Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެޗްޑީސީގެ ދަށުން ހުޅުމާލެ ވަކިކުރުން

އެޗްޑީސީއާއެކު ހަދާފައިވާ ހުޅުމާލެ ބިމުގެ ރެޖިސްޓްރީ ބާތިލްކުރި މައްސަލަ ކޯޓަށް ހުށަހަޅައިފި

ސިވިލް ކޯޓަށް 2 މައްސަލައެއް ހުށަހެޅުމަށް އެޗްޑީސީން ނިންމާފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 9 ޑިސެމްބަރު 2021 | ބުރާސްފަތި 07:37
ޖަސްޓިސް ބިލްޑިންގ

ޖަސްޓިސް ބިލްޑިންގ

މާލެ ސިޓީ ކައުންސިލުން އެޗްޑީސީއަށް ހުޅުމާލޭ ފޭސް 1 އަދި ފޭސް 2 ހިމެނޭ ގޮތަށް ހަދައިފައިވާ ބިމުގެ ރެޖިސްޓްރީ ބާތިލްކުރި މައްސަލަ އެޗްޑީސީން ސިވިލް ކޯޓަށް ހުށަހަޅައިފިއެވެ.

ހައުސިިންގ ޑިވަލަޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަހުމަދު ވިދާޅުވީ ސިޓީ ކައުންސިލްގެ ނިންމުމާއި ގުޅިގެން އެ ކުންފުނިން ސިވިލް ކޯޓަށް މައްސަލަ ވައްދާފައިވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު ކަމަށެވެ. މައްސަލަ ހުށަހަޅާފައިވަނީ ސިޓީ ކައުންސިލްގެ ނިންމުމަކީ ގާނޫނާ ޚިލާފް ނިންމުމެއް ކަނޑައަޅައި ދިނުމަށް ކަމަށެވެ. ސުހައިލް ވިދާޅުވީ ސިޓީ ކައުންސިލްގެ މައްސަލަ ލޯކަލް ގަވަމަންޓް އޮތޯރިޓިއަށް ވެސް ހުށަހަޅާފައިވާ ކަމަށެވެ.

ސުހައިލް ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ ނިންމުމަށް އަމަލުކުރަން މަޑުޖައްސާލުމުގެ އަމުރަކަށް ވެސް އެދުމަށް ތައްޔާރުވަމުން އަންނަ ކަމަށާއި، ބުރާސްފަތި ދުވަހު އެ މައްސަލަ ވެސް ކޯޓަށް ވައްދާނެ ކަމަށެވެ.

މާލޭ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 30 ވަނަ ރަސްމީ އާއްމު ޖަލްސާއަށް މިގޮތަށް ހުށަހެޅުއްވީ، ޑެޕިއުޓީ މޭޔަރ އަހުމަދު ނަރީޝެވެ. މި ހުށަހެޅުއްވުން ހުށަހަޅުއްވަމުން ނަރީޝް ވިދާޅުވީ، ހުޅުމާލެ އަކީ ސިޓީ ކައުންސިލްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ތާނަކަށްވާއިރު، އެތަނުގައި ރައްޔިތުން އެދޭ ކަމެއް ކުރުމުގެ ޖާގަނުލިބޭ ކަމުގެ ޝަކުވާ ލިބެމުން އަންނަ ކަމަށެވެ. އެހެންކަމުން ހަދާފައިވާ ރަޖިސްޓްރީ ބާތިލްކޮށް އެއީ ކައުންސިލްގެ ބިމެއްގެ ގޮތުގައި އޮތުން މުހިއްމު ކަމަށް ނަރީޝް ވިދާޅުވިއެވެ.

މި ހުށަހެޅުމަށް ވާހަކަ ދެއްކުމަށްފަހު ހުށަހެޅުން ފާސްކުރީ 12 މެމްބަރުންގެ ވޯޓުންނެވެ. ހުށަހެޅުން ފާސް ކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 3 މެމެބަރުންނެވެ. މިއާއެކު އެ ރަޖިސްޓްރީ ބާތިލް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވުމަށް މޭޔަރ ޑރ. މުހައްމަދު މުއިއްޒުވަނީ ލޭންޑް ބިލްޑިން ސެކްޝަނަށް އެކަން އަންގަވާފައެވެ.  

މި މައްސަލައިގައި އެޗްޑީސީން ބުނެފައިވަނީ މާލެ ސިޓީ ކައުންސިލުން ނިންމާފައިވާ ނިންމުމާ ގުޅިގެން ކުންފުންޏަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދަން މާލެ ސިޓީ ކައުންސިލްގެ މައްޗަށް ދަޢުވާ އުފުލާނެ ކަމަށެވެ.

އެޗްޑީސީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ހުޅުމާލޭގެ ބިމަކީ، އެ ކޯޕަރޭޝަނުގެ އަމިއްލަ ޚަރަދުގައި ހިއްކާފައިވާ، އަދި އެ ކޯޕަރޭޝަނަށް ރަޖިސްޓަރީ ކޮށްދީފައިވާ އަމިއްލަ ބިމެއް ކަމަށެވެ. އަދި އެ ކޯޕަރޭޝަނަކީ ދިވެހިރާއްޖޭގެ "ކުންފުންޏާބެހޭ ގާނޫނު"ގެ 15 ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ، ގާނޫނީ ގޮތުން މުދާ މިލްކުކުރުމުގެ ހައްގު ލިބިދީފައިވާ ވަކި ޝަޚުސެއް ކަމަށެވެ.

އަދި ހުޅުމާލޭގެ ބިމުގެ މިލްކުވެރިކަން އެ ކޯޕަރޭޝަނަށް ލިބިދީފައިވާކަން ރަމްޒުކޮށްދޭ ބިމުގެ ރަޖިސްޓަރީ ބާޠިލުކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމި ނިންމުމަކީ، ދިވެހިޖުމްހޫރިއްޔާގެ ގާނޫނުއަސާސީއިން ކަށަވަރުކޮށްދީފައިވާ "މުދާ ހޯދުމާއި މުދާ ގެންގުޅުމުގެ" ހައްގާއި، ބިމާއި ބެހޭ ގާނޫނުގެ 24 ވަނަ މާއްދާގެ (ނ)އާއި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 2-56 ވަނަ މާއްދާގެ (ހ)އާ ޚިލާފަށް މާލެ ސިޓީ ކައުންސިލުން ނިންމާފައިވާ ނާތަހުޒީބު ނިންމުމެއް ކަމުގައި އެ ކޯޕަރޭޝަނުން ދެކޭ ކަމަށެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 2-56 ވަނަ މާއްދާގެ (ށ)ގައި ވާގޮތުން، އެ ގާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ޢާއްމު ރައްޔިތުންނަށާއި، ސަރުކާރުގެ އިދާރާތަކަށް ދޫކޮށްފައިވާ އެންމެހާއި ވަސީލަތްތަކާއި، ބިނާތަކާއި، ނުއުފުލޭ ހަރުމުދަލާއި، ގައުމީ ސަލާމަތަށް ކަނޑައަޅާފައިވާ ތަންތަނުގެ މިލްކުވެރިކަން ލިބިގެންވަނީ އެ ގާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން އެތަނެއްގެ މިލްކުވެރިކަން އޮތް ފަރާތަކަށެވެ. ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް 8 ވަނަ އިސްލާހު ގެނެވުނު އިރު، ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގެ ބިންވެސް ވަނީ އަމިއްލަ ބިމެއްގެ ގޮތުގައި އެ ކޯޕަރޭޝަނުގެ ނަންމަތީގައި ރަޖިސްޓްރީކޮށްދީފައެވެ.

އެޗްޑީސީން ބުނީ ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނަށް ބަލާއިރު، ބިމުގެ މިލްކުވެރިކަމަކީ ބިމުގެ ވެރިފަރާތަށް، އެ ބިމާ ގުޅިފައިވާ އެންމެހައި މަންފާތަކާއި، މަސްލަހަތުތަކާއި އަދި ހައްގުތައް ލިބިދީފައިވުން ކަމަށެވެ. އަދި ހަމަ މި ގާނޫނުން އެނގިގެންދަނީ، ދިވެހިރާއްޖޭގައި ވަކި ފަރާތަކަށް ބިމުގެ ގާނޫނީ މިލްކުވެރިކަން ލިބިފައިވާކަން އަންގައިދޭ ގާނޫނީ ލިޔުމަކީ ބިމުގެ ރަޖިސްޓަރީކަން ކަމަށާއި، ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނާއި މިލްކުވެރިކަން ބަދަލު ކުރުމުގެ ގާނޫނަށް ބަލާއިރު، ވަކި ފަރާތަކަށް ރަޖިސްޓަރީކޮށްދީފައިވާ އަމިއްލަ ބިމެއްގެ މިލްކުވެރިކަން ބަދަލުކުރެވޭނީ ޝަރުއީ ކޯޓެއް މެދުވެރިކޮށް ކަމަށެވެ.

ދިވެހިޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ދަށުންވެސް، އަމިއްލަ މުދަލަކީ ގާނޫނު ހުއްދަނުކުރާ ގޮތަކަށް ނިގުޅައިގަނެގެންވާނޭ އެއްޗެއް ނޫން ކަމަށާއި، ގާނޫނުގައި ކަނޑައެޅި ބަޔާންކޮށްފައިވާ ގޮތުގެމަތިން ފިޔަވައި، އަދި އެކަމަށްޓަކައި ކޯޓަކުން ކުރާ ހުކުމަކުން މެނުވީ އެއްވެސް ފަރުދެއްގެ މުދަލެއް އެފަރާތުގެ ރުހުންނެތި ނެގުމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގެއް ނިގުޅައިގަތުން ކަމަށް ބުނެއެވެ. އަދި ބިމުގެ ރަޖިސްޓަރީގައި ބަޔާންކުރެވިފައިވާ އެބިމުގެ މިލްކުވެރިކަމުގެ ގާނޫނީ ހައްގަކީ ކަނޑައެޅި ބަޔާންވެގެންވާ ގާނޫނީ އިޖުރާއަތުތަކާ އެއްގޮތަށް ނޫންގޮތަކަށް ބާތިލުކުރެވޭނެ ހައްގެއް ނޫން ކަމަށާއި، ހުޅުމާލޭގެ ބިމުގެ މިލްކުވެރިކަމާއި އެ މިލްކުވެރިކަމާއި ގުޅިގެން އެ ކޯޕަރޭޝަނަށް ލިބިފައިވާ އެންމެހައި ހައްގުތައް އެ ކޯޕަރޭޝަނަށް ލިބިގެންވީ ހިނދު، ދިވެހިރާއްޖޭގެ ގާނޫނުތަކާއި ޚިލާފަށް މާލެ ސިޓީ ކައުންސިލުން ނިންމާފައިވާ ނިންމެވުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް އެޗްޑީސީން ބުނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްޑީޕީން ލަންކާގައި ގިނަ ގޮފިތަކެއް އުފައްދައި، ފުރަތަމަ ގޮފި ރެޖިސްޓްރީ ކުރަން ހުށަހަޅައިފި

އެމްޑީޕީން ލަންކާގައި ގިނަ ގޮފިތަކެއް އުފައްދައި، ފުރަތަމަ ގޮފި ރެޖިސްޓްރީ ކުރަން ހުށަހަޅައިފި

09 ޖުލައި 2017
ހުޅުމާލެ ސިފައިންގެ މަރުކަޒުގެ މިސްކިތް ހުޅުވައިފި

ހުޅުމާލެ ސިފައިންގެ މަރުކަޒުގެ މިސްކިތް ހުޅުވައިފި

09 ޖޫން 2017
ހުޅުމާލެއިން މަސްތުވާ ތަކެއްޗާއެކު ހަތަރު މީހަކު ހައްޔަރުކޮށްފި

ހުޅުމާލެއިން މަސްތުވާ ތަކެއްޗާއެކު ހަތަރު މީހަކު ހައްޔަރުކޮށްފި

06 ޖޫން 2017
މީހެއް މަރުވުމުން މޫނު ބަލަން ހުޅުމާލެއަށް ދާންޖެހޭ ސަރުކާރުން ރަގަޅަށް ކޮށްދޭނީ ކޮންކަމެއް: މާރިޔާ

މީހެއް މަރުވުމުން މޫނު ބަލަން ހުޅުމާލެއަށް ދާންޖެހޭ ސަރުކާރުން ރަގަޅަށް ކޮށްދޭނީ ކޮންކަމެއް: މާރިޔާ

05 މެއި 2017
ހުޅުމާލެއިން ވަގަށް ނަގާފައިވާ ޑޮލަރު ތަކެއް ހޯދައި މީހަކު ހައްޔަރުކޮށްފި

ހުޅުމާލެއިން ވަގަށް ނަގާފައިވާ ޑޮލަރު ތަކެއް ހޯދައި މީހަކު ހައްޔަރުކޮށްފި

06 އެޕްރީލު 2017

އަހަރުތަކުން މިއަދު

30 މާރިޗު
މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟
20251 އަހަރު ކުރިން
ރިޕޯޓު

މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް
20242 އަހަރު ކުރިން
ރިޕޯޓު

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!
20233 އަހަރު ކުރިން
ރިޕޯޓު

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި
20224 އަހަރު ކުރިން
މީހުން

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް
20215 އަހަރު ކުރިން
ރާއްޖެ

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟
20197 އަހަރު ކުރިން
އިސްލާމް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު