Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަސްވެރިންގެ ދުވަސް

ހަމައެކަނި ރޯމަސް އެކްސްޕޯޓް ކުރުމުގެ ވިސްނުން ދޫކޮށްލަން ޖެހޭ ކަމަަށް ރައީސް ވިދާޅުވެއްޖެ

11 ޑިސެމްބަރު 2021 | ހޮނިހިރު 06:28

ފެލިވަރު އެކްސްޕެންޝަން ޕްރޮޖެކްޓްގެ ދަށުން ޕްރޮސެސިން ކެޕޭސިޓީ ދެގުނައަށް އިތުރުކުރެވޭނެ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 11 ޑިސެމްބަރު 2021 | ހޮނިހިރު 06:28
މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ

މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ

މަހުގެ ސިނާއަތް ފުޅާކޮށް، އޭގެ ނަފާ އިތުރުކުރެވޭނީ ހަމައެކަނި ރޯމަސް އެކްސްޕޯޓް ކުރުމުގެ ވިސްނުން ދޫކޮށްލައިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ގާފަރުގައި މަސްވެރިވެރިންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ, ހަމައެކަނި ރޯމަސް އެކްސްޕޯޓް ކުރުމުގެ ބަދަލުގައި ބާނާ މަހަށް އެކުވި އަގެއް ލިއްބައިދެވޭނެ ވެލިއު އެޑެޑް އުފެއްދުންތަކުގެ ގޮތުގައި މަސް އެކްސްޕޯޓް ކުރެވެން ޖެހޭ ކަމަށެވެ. މިކަމަށްޓަކާ ވަކި ޚާއްސަ ކަންތައްތަކެއް ސަރުކާރުން ކުރަައްވާ ކަަމަށާއި, އެގޮތުން ފެލިވަރު އެކްސްޕެންޝަންޕްރޮޖެކްޓްގެ ދަށުން ފެލިވަރުގެ ޕްރޮސެސިން ކެޕޭސިޓީ ދެގުނައަށް އިތުރުކުރެވޭނެ ކަމަށެެވެ. އެއީ މުޅިން އަލަށް ދުވާލަކަށް އިތުރު 100 ޓަނު ޕްރޮސެސްކުރުމުގެ ގާބިލްކަން އެކާރުޚާނާއަށް ލިބިގެން ދިއުން ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ, ފެލިވަރުގައި މިކަމަށް ބޭނުންވާ ބިން އިތުރުކުރުމުގެ މަސައްކަތް މިހާރުދަނީ ހިނގަމުން ކަމަށާއި, އަންނަ އަހަރު ޕްރޮސެސިން ޕްލާންޓްގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށެވެ.

Advertisement - newsAdvertisement

ދިވެހިން ބާނާ މަސް ޕްރޮސެސް ނުކޮށް ރޯމަހުގެ ގޮތުގައި އެކްސްޕޯރޓް ކުރުމަކީ ޒަމާނުއްސުރެ ކަންހިނގާ ގޮތް ކަމަށާއި, ނަތީޖާއަކަށްވީ މިސިނާއަތް ތަރައްގީ ވާންޖެހޭ މިންވަރަށް ތަރައްގީ ނުވުންކަން ރައީސް ފާހަގަކުރެއްވިއެވެ. ނަތީޖާއެއްގެ ގޮތުން މަހުގެ އުފެއްދުންތެރިކަން ގައުމުގެ އެތެރޭގައި ހިފެހެއްޓި ހުއްޓުން އަރާފައި އޮވެ, ދިވެހި މަހުގެ ފައިދާ އެހެން ގައުމުތަކުން ނެގުން ކަމުގައި ރައީސް ވިދާޅުވިއެވެ.

ފެލިވަރު، ކޫއްޑޫ، ކަނޑުއޮތްގިރި، އަދި ތިނަދޫ އާއި މުލަކުގައި، ގާއިމުކުރެވޭ ކޯލްޑް ސްޓޯރޭޖް ބޮޑުކުރުން ކުރިއަށްދާނެ ކަމަށާއި، އެއީ ޖުމުލަ ކެޕޭސިޓީ 9000 ޓަނަށް ވުރެ އިތުރުވެގެންދާނެ މަޝްރޫއއް ކަމަށް ރައީސް ވިދާޅުވިއެވެ. މިމަޝްރޫއުތައް ނިމުމުން މަސްވެރިންގެ އަތުން މަސްގަނެވޭ މިންވަރު ދުވާލެއްގެ މައްޗަށް 61 އިންސައްތަ މިހާރަށްވުރެ އިތުރު ކުރުމުގެ ގާބިލްކަން މިފްކޯ އަށް ލިބިގެންދާނެއެވެ.

ޖަލްސާއަށްފަހު ރައީސް ވަނީ ބައެއް މަސްވެރިންނާ ބައްދަލު ކުރައްވައި، މަސްވެރިކަމުގެ ދާއިރާގައި ހުރި ގޮންޖެހުންތަކާއި، ދާއިރާ އިތުރަށް ކުރިއެރުވިދާނެ ގޮތާއި ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

ނަޖިސް ބޭރުވަނީ ކޮންސްޓްރަކްޝަން މަސައްކަތުގައި ޑީވޯޓަރިން މަސައްކަތް ކުރާތީ، އެމްޑަބްލިއުއެސްސީން ވަނީ އެކަން ހައްލު ކުރުމުގެ މަސައްކަތް ފަށާފަ

15 ފެބުރުއަރީ 2017
ނަޖިސް ބޭރުވަނީ ކޮންސްޓްރަކްޝަން މަސައްކަތުގައި ޑީވޯޓަރިން މަސައްކަތް ކުރާތީ، އެމްޑަބްލިއުއެސްސީން ވަނީ އެކަން ހައްލު ކުރުމުގެ މަސައްކަތް ފަށާފަ
12 ފެބުރުއަރީ 2017

ކަނޑު އުޅަނދުފަހަރު ބަލައިފާސްކުރުމުގެ އޮޕަރޭޝަނެއް ފަށައިފި

12 ފެބުރުއަރީ 2017
ކަނޑު އުޅަނދުފަހަރު ބަލައިފާސްކުރުމުގެ އޮޕަރޭޝަނެއް ފަށައިފި
06 ފެބުރުއަރީ 2017

އިސްލާމީ ފޭރާމެއް އަޅައިގެން ވަޒީފާ އަދާކުރުމުގެ ހައްގެއް ސަރުކާރުން ނުދޭ، ސަލަފުން އެދެނީ އިހުތިޖާޖުކުރަން

06 ފެބުރުއަރީ 2017
އިސްލާމީ ފޭރާމެއް އަޅައިގެން ވަޒީފާ އަދާކުރުމުގެ ހައްގެއް ސަރުކާރުން ނުދޭ، ސަލަފުން އެދެނީ އިހުތިޖާޖުކުރަން
06 ފެބުރުއަރީ 2017

ކުށް ކުރުމުގެ ނިސްބަތް 2014 ވަނަ އަހަރުން ފެށިގެން ވަރަށް ބޮޑުތަން ދަށް ކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ކުށް ކުރުމުގެ ނިސްބަތް 2014 ވަނަ އަހަރުން ފެށިގެން ވަރަށް ބޮޑުތަން ދަށް ކުރެވިއްޖެ: ރައީސް ޔާމީން
21 ޖެނުއަރީ 2017

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
20 ޖެނުއަރީ 2017

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
15 ޖެނުއަރީ 2017

ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

15 ޖެނުއަރީ 2017
 ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ
11 ޖެނުއަރީ 2017

ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން

11 ޖެނުއަރީ 2017
ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް