Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޓޮޓެންހަމުގެ މެޗުތައް ފަސްކުރުން

ކޮވިޑާ ހެދި ޓޮޓެންހަމުގެ ދެ މެޗެއް ފަސްކޮށްފި

ޓޮޓެންހަމުގެ ޕޮޒިޓިވް ކޭސްތަކުގެ އަދަދު ވަނީ 13 އަށް އަރާފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 9 ޑިސެމްބަރު 2021 | ބުރާސްފަތި 20:52
ޓޮޓެންހަމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ

ޓޮޓެންހަމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ

ޓޮޓެންހަމް ހޮޓްސްޕާއަށް ދިމާވެފައިވާ ކޮވިޑް-19 ގެ ހާލަތާ ހެދި އެ ޓީމުން ކުޅެން އޮތް ދެ މެޗެއް ފަސްކޮށްފިއެވެ.

އެ ދެ މެޗަކީ ޔުއެފާ ކޮންފަރެންސް ލީގުގައި ފްރާންސްގެ ރެންއާ ދެކޮޅަށް ކުޅެން އޮތް މެޗާއި އިނގިރޭސި ޕްރމިއާ ލީގުގައި އާދިއްތަ ދުވަހު ބްރައިޓަންއާ ދެކޮޅަށް ކުޅެން އެތް މެޗުތަކެވެ.

ކޮންފަރެންސް ލީގުގައި ރެންއާ ދެކޮޅަށް ކުޅެން އޮތް މެޗުގެ ކުރިން ހެދި ޕީސީއާރް ޓެސްޓުތަކުން އެންމެ ފުރަތަމަ ޓޮޓެންހަމުގެ ހަ ކުޅުންތެރިންނާއި ދެ މުވައްޒަފުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި އޭގެ ފަހުން ހެދި ޓެސްޓުތަކުން ޓޮޓެންހަމުގެ ޕޮޒިޓިވް ކޭސްތަކުގެ އަދަދު ވަނީ 13 އަށް އަރާފައެވެ. އެއީ އެ ޓީމުގެ އަށް ކުޅުންތެރިއަކާއި ފަސް މުވައްޒަފުންނެވެ. އެއާއެކު ބުދަ ދުވަހުގެ ވަގުތެއްގައި ޓޮޓެންހަމުން ވަނީ އެ ޓީމުގެ ޓްރެއިނިން ސެންޓަރު ބަންދުކޮށްފައެވެ.

ޔުއެފާއިން އަމަލުކުރަމުން އަންނަ އުސޫލުގައިވާ ގޮތުން މަދުވެގެން 13 ކުޅުންތެރިން، ގޯލްކީޕަރެއް ހިމެނޭ ގޮތަށް ކޮވިޑަށް ޕޮޒިޓިވްނުވެ ޓީމެއްގައި ފިޓުކޮށް ހުރެފިނަމަ، މެޗު ކުޅެން ޖެހޭނެއެވެ. އަދި ޓީމެއްގައި ކޮވިޑުގެ ކޭސްތަކެއް ދިމާވެ، ކުޅުންތެރިންތަކަކަށް ނުކުޅެވިއްޖެ ހާލަތެއްގައި ޕްރިމިއާ ލީގުންވެސް އަމަލުކުރަމުން އަންނަނީ ޔުއެފާގެ އުސޫލުތަކާ އެއްގޮތަށެވެ.

އެގޮތުން އެންމެ ފުރަތަމަ ރެންއާ ދެކޮޅަށް ކުޅެން އޮތް މެޗު ތާވަލާ އެއްގޮތަށް ކުރިއަށްދާނެ ކަމަށް ޔުއެފާއިން އެންގި ނަމަވެސް، މިހާރު އެ މެޗު ވަނީ ފަސްކޮށްފައެވެ. އަދި އެއާއެކު ޕްރިމިއާ ލީގުގެ ބޯޑުންވެސް ވަނީ ޓޮޓެންހަމާއި ބްރައިޓަންގެ މެޗު މިހާރު ފަސްކޮށްފައެވެ.

މި ދެ މެޗު ފަސްކުރުމާއެކު ޓޮޓެންހަމަށް ދެން ކުޅެން އޮތް މެޗުތަކަކީ އަންނަ ބުރާސްފަތި ދުވަހުގެރޭ ޕްރިމިއާ ލީގުގައި ލެސްޓާ ސިޓީއާ ދެކޮޅަށް ކުޅެން އޮތް މެޗާއި، އޭގެ ދެ ދުވަސް ފަހުން އަމިއްލަ ދަނޑުގައި ލިވަޕޫލާ ބައްދަލުކުރާ މެޗެވެ. އެކަމަކު ޓޮޓެންހަމަށް ދިމާވެފައިވާ ކޮވިޑުގެ ހާލަތު ދިގުލައިގެންދާނަމަ، ކުރިއަށް ހުރި މެޗުތަކުގެ ތެރެއިން ބައެއް މެޗުތައް ފަސްކުރަން ޖެހުމުގެ ބިރު އެބައޮތް ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

އިތުރަށް ކިޔާލަން

09 އެޕްރީލު 2017

ކުރިއަށް މުހިއްމު މެޗެއް އޮއްވާ ނިޒާމްބެއަށް އަނިޔާވެއްޖެ

09 އެޕްރީލު 2017
ކުރިއަށް މުހިއްމު މެޗެއް އޮއްވާ ނިޒާމްބެއަށް އަނިޔާވެއްޖެ
14 މާރިޗު 2017

އެޗް1އެން1 އާ ގުޅިގެން އެފްއޭއެމުން ހިންގާ މުބާރާތްތައް ފަސްކޮށްފި

14 މާރިޗު 2017
އެޗް1އެން1 އާ ގުޅިގެން އެފްއޭއެމުން ހިންގާ މުބާރާތްތައް ފަސްކޮށްފި
13 މާރިޗު 2017

ޔޫވީ ދަނީ މެޗަކަށްފަހު މެޗެއް ރަނގަޅު ކުރަމުން: މުރުތަލާ

13 މާރިޗު 2017
ޔޫވީ ދަނީ މެޗަކަށްފަހު މެޗެއް ރަނގަޅު ކުރަމުން: މުރުތަލާ
10 މާރިޗު 2017

މުހިންމު މެޗެއް މި ގެއްލުނީ، ޕްރެޝަރު އިތުރައް ބޮޑުވެއްޖެ: ސުޒެއިން

10 މާރިޗު 2017
މުހިންމު މެޗެއް މި ގެއްލުނީ، ޕްރެޝަރު އިތުރައް ބޮޑުވެއްޖެ: ސުޒެއިން
07 މާރިޗު 2017

ކޮލިފައި މެޗުގެ ކުރިން ރަހްމަތްތެރިކަމުގެ މެޗެއް ކުޅެވޭތޯ އެބަ މަސައްކަތްކުރަން: އައްޔަ

07 މާރިޗު 2017
 ކޮލިފައި މެޗުގެ ކުރިން ރަހްމަތްތެރިކަމުގެ މެޗެއް ކުޅެވޭތޯ އެބަ މަސައްކަތްކުރަން: އައްޔަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު