Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަސްވެރިންގެ ދުވަސް

ރައްޔިތުންގެ ލޯ ލާރިއަކަށްވެސް ޚިޔާނާތްތެރިއެއް ނުވަން، މަހުގެ އަގު އަންނަ އަހަރު މަތިވާނެ - ރައީސް

10 ޑިސެމްބަރު 2021 | ހުކުރު 17:29

މި ސަރުކާރުގެ ސިޔާސަތަކަށްވީ، މަސް ގަތުމަށްފަހު ދޭންޖެހޭ ފައިސާ ދެވޭނެ އިންތިޒާމު ނިޒާމީ ގޮތެއްގައި ހަމަޖެއްސުން

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 10 ޑިސެމްބަރު 2021 | ހުކުރު 17:29
މަސްވެރިންގެ ދުވަހުގެ ޚާއްސަ ޖަލްސާގެ ތެރެއިން

މަސްވެރިންގެ ދުވަހުގެ ޚާއްސަ ޖަލްސާގެ ތެރެއިން

އަންނަ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި، މަހުގެ އަގު މަތިވާން ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

މަސްވެރިންގެ ދުވަހުގެ ޚާއްސަ ޖަލްސާގައި ކ.ގާފަރުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ, ދެން ވާން އޮތް ރަނގަޅަކީ، މަސްވެރިންނަށް ރަނގަޅު އަގެއް ލިއްބައިދިނުކަމަށެވެ. އެކަމަށްޓަކާ އެތައްކަމެއް ސަރުކާރުން ކުރަމުންދާ ކަމަށާއި, އެކަން ޙާޞިލުވާނެ ކަމުގެ އުންމީދު އެބައޮތް ކަމުގައި ރައީސް ވިދާޅުވިއެވެ. މަހުގެ އަގު މަތިވާން ފެށުމާއެކު މަސްވެރިންނާ ސަރުކާރު އެކުގައި ތިބުމަށް ބޭނުންކުރި ބޭހުގެ ފޮނިނަތީޖާ ފުރަތަމަ ފެންނަން ފަށާނީ އެދުވަހުން ކަމުގައި ރައީސް ވިދާޅުވިއެވެ.

Advertisement - newsAdvertisement

މި ސަރުކާރުގެ ސިޔާސަތަކަށްވީ، މަސް ގަތުމަށްފަހު ދޭންޖެހޭ ފައިސާ ދެވޭނެ އިންތިޒާމު ނިޒާމީ ގޮތެއްގައި ހަމަޖެއްސުން ކަމަށާއި, ގިނަވެގެން އެއް ހަފްތާގެ ތެރޭގައި މަސްވެރިންނަށް ފައިސާދީ ޚަލާޞް ކުރުން ކަމުގައެވެ. މަސްވެރިންނަށް ފައިސާ ނުދީ، އެފައިސާ ވެސް ވަކި އެކައުންޓަކަށް ޖަމާކޮށްގެން، އޭގެ މަންފާ ހޯދުމުގެ ސިޔާސަތު މިސަރުކާރުގައި ނުގެންގުޅޭ ކަމުގައި ރައީސް ވިދާޅުވިއެވެ. އޭގެ ނަތީޖާ މިހާރުވެސް ފެންނަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައްޔިތުންގެ ލޯލާރިއަކަށް ވެސް އެމަނިކުފާނު ޚިޔާނާތްތެރިއެއް ނުވާނެ ކަމަށާއި, ވެރިކަމުގެ މަސްއޫލިއްޔަތާ ޒިންމާގެ ބޮޑުކަމާ މަތިވެރިކަން، ދައްޗާ ތުރާލާ އުނދަގުލުގެ ތެރޭގައިވެސް ހަނދާނުން ކެހިގެން ނުދާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ, މަހުގެ އަގު ދިނުމާ އެއްވަރަށް ސަރުކާރުން އިސްކަންދޭ އަނެއް ކަމަކީ އަގަކަށް އަގެއް ދިނުމުގެ ބަދަލުގައި، ބާނާ މަހަށް ރަނގަޅު އަގެއް ހޯދައިދިނުން ކަމަށެެވެ. މަސްވެރިންނަށް އަވަހަށް ފައިސާ ދިނުމުގެ ނިޒާމް ހަމަޖެއްސުމަކީ، ވިޔަކޮށް ހިސާބު އަކުރުން ހޯދަން ޖެހުނު ޙައްލެއްކަމަށާއި, ފުރަތަމަ ޖެހުނީ މިފްކޯ ފެންމަތީގައި އޮންނާނެ ގޮތެއް ހޯއްދަވަން ކަމަށް ވިދާޅުވިއެވެ.

ދުނިޔޭގެ ބާޒާރުގައި ހުންނަ މަހުގެ އަގަށް ބަލައި، މިފްކޯގެ ގެއްލުން ކުޑަކޮށް ދެމެހެއްޓެނިވި ގޮތެއްގައި އެކުންފުނި ހިންގޭނެ މަގެއް ހޯއްދެވުމަށް ކުރެއްވި މަސައްކަތުގެ އެންމެ މުހިންމު ފިޔަވަޅު އަޅައިދިނީ ރާއްޖޭގެ މަސްވެރިންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެއީ މިފްކޯއަށް ގަންނަ މަހުގެ އަގަށް، މިދިޔަ އަހަރު ގެނައި ވަގުތީ ބަދަލުގެ، ބުރަ އުފުއްލަވައިދެއްވީ މަސްވެރިން ކަމަށާއި, ހިތްހަމަ ނުޖެހުމާ، ނުތަނަވަސް ކަމާއެކުވެސް، ކުރުމުއްދަތަކަށް އެހިތި ބޭސް، މަސްވެރިން ބޭނުން ކުރެއްވުމުން ލިބޭ ދެމެހެއްޓެނިވި ޝިފާ މިހާރު ވަނީ އަތްލެވޭހާ ގާތުގައި ކަމަށް ވިދާޅުވިއެވެ.

ގާފަރުގައި ރަސްމީކޮށް މަސްވެރިންގެ ދުވަހުގެ ހަރަކާތްތައް ކުރިއަށްދާއިރު, ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވެސް މަސްވެރިންގެ ދުވަސް އަންނަނީ ފާހަގަކުރަމުންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި

05 ފެބުރުއަރީ 2017
ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި
03 ފެބުރުއަރީ 2017

ރައްޔިތުންގެ ވޯޓަކީ ރައީސް ޔާމީނަށް މުހިންމު އެއްޗެއް ނޫން: ޑރ. ޖަމީލް

03 ފެބުރުއަރީ 2017
ރައްޔިތުންގެ ވޯޓަކީ ރައީސް ޔާމީނަށް މުހިންމު އެއްޗެއް ނޫން: ޑރ. ޖަމީލް
30 ޖެނުއަރީ 2017

ރައްޔިތުންގެ ވޯޓަށް ޚިޔާނާތްވުމުން ފަހުން ކުރާނީ ހިތާމަ:ޑރ ޖަމީލް

30 ޖެނުއަރީ 2017
ރައްޔިތުންގެ ވޯޓަށް ޚިޔާނާތްވުމުން ފަހުން ކުރާނީ ހިތާމަ:ޑރ ޖަމީލް
27 ޖެނުއަރީ 2017

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން
26 ޖެނުއަރީ 2017

ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު

26 ޖެނުއަރީ 2017
ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު
20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް