Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

މުއިއްޒުމެންގެ އަމާޒަކީ ގައުމު އިނދަޖައްސައިލުމެވެ.

9 ޑިސެމްބަރު 2021 | ބުރާސްފަތި 11:52

އެޗްޑީސީން ހުރިހާ ލޯނެއް ނަގާފައިވަނީ ހުޅުމާލޭގެ ބިމުގެ މިލްކުވެރިކަން ދައްކައިގެން

| 9 ޑިސެމްބަރު 2021 | ބުރާސްފަތި 11:52
ހުޅުމާލެ ތަރައްގީ ކުރާ ގޮތުގެ މޮޑެލްއެއް

ހުޅުމާލެ ތަރައްގީ ކުރާ ގޮތުގެ މޮޑެލްއެއް

ހުޅުމާލޭގެ އެއްވަނަ ފިޔަވައްސާއި ދެވަނަ ފިޔަވަހި ވެސް ހިމެނޭ ގޮތުން އެ ރަށުގެ ބިންތައް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް ރަަޖިސްޓްރީކޮށްދީފައި އޮތް އޮތުން ބާތިލް ކުރުމަށް މާލޭގެ މޭޔަރު ޑރ މުހައްމަދު މުއިއްޒުގެ ރިޔާސަތުގެ ދަށުން މާލޭ ސިޓީ ކައުންސިލުން މިހަފުތާގައި ނިންމި ނިންމުމަކީ އިގްތިސާދީ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި އަޅައި ވިހެލި ވަރަށް ވަރުގަދަ ތަފާއްޔެކެވެ. މިހާތަނަށް ސަރުކާރުގެ މޫނުމަތީގައި ޖެހި އެންމެ ބާރު އެންމެ ވަރުގަދަ އެންމެ ވޭންދެނިވި އެތިފަހަރެވެ. މި އެތިފަހަރުގެ އަސަރު ސަރުކާރަށާއި މުޅި ރާއްޖެއަށް ވަރަށް ބޮޑަށް ކުރުން އެކަށީގެންވެއެވެ. މިކަމަކީ ވެމްކޯގެ އޮފީސް ކުރިމައްޗަށް ސިޓީ ކައުންސިލުން ކުނި އެޅުމާއި އެމްޕީއެލް އަތުން މާލޭގެ ޓީޖެޓީ އަތުލާން އުޅުނު އުޅުމާ ވަރަށް ތަފާތު ކަމެކެވެ. އެ ހުރިހާ ކަމަކަށްވުރެވެސް ޑރ މުއިއްޒުގެ ހުޅުމާލޭ ކުޅިވަރުގެ ނުރައްކާތެރިކަން ސަރުކާރަށާއި ގައުމަށް ބޮޑެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ނުވަތަ ކުރުކޮށް ކިޔާ ނަމުންނަމަ އެޗްޑީސީއަކީ އެތެރެއާއި ބޭރުގެ ބޭންކުތަކުންނާއި ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ބޮޑެތި ބޮޑެތި ލޯނު ނަގައިގެން ހުޅުމާލެ ތަރައްގީ ކުރަމުންދާ ކުންފުންޏެވެ. އެޗްޑީސީގެ ނަމުގައި ހުރި ލޯނުތަކުގެ ބުރަދަން ބިލިޔަން ޑޮލަރަށް އަރައެވެ. ނުވަތަ އެއަށްވުރެވެސް މައްޗެވެ. މީގެ ތެރެއިން އެންމެ ބޮޑެތި އަދަދުތަކުން ނަގާފައިވަނީ ބޭރުގެ މުއައްސަސާތަކުންނެވެ. މި ލޯނުތަކުގެ ޝަރުތުތަކާއި އެޗްޑީސީން ޒިންމާވާ ކަންކަމާއި މިހެންގޮސް ހަމަ ކޮންމެ ކަމެއް ގުޅިފައި އޮތީ ހުޅުމާލެއާއެވެ. ހުޅުމާލޭގެ ބިމުގެ މައްޗަށް އޮތް އެޗްޑީސީގެ މިލްކުވެރިކަމާއެވެ. މިއަށް ގެނެވޭ ހަމަ ކުޑަކުޑަ ގާނޫނީ ބަދަލަކުން އެޗްޑީސީގެ މުޅި އޮނިގަނޑު ފުނޑުފުނޑުވެގެން ބިމާ ހަމަވެދާނެއެވެ. ލޯނުތައް ޑިފޯލްޓް ވެދާނެއެވެ. އެހާލަތުގައި ހުރިހާ ގެއްލުމަކާއި ދެރައެއް ކުރިމަތިވާން އޮތީ ދިވެހި ގައުމަށެވެ. ދިވެހި ރައްޔިތުންނަށެވެ. ދަރަނި ބޮލުގައި އަޅައިގެން ދެން ކުރިމަތިލާންޖެހޭ ނުރައްކާތައް އޮތީ ދައުލަތުގެ ޒިންމާއެއްގެ ގޮތުގައެވެ.

އެންމެ ބޮޑު ބިރަކީ މެޓީރިއަލް އެޑްވާރސް ޗޭންޖް ނުވަތަ މެކެވެ. މިއީ ލޯނެއް ޑިފޯލްޓް ވެއްޖެނަމަ ލޯނު ނެގި ފަރާތުގެ ވިޔަފާރިއާއި މުދަލާއި ދެންވެސް ހުރިއްޔާ ހުރި އެއްޗެއް ލޯނު ދޫކުރި ފަރާތުން ބޭނުންވާ ގޮތަކަށް ބޭނުންވާ ބީދަޔަކުން މިލްކުވެރިކަން ނެގުމަށް ކިޔައި އުޅޭ ނަމެކެވެ. ދާދި އިހަކަށް ދުވަހު ޔޫގެންޑާގެ އެންޓާބޭ އެއަރޕޯޓާއި އެ ތަނުގެ އޮޕަރޭޝަން ޗައިނާއިން ނެގި ކަމަށް ބުނެވޭ ބުނުންވެސް އައީ މިދެންނެވި ގޮތް މެދުވެރިވެގެންނެވެ. މިގޮތް މެދުވެރިވިޔަ ނުދިނުމަށްޓަކައި ހުޅުމާލޭގެ ބިމުގެ މިލްކުވެރިކަން އަބަދުވެސް، ކޮންމެ އިރަކުވެސް، ކޮންމެ ހާލަތެއްގައި ވެސް އެޗްޑީސީއަށް އޮތުން މަޖުބޫރުވެއެެވެ. އެ މިލްކުވެރިކަން ނެތް ހާލަތެއް ގާނޫނީގޮތުން ވިޔަސް އަދި އެނޫން ގޮތަކުން ވިޔަސް އަތުވެއްޖެނަމަ ދިވެހި ގައުމުގެ އިސްތިގުލާލަށް ބުރޫއެރުމުގެ ފުރުސަތު އެބައޮތެވެ. ހުޅުމާލޭގެ ބިމުގެ ރަޖިސްޓްރީ އާއި ޑރ މުއިއްޒު ކުޅެގަތީ މިކަން ނޭނގިގެނެއް ނޫނެވެ. މިކަމުން ނުކުންނާނެ ނަތީޖާ މޭރުން ނުވެގެނެއްވެސް ނޫނެވެ. އެކަން އެނގި ހުރެގެންނެވެ.

ހުޅުމާލޭގެ ބިމުގެ މިލްކުވެރިކަން އޮތީ އެޗްޑީސީއަށް ނޫންކަމަށް ކަނޑައެޅޭ ހިސާބުން ލޯނުގެ ކަންކަން އެހެން ގޮތަކަށް ފުރޮޅިގެން ދާނެއެވެ. ލޯނުތައް ޑިފޯލްޓްވީ ކަމަށް ނިންމައިފާނެއެވެ. ކްރެޑިޓް ލައިންތައް ސަސްޕެންޑް ވެދާނެއެވެ. އެޗްޑީސީއާ ދެކޮޅަށް ބައިނަލްއަގުވާމީ ކޯޓުތަކުގައި ދައުވާ ކުރެވިދާނެއެވެ. މަކަރާއި އޮޅުވާލުމެއްގެ ތެރެއިން ލޯނުނެގީ ކަމަށް ތުހުމަތުކޮށް ސަރިޔަތް ފެށިދާނެއެވެ. އެހިސާބުން އެޗްޑީސީގެ އާމްދަނީގެ ވަސީލަތްތައް ހުއްޓި މުޅި ކުންފުނި ބަނގަރޫޓު ވެދާނެއެވެ. އިތުރު ލޯނަކަށް އެދެން ބޭނުން ކުރެވޭނެ ހައިސިއްޔަތެއް، އިތުބާރެއް، ގަދަރެއް ނެތިގެން ހިނގައިދާނެއެވެ. އައު މަޝްރޫއެއް ހިންގުމުގެ ކެރި ކުޅަދާނަކަން ހުރިހައި ގޮތަކުންވެސް އެޗްޑީސީގެ މުށުތެރެއިން ބީވެގެން ހިނގައިދާނެއެވެ. މިކަން ވެގެންދާނީ މީގެކުރިން މިގައުމު ތަޖުރިބާކޮށްފައިވާ އެއަރ މޯލްޑިވްސް ބަނގަރޫޓުވުމުގެ ހާދިސާޔަށް ނިސްބަތްކުރާއިރު އެތައް ގުނައެއް ބޮޑު އަދި ވޭންދެނިވި ކަމަކަށެވެ.

އެޗްޑީސީއަކީ ސައްތައިން ސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ. އެޗްޑީސީގެ ހުރިހާވެސް އެއްޗަކީ ހުޅުމާލޭގެ ބިމާއި އެބިމުގެ މިލްކުވެރިކަމެވެ. ދުނިޔޭގެ މާލީ އިދާރާތަކަށް ދައްކަން އެޗްޑީސީއަށް ލިބިފައިވާ އެސެޓަކީ ހުޅުމާލޭގެ މިލްކުވެރިކަމެވެ. އެ ހައިސިއްޔަތަށް ލޮޅުމެއް އަރައިފިނަމަ އެޗްޑީސީއަށް ކޮޅަކަށް ނުހުރެވޭނެއެވެ. އެއަރ މޯލްޑިވްސްގެ ކަންތައްގަނޑު 90 ގެ އަހަރުތަކުގައި ދިޔަ މަގުން އެޗްޑީސީގެ ކަންތައް ހިނގައްޖެނަމަ މި އަނދަވަޅުން ފަސޭހައެއްކޮށް ދިވެހިރާއްޖެއަކަށް ނޭރޭނެއެވެ. އަރާން ލިބޭ ފުރުސަތުވެސް ފުޅަލެއް ނުވާނެއެވެ. އެއަރ މޯލްޑިވްސް ބަނގަރޫޓުވުމުގެ ހާދިސާއަކީ މިކަން މިގޮތަށް ހިނގައްޖެނަމަ ހުވަނދަކަށްވެސް ނުވާވަރުގެ ކުޑަ ހާދިސާއަކަށްވާނެއެވެ. މިކަން ވާނީ އެންމެހައި ދިވެހީންގެ ކަރަށް ފިތައިލުމަކަށެވެ. ދެރައީ ސިޔާސީގޮތުން ގޮތް ދެއްކުމާއި ވަގުތީ މަންފާއެއްގެ އެދުމުގައި އެންމެހައި ދިވެހީންގެ ކަރަށް ފައިން އަރަންވެސް ބައެއް މީހުން ފޫގަޅައިގެން ތިބޭ ކަމެވެ. އެކަމަށް ތައްޔާރަށް ތިބުމެވެ.

މިކަމުގެ ނުރައްކާ މިހެން އޮތުމާއެކު ކޯޓުތައް މެދުވެރިކޮށް މިކަން ވީހާވެސް އަވަހަށް ހައްލު ކުރުމަކީ އެޗްޑީސީއަށް ލާޒިމު ކަމެކެވެ. ދިވެހި ސަރުކާރަށް ވެސް ލާޒިމު ކަމެކެވެ. ދިވެހި ދައުލަތުގެ މަސްލަހަތު މިކަމުގައި އޮތްގޮތުންނެވެ. ޑރ މުއިއްޒުމެންގެ ނިންމުން އައިތާ އެއްދުވަސްފަހުން އެޗްޑީސީން ވަނީ މި މައްސަލަ ކޯޓަށް ހުށައަޅައިފައެވެ. އެހެންވީމާ މިހާރު ބޯޅަ އޮތީ އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ ތެރޭގައެވެ. ވީހާވެސް އަވަހަށް ގޮތެއް ނިންމާނެ ކަމަށް އުއްމީދު ކުރެވެއެވެ. ލާމަރުކަޒީ ގާނޫނު ބަޔާން ކުރާ ގޮތުން ހުޅުމާލޭގެ މިލްކުވެރިކަން އޮތީ އެޗްޑީސީއަށްކަން ވަރަށް ސާފެވެ. ގާނޫނުގައި ކަޅާއި ހުދުން ލިޔެފައިވަނީ ކޮން ވާހަކައެއްކަން އެންމެންނަށް ވެސް އެނގެއެވެ. އެހެންނަމަވެސް ފަހު ބަސް ބުނާނީ ކޯޓުންނެވެ. އެބަސް ބުނުމާ ހަމައަށް ގައުމު އޮންނަން ޖެހޭނީ ނޭވާ ހިފަހައްޓާލައިގެންނެވެ. ޑރ މުއިއްޒުމެން ބޭނުންވާ ގޮތަށް ކަންކަން ގެންދެވެންޏާ ދިވެހީންނަށް ނޭވާލިޔަކަވެސް ނުދޭނެއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

02 އޮކްޓޯބަރު 2017

ކޮންފަދަ ނަސީބެއްތޯއެ މީ ޔާމީން މިގައުމުގަ ލެއްވުމީ...

02 އޮކްޓޯބަރު 2017
ކޮންފަދަ ނަސީބެއްތޯއެ މީ ޔާމީން މިގައުމުގަ ލެއްވުމީ...
22 ސެޕްޓެމްބަރު 2017

ރޮހިންޖާ މުސްލިމުންގެ ހައްގުގައި އިސްލާމީ ގައުމުތައް ނުތެދުވެ މިތިބީ ކީއްވެ؟

22 ސެޕްޓެމްބަރު 2017
ރޮހިންޖާ މުސްލިމުންގެ ހައްގުގައި އިސްލާމީ ގައުމުތައް ނުތެދުވެ މިތިބީ ކީއްވެ؟
07 ސެޕްޓެމްބަރު 2017

ރޮހިންޖާ ދަރިކޮޅުގެ ކިތައް މީހުން ގައުމު ދޫކޮށްފި؟އެމީހުން ދިޔައީ ކޮންތާކަށް؟

07 ސެޕްޓެމްބަރު 2017
ރޮހިންޖާ ދަރިކޮޅުގެ ކިތައް މީހުން ގައުމު ދޫކޮށްފި؟އެމީހުން ދިޔައީ ކޮންތާކަށް؟
21 އޯގަސްޓު 2017

މުޅި ގައުމު ސުޕްރީމް ކޯޓްގެ ހުކުމްގެ އިންތިޒާރުގައި!

21 އޯގަސްޓު 2017
މުޅި ގައުމު ސުޕްރީމް ކޯޓްގެ ހުކުމްގެ އިންތިޒާރުގައި!
29 ޖުލައި 2017

މުޅި ގައުމުގައި އޮތީ ފުލުހުންގެ ވާޖިބު އެކަނިތޯއެވެ.!

29 ޖުލައި 2017
މުޅި ގައުމުގައި އޮތީ ފުލުހުންގެ ވާޖިބު އެކަނިތޯއެވެ.!
09 ޖުލައި 2017

މަޖިލިސް ބަދަލުވުމަކުން ގައުމު އިސްލާހެއް ނުވޭ!

09 ޖުލައި 2017
މަޖިލިސް ބަދަލުވުމަކުން ގައުމު އިސްލާހެއް ނުވޭ!
27 ޖޫން 2017

މިއީ ދުނިޔޭގައި އެންމެ ގިނަ ޕީއެޗްޑީ ހޯލްޑަރުން ތިބި ގައުމުތައް!

27 ޖޫން 2017
މިއީ ދުނިޔޭގައި އެންމެ ގިނަ ޕީއެޗްޑީ ހޯލްޑަރުން ތިބި ގައުމުތައް!
17 ޖޫން 2017

ކުޑަކުދިންގެ ހައްގުތައް ހާސިލް ކުރުމުގައި ތަރައްގީވެފައިވާ ގައުމުތަކުގެ ހާލަތު!

17 ޖޫން 2017
ކުޑަކުދިންގެ ހައްގުތައް ހާސިލް ކުރުމުގައި ތަރައްގީވެފައިވާ ގައުމުތަކުގެ ހާލަތު!
26 މެއި 2017

ދުނިޔޭގެ ގައުމުތަކުގެ ރޯދަ ވަގުތު!

26 މެއި 2017
ދުނިޔޭގެ ގައުމުތަކުގެ ރޯދަ ވަގުތު!
01 މާރިޗު 2017

އަސްކަރީ ބަޖެޓް އެންމެ ބޮޑެތި ގައުމުތައް

01 މާރިޗު 2017
އަސްކަރީ ބަޖެޓް އެންމެ ބޮޑެތި ގައުމުތައް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް