮސްޕިޓަލް
07 ފެބުރުއަރީ 2017

ރާއްޖެ ހުދުމުހުތާރުކަމުގެ ތެރެއަށް ދިއުން ހުއްޓުވުމަށް އަޒުމު ވަރުގަދަކޮށް، އިތުރަށް މަސައްކަތް ކުރާނަން: ރައީސް ނަޝީދު

07 ފެބުރުއަރީ 2017
ރާއްޖެ ހުދުމުހުތާރުކަމުގެ ތެރެއަށް ދިއުން ހުއްޓުވުމަށް އަޒުމު ވަރުގަދަކޮށް، އިތުރަށް މަސައްކަތް ކުރާނަން: ރައީސް ނަޝީދު
01 ފެބުރުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ދެވަނަ ފަހަރަށް ފަސްކޮށްފި

01 ފެބުރުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ދެވަނަ ފަހަރަށް ފަސްކޮށްފި
30 ޖެނުއަރީ 2017

ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!

30 ޖެނުއަރީ 2017
ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް