Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަސްވެރިންނަށް ހަމަ އަގު ނުލިބުން

ހަމަ އަގު ހޯދޭނީ މަސްވެރިން ބާނާ މަސް ދިވެހި ބްރޭންޑެއްގެ ގޮތުގައި ޕްރޮމޯޓްކޮށްގެން: މިނިސްޓަރ

10 ޑިސެމްބަރު 2021 | ހުކުރު 17:18

ރާއްޖެއަކީ ދުނިޔޭގައި އޮތް އެންމެ މުހިންމު އެންމެ އަގުބޮޑު ބްރޭންޑު

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 10 ޑިސެމްބަރު 2021 | ހުކުރު 17:18
މަސްވެރިންގެ ދުވަހުގެ ޖަލްސާގައި މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ހުސައިން ރަޝީދު ހަސަން

މަސްވެރިންގެ ދުވަހުގެ ޖަލްސާގައި މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ހުސައިން ރަޝީދު ހަސަން

ދިވެހރާއްޖޭގެ މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައިދިނުމަށް މިއަދު ކުރަންޖެހިފައި އޮތް އެންމެ މުހިންމު މަސައްކަތަކީ ދިވެހިން ބާނާ މަސް، ދިވެހި ބްރޭންޑެއްގެ ގޮތުގައި ޕްރޮމޯޓްކުރުން ކަމަށް މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވީ މަސްވެރިންގެ ދުވަހުގެ މުނާސަބުތައި ކ. ގާފަރުގައި ކުރިއަށްގެންދާ ޚާއްސަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. މިނިސްޓަރ ވިދާޅުވީ ރާއްޖެއަކީ ދުނިޔޭގައި އޮތް އެންމެ މުހިންމު އެންމެ އަގުބޮޑު ބްރޭންޑު ކަމަށެވެ. ރާއްޖެ ނުދަންނަ މީހަކު މިހާރު ނޫޅޭ ކަމަށާއި، އެހެންކަމަށްވާއިރު، "މޯލްޑިވްސް ޓޫނާ" އޭ ބުނީމަ ދިވެހި މަހަށް އެދެވެނީ ވަރަށް ބޮޑު ޕްރޮމޯޝަނެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

Advertisement - newsAdvertisement

އެހެންކަމުން މި މަސައްކަތަށް ރައީސުލްޖުމްހުރިއްޔާ މިހާރު ވަނީ ފިޝަރީޒް ޕްރޮމޯޝަން ބޯޑެއް އެކުލަވާލައްވާފައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެ ބޯޑުގެ ފުރަތަމަ ޖަލްސާ ބާއްވާފައިވާކަމަށާއި، މިކަން ކުރިއަށްގެންދާނެ ސްޓްރެޓެޖީތަކެއްވެސް ރާވާފައިވާކަމަށް މިނިސްޓަރ ޑރ. ހުސައިން ވިދާޅުވިއެވެ. މި ސްޓްރެޓެޖީތަކާއެކު ދިވެހި މަސްވެރިން ބާނާ މަސް ޕްރޮމޯޓްކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. މިއީ މަސްވެރިން ބާނާ މަހަށް މަތީ އަގުހޯދޭނެ ގޮތެއް ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން، މިނސްޓަރ. ޑރ. ހުސައިން ވިދާޅުވީ މި ސަރުކާރުން މަސްވެރިކަމުގެ އައު ސިނާއަތެއް ގާއިމްކުރުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. އެއީ ފާނަ އަދި ހުއިފިލަނޑާގެ މެރިކަލްޗަރ މަސައްކަތްތަކެއް ކަމަށެވެ. މި މަސައްކަތް ގާއިމްކުރުމަށް ކުރަންޖެހޭ އިންވެސްޓްމެންޓް މަސައްކަތްތައް މިހާރު ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ކުދި ފާނަ އުފެއްދުމުގެ ގާބިލުކަން ރާއްޖޭގައި މިހާރު އެބަހުރި ކަމަށެވެ.

މިނިސްޓަރ. ޑރ. ހުސައިން ވިދާޅުވީ މަސްވެރިންގެ ދުވަހާ ގުޅިގެން ގާފަރުގައި ކުރިއަށްގެންދިޔަ މަސްވެރިންގެ ފޯރަމްގައި މަސްވެރިންގެ ގިނަ ކަންބޮޑުވުންތަކެއް އަޑުއައްސަވާފައިވާކަމަށެވެ. މަސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އަދި ގޮންޖެހުމަކީވެސް އެމީހުން ބާނާ މަހަށް ހަމަ އަގު ނުލިބުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މަސްވެރިން ބާނާ މަހަށް ހަމައަގު ހޯދައިދިނުމަށް މި ސަރުކާރުން މަަސައްކަތްތަކެއް ކުރަމުންދާކަމަށާއި، އެހެންނަމަވެސް މިއީ ގޮންޖެހުން ބޮޑު މަސައްކަތެއް ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައި ދިނުމުގައި ދިމަވާ އެންމެ ބޮޑު ގޮންޖެހުމަކީ މަސް އެކްސްޕޯޓް ކުރާއިރު، ނަގާ ޓެކްސްއާއި، ސީ ފްރައިޓް އަދި އެއަރ ފްރައިޓްގެ އަގު ބޮޑުވުން ކަމަށެވެ. އެހެންނަމަވެސް މިކަމަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން މި ސަރުކާރުން މަސްވެރިކަމަށް އަޅާ ނުލައޭ ބުނާ މީހުން އެ ބުނަނީ ކުށް ވާހަކައެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން

20 ޖެނުއަރީ 2017
ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން
17 ޖެނުއަރީ 2017

މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި

17 ޖެނުއަރީ 2017
މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
15 ޖެނުއަރީ 2017

ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

15 ޖެނުއަރީ 2017
 ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
11 ޖެނުއަރީ 2017

ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން

11 ޖެނުއަރީ 2017
ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް