Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖަލުގެ ހާލަތު

ކުށުގެ ތުހުމަތުގައި ހައްޔަރުކުރާ މީހުންނާއި ހުކުމުގައި ތިބޭ ގައިދީން އެއްތަނެއްގައި ގެންގުޅެނީ ޖާގަ ނެތުމުން - ކަރެކްޝަންސް

10 ޑިސެމްބަރު 2021 | ހުކުރު 05:28

ސީޕީ އަހުމަދު ވިދާޅުވީ، ސިއްޙީ ޚިދުމަތް ދިނުމަށް ޚާއްސަ ކްލިނިކެއް ގާއިމްކުރެވިފައިވާ ކަމަށް

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 10 ޑިސެމްބަރު 2021 | ހުކުރު 05:28
ައަހުމަދު މުހައްމަދު ފުޅު - ކޮމިޝަނަރ އޮފް ޕްރިޒަންސް

ައަހުމަދު މުހައްމަދު ފުޅު - ކޮމިޝަނަރ އޮފް ޕްރިޒަންސް

ކުށުގެ ތުހުމަތުގައި ހައްޔަރުކުރާ މީހުންނާއި ހުކުމުގައި ތިބޭ ގައިދީން އެއްތަނެއްގައި ގެންގުޅެނީ ވަކިން ގެންގުޅޭނެ ޖާގަ ނެތުމުން ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވިދާޅުވެއްޖެއެވެ.

އަދގެ ވާރކިންގ ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަންގެ ހޯދުންތަކުގައި ޖަލުތަކުގެ ހާލަތު ހުރީ ގޯސްކޮށް ކަމަށް ބުނެފައިވާތީ، އެކަމާ ގުޅިގެން ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު ވިދާޅުވީ، ޖަލުގެ ޖާގައިގެ ދަތިކަން އެބައޮތް ކަމަށާއި، އެކަން ހައްލު ކުރުމަށް މިހާރުވެސް މަސައްކަތްތަކެއް ކުރައްވާ ކަމަށެވެ. ކުށުގެ ތުހުމަތުގައި ހައްޔަރުކުރާ މީހުންނާއި ހުކުމުގައި ތިބޭ ގައިދީން ވަކިވަކިން ބެހެއްޓުމަށް ޚާއްސަ ތަންތަން ނެތް ކަމަށާއި، އޭގެ ސަބަބުން ހުރިހާ އެންމެންނަށް އެއް ހަަމައަކުން ކަންކަން ކުރުމަށް ޖެހިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ޖަލުގައި ތިބޭ ގައިންދީންނަށް އަސާސީ ބައެއް ހައްގުތައް ނުލިބޭ ކަމަށް ވާރކިންގ ގްރޫޕުން ފާހަގަކޮށް ބުނެފައިވަނީ، ބޭސް ފަރުވާގެ ޚިދުމަތާއި، އެ މީހުންނަކީ ބަންދެއްގައި ތިބޭ މީހުންކަމުން ބޭނުންވާ ސައިކޯ ސޯޝަލް ސަޕޯޓްވެސް ޖަލުތަކުގައި ލިބެން ނެތް ކަމަށެވެ. ސީޕީ އަހުމަދު ވިދާޅުވީ، ސިއްޙީ ޚިދުމަތް ދިނުމަށް ޚާއްސަ ކްލިނިކެއް ގާއިމްކުރެވި، އެ ކްލިނިކުން ގައިދީންނަށް ބޭސް ފަރުވާގެ ޚިދުމަތްވެސް ދޭން ފަށާފައިވާ ކަމަށެވެ. އަދި އެތަނުން ލިބޭ ޚިދުމަތްތައް އިތުރު ކުރުމަށްވެސް މަސައްކަތްތަކެއް ކުރެވޭ ކަމަށެވެ.

އެ ގޮޅިއެއްގައި ގިނަ އަދަދެއްގެ ގައިދީން ތިބޭ ކަމަށާއި، އެއީ ސިއްޙީ ގޮތުންވެސް ރަނގަޅު ކަމެއް ނޫންކަން ވާރކިންގ ގްރޫޕުން ފާހަގަކޮށްފައިވާއިރު، ސީޕީ ވިދާޅުވީ ޖަލުގެ ޖާގަ އިތުރު ކުރުމަށް މިހާރު ކުރަމުން އަންނަ މަސައްކަތުގެ ދަށުން މަންޑޭލާ ރޫލްސްއަށް ފެތޭ ގޮތަށް ޖަލަށް 50 ޖާގަ އިތުރު ކޮށްފައިވާ ކަމަށެވެ. އެއީ 100 ގައިދީންގެ ޖާގައެވެ.

މަންޑޭލާ ރޫލްސް ބުނާ ގޮތުން އިންސާނީ ކަރާމާތް ހިފެހެއްޓުމާއި، ތަފާތުނުކުރުމާއި، ޖަލުގައި ބަންދުކުރުމުގެ އަސާސް ބިނާވަނީ ހަމައެކަނި މުޖުތަމަޢުއާ އެކަހެރިކުރުމާއި އޭގެ ބޭރުން އެހެން އަނިޔާއެއް ނުލިބުމުގެ މައްޗަށް ކަން ކަށަވަރުކުރުމަށް ބާރު އަޅަން ޖެހެއެވެ. އާންމު ސާފު ތާހިރުކަން ކަށަވަރުކުރުމާއި، ގައިދީއަކު ލަދު ގަންނަންޖެހޭ ފަދަ ހާލަތުތައް ކުރިމަތި ނުކުރުވުމަކީ މަންޑޭލާ ރޫލްސްގެ އަސާސެވެ. ވާރކިންގ ގްރޫޕުންވެސް ވަނީ އެ ގޮތަށް ޖަލުތައް ބައްޓަން ކުރަންޖެހޭ ކަމަށް ބުނެފައެވެ.

ސީޕީ އަހުމަދު ވިދާޅުވީ، މިކަމަކީ ޒަމާނުއްސުރެ އޮންނަ ބޮޑު މައްސަލައަކަށްވާއި، ހައްލު ކުރުމަށް ދުވަސް ނަގާނެ ކަމަށެވެ. އެހެންނަމަވެސް ވާރކިންގ ގްރޫޕްގެ ހުށަހެޅުންތަށް ބަލައިގަނެ ވީހާވެސް އަވަހަކަށް މައްސަލަތައް ހައްލު ކުރުމަށް މަސައްކަތް ކުރައްވާ ކަމަށެވެ.

ވާރކިންގ ގްރޫޕުގެ ތިން މެމްބަރުން ނޮވެމްބަރު މަހުގެ 29ން ޑިސެމްބަރު މަހުގެ 9ވަނަ ދުވަހަށް ރާއްޖޭގެ ސަރުކާރުގެ އެދިވަޑިގަތުމަށް ރާއްޖެ ވަޑައިގެން ކުރި މި ތަހުގީގުގެ ރިޕޯޓު އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގައި އދގެ ހިއުމަން ރައިޓްސް ކައުންސިލަށް ހުށަހަޅާނެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

09 ޖޫން 2017

ތިން މީހުންނާއި އެކު އައްޑޫ ބޭރުން ޑިންގީއެއް ބަންޑުން ޖަހާލާއިފި

09 ޖޫން 2017
ތިން މީހުންނާއި އެކު އައްޑޫ ބޭރުން ޑިންގީއެއް ބަންޑުން ޖަހާލާއިފި
17 މެއި 2017

ވައްކަމުގެ ތުހުމަތުގައި ފުލުހުން ދެ މީހަކު ހޯދަނީ

17 މެއި 2017
ވައްކަމުގެ ތުހުމަތުގައި ފުލުހުން ދެ މީހަކު ހޯދަނީ
27 އެޕްރީލު 2017

ކޯޓުގެ ހުރުމަތް ކަނޑާލި ކަމުގެ ތުހުމަތުގައި އަލީމް 85 ހާސް ރުފިޔާއިން ޖޫރިމަނާކޮށްފި

27 އެޕްރީލު 2017
ކޯޓުގެ ހުރުމަތް ކަނޑާލި ކަމުގެ ތުހުމަތުގައި އަލީމް 85 ހާސް ރުފިޔާއިން ޖޫރިމަނާކޮށްފި
25 އެޕްރީލު 2017

މައްޗަންގޯޅިން ތަންތަން ބަލައިފާސްކުރީ ޤައުމީ ސަލާމަތަށް ނުރައްކާކުރުމުގެ ތުހުމަތުގައި

25 އެޕްރީލު 2017
މައްޗަންގޯޅިން ތަންތަން ބަލައިފާސްކުރީ ޤައުމީ ސަލާމަތަށް ނުރައްކާކުރުމުގެ ތުހުމަތުގައި
11 އެޕްރީލު 2017

ފަނޑިޔާރު ޝުޖާއު އަވަހާރަ ކޮށްލަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކުރި ހަނީފް ވަޒީފާއިން ވަކިކޮށްފި

11 އެޕްރީލު 2017
ފަނޑިޔާރު ޝުޖާއު އަވަހާރަ ކޮށްލަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކުރި ހަނީފް ވަޒީފާއިން ވަކިކޮށްފި
05 އެޕްރީލު 2017

ފަނޑިޔާރު ޝުޖާއުއަށް ބިރުދެއްކި ކަމުގެ ތުހުމަތުގައި ޑެޕިއުޓީ މިނިސްޓަރަކު ހައްޔަރުކޮށްފި

05 އެޕްރީލު 2017
ފަނޑިޔާރު ޝުޖާއުއަށް ބިރުދެއްކި ކަމުގެ ތުހުމަތުގައި ޑެޕިއުޓީ މިނިސްޓަރަކު ހައްޔަރުކޮށްފި
26 މާރިޗު 2017

ޕާސްޕޯޓް ހިފަހައްޓާފައިވާތާ ދެ މަސް، އެކަމަކު ކުށުގެ ރިކޯޑެއް ނެތް:ޝިދާތާ

26 މާރިޗު 2017
ޕާސްޕޯޓް ހިފަހައްޓާފައިވާތާ ދެ މަސް، އެކަމަކު ކުށުގެ ރިކޯޑެއް ނެތް:ޝިދާތާ
15 ފެބުރުއަރީ 2017

އުތުރު ކޮރެއާގެ ލީޑަރުގެ ބޭބޭފުޅު އަވަހާރަކޮށްލިކަމުގެ ތުހުމަތުގައި އަންހެނަކު ހައްޔަރުކޮށްފި

15 ފެބުރުއަރީ 2017
އުތުރު ކޮރެއާގެ ލީޑަރުގެ ބޭބޭފުޅު އަވަހާރަކޮށްލިކަމުގެ ތުހުމަތުގައި އަންހެނަކު ހައްޔަރުކޮށްފި
14 ފެބުރުއަރީ 2017

ޖިންސީ ގޯނާގެ ތުހުމަތުގައި ވަކިކުރި ފަހުމީ އަށް ދޭންޖެހޭ ބަދަލު ކުޑަކޮށްފި

14 ފެބުރުއަރީ 2017
ޖިންސީ ގޯނާގެ ތުހުމަތުގައި ވަކިކުރި ފަހުމީ އަށް ދޭންޖެހޭ ބަދަލު ކުޑަކޮށްފި
08 ފެބުރުއަރީ 2017

ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި

08 ފެބުރުއަރީ 2017
ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް