Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބުރުނީއަށް ދިމާވެފައިވާ މައްސަލަތައް

ބުރުނީގައި ގެސްޓް ހައުސް ވިޔަފާރި ފެށުމަށް ދިމާވާ ގޮންޖެހުންތައް ރައީސްއާ ހިއްސާކުރައްވައިފި

9 ޑިސެމްބަރު 2021 | ބުރާސްފަތި 13:59

ރަށުގެ ތަރައްގީއާ ގުޅުންހުރި އެކި ކަންކަމާ ބެހޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވި

އަމްނާ އިމާދު
އަމްނާ އިމާދު | 9 ޑިސެމްބަރު 2021 | ބުރާސްފަތި 13:59
ރައީސް އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން

ރައީސް އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން

ތ. ބުރުނީގައި އަންނަ އަހަރު ގެސްޓް ހައުސް ވިޔަފާރި ފެށުމަށް ތައްޔާރުވަމުންދާއިރު، ދިމާވާ ގޮންޖެހުންތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ހިއްސާކުރައްވައިފިއެވެ.

ބުރާސްފަތި ދުވަހުގެ މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ކޮޅުމަޑުލު އަތޮޅު ބުރުނީ ކައުންސިލާ ބައްދަލުކުރައްވައި ވަނީ މަޝްވަރާ ކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި، ކައުންސިލުގެ ފަރާތުން ކައުންސިލުގެ ރައީސް ވަނީ ސަރުކާރުން ރަށުގެ ތަރައްގީއަށް ގިނަ މަޝްރޫއުތަކެއް ހިންގަމުންދާތީ އެކަން ފާހަގަކުރައްވައި އެކަމަށްޓަކައި ރައީސްއަށް ޝުކުރުއަދާކުރައްވާފައެވެ.

Advertisement - newsAdvertisement

މި ބައްދަލުކުރެއްވުމުގައި ކައުންސިލަރުން ވަނީ ރަށުގެ ތަރައްގީއާ ގުޅުންހުރި އެކި ކަންކަމާ ބެހޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި ރައީސްއާއެކު މަޝްވަރާކުރައްވާފައެވެ. އަދި ކައުންސިލުން ވަނީ ރަށުގެ ތަރައްގީއަށް މިވަގުތަށް އެންމެ މުހިންމު ކަންކަމާއި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އެމަނިކުފާނާ ހިއްސާކުރައްވާފައެވެ.

އެގޮތުން، ކައުންސިލުން ވަނީ ކުރިއަށް އޮތް އަހަރު ބަނދަރުގެ މަސައްކަތް ކުރިއަށްގެންދާއިރު އެ މަޝްރޫއުގެ ތެރެއިން، ރަށަށް ރާގޮނޑި އައިނު ވަންނަ ސަރަހައްދު ތަރައްގީކުރުމަށް ބޭނުންވާކަމުގައި ފާހަގަކުރައްވާފައެވެ. އަދި އެބޭފުޅުން ވަނީ 2022 ވަނަ އަހަރު ފެށިގެންދާއިރު ރަށުގައި ގެސްޓް ހައުސްގެ ވިޔަފާރި ފެށުމަށް ހަމަޖެހިފައިވާތީ އެކަމަށް ވާންޖެހޭ ތައްޔާރީތައް ވުމުގައި ކުރިމަތިވާ ގޮންޖެހުންތައް ފާހަގަކުރައްވާފައެވެ. ހަމަ އެއާއެކު ރަށުގެ ސްކޫލަށް ކުރިމަތިވާ ދަތިތަކާއި، ކައުންސިލް އިމާރާތަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމާއި، ރަށުގެ ސިއްހީ މަރުކަޒަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަން ކައުންސިލުން ފާހަގަކުރެއްވެވިއެވެ. މީގެ އިތުރުން، ކުޑަކުދިންގެ ޕާކެއް ހެދުމަށް ބޭނުންވާކަމަށާއި، ރަށާ ކައިރީގައި ރިސޯޓެއް ތަރައްގީކުރުމަށް ބޭނުންވާކަމުގައިވެސް އެބޭފުޅުން ފާހަގަކުރެއްވެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ. އަދި ކައުންސިލަރުން ކަންބޮޑުވުން ފާޅުކުރެއްވި ކަންކަމުގައި ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުގެ ތެރެއިން ހައްލު ހޯދައިދެވެންހުރި ކަންކަމުގައި ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު ވެސް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

އިތުރަށް ކިޔާލަން

27 މެއި 2017

ރަމަޟާން މަހާ ގުޅިގެން އުފެދޭ ކުނި އުކާލުމަކީ ވިޔަފާރިއަކަށް ހަދައިގެން ނުވާނެ: ޝަމާއު

27 މެއި 2017
ރަމަޟާން މަހާ ގުޅިގެން އުފެދޭ ކުނި އުކާލުމަކީ ވިޔަފާރިއަކަށް ހަދައިގެން ނުވާނެ: ޝަމާއު
18 މެއި 2017

ރަމަޟާން މަހުގައި ވިޔަފާރިކުރެވޭނެ ވަގުތުތައް އިކޮނޮމިކް މިނިސްޓްރީ ކަނޑައަޅައިފި

18 މެއި 2017
ރަމަޟާން މަހުގައި ވިޔަފާރިކުރެވޭނެ ވަގުތުތައް އިކޮނޮމިކް މިނިސްޓްރީ ކަނޑައަޅައިފި
24 އެޕްރީލު 2017

މއ. ކިނާރާ ހައުސް ބަލާ ފާސްކުރަނީ ޚާއްސަ އޮޕަރޭޝަންއެއްގެ ދަށުން: ފުލުހުން

24 އެޕްރީލު 2017
މއ. ކިނާރާ ހައުސް ބަލާ ފާސްކުރަނީ ޚާއްސަ އޮޕަރޭޝަންއެއްގެ ދަށުން: ފުލުހުން
22 މާރިޗު 2017

ވިޔަފާރިވެރިންނަށް ފިއްތުމާއި ނުފޫޒް ފޯރުވުން ނިމުމަކަށް އަންނަން ބާކީ އޮތީ ފަސް ދުވަސް: ފާރިސް

22 މާރިޗު 2017
ވިޔަފާރިވެރިންނަށް ފިއްތުމާއި ނުފޫޒް ފޯރުވުން ނިމުމަކަށް އަންނަން ބާކީ އޮތީ ފަސް ދުވަސް: ފާރިސް
21 މާރިޗު 2017

ގާސިމްގެ ވިޔަފާރިއާއި މުދަލަށް އަރައިގަންނަނީ ސިޔާސީ މަގްޞަދެއްގައި: ރައީސް ނަޝީދު

21 މާރިޗު 2017
ގާސިމްގެ ވިޔަފާރިއާއި މުދަލަށް އަރައިގަންނަނީ ސިޔާސީ މަގްޞަދެއްގައި: ރައީސް ނަޝީދު
21 މާރިޗު 2017

ސިޔާސީ މަގުސަދު ހާސިލް ކުރުމަށް ވިޔަފާރިތަކަށް ދުއްތުރާ ނުކުރުމަށް އެމްޑީޕީން ގޮވާލައިފި

21 މާރިޗު 2017
ސިޔާސީ މަގުސަދު ހާސިލް ކުރުމަށް ވިޔަފާރިތަކަށް ދުއްތުރާ ނުކުރުމަށް އެމްޑީޕީން ގޮވާލައިފި
11 މާރިޗު 2017

ފަލަސްތީނުގެ ރައީސް ވައިޓް ހައުސްއަށް ވަޑައިގަތުމަށް ޓްރަމްޕް ދައުވަތު ދެއްވައިފި

11 މާރިޗު 2017
ފަލަސްތީނުގެ ރައީސް ވައިޓް ހައުސްއަށް ވަޑައިގަތުމަށް ޓްރަމްޕް ދައުވަތު ދެއްވައިފި
07 ފެބުރުއަރީ 2017

ވިޔަފާރިކުރުމަށް އެންމެ ފަސޭހަ 50 ގައުމުގެ ލިސްޓުގައި ރާއްޖެ ހިމެނުމުގެ މަސައްކަތް ކުރަނީ

07 ފެބުރުއަރީ 2017
ވިޔަފާރިކުރުމަށް އެންމެ ފަސޭހަ 50 ގައުމުގެ ލިސްޓުގައި ރާއްޖެ ހިމެނުމުގެ މަސައްކަތް ކުރަނީ
25 ޖެނުއަރީ 2017

ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ

25 ޖެނުއަރީ 2017
ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ
17 ޖެނުއަރީ 2017

މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި

17 ޖެނުއަރީ 2017
މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް