Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ޗެލްސީއަށް ގްރޫޕުގެ ދެވަނަ، ފަހު މެޗުން ޔުނައިޓެޑް އެއްވަރު

9 ޑިސެމްބަރު 2021 | ބުރާސްފަތި 05:37

ޔުނައިޓެޑާއި ޔަންގް ބޯއީސް އެއްވަރުވީ 1-1 ގެ ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 9 ޑިސެމްބަރު 2021 | ބުރާސްފަތި 05:37
ޒެނިތާއި ޗެލްސީ ބައްދަލުކުރި މެޗުގެ ތެރެއިން

ޒެނިތާއި ޗެލްސީ ބައްދަލުކުރި މެޗުގެ ތެރެއިން

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑް ކުޅުނު ފަހު މެޗުތަކުން މޮޅެއް ނުލިބި ނިންމާލަން ޖެހިއްޖެއެވެ.

ރަށުން ބޭރުގައި ބުދަ ދުވަހުގެރޭ ކުޅުނު މެޗުން ޗެލްސީ ވަނީ ޒެނިތާ 3-3 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ.

މި މެޗު ފަށައިގެން ދެވަނަ މިނެޓުގައި ޓިމޯ ވާނާ ޗެލްސީއަށް ލީޑު ނަގައިދިން ނަމަވެސް، ފުރަތަމަ ހާފު ނިމުމުގެ ކުރިން ކްލައުޑީނިއޯ އާއި ސަރްދާރް އަޒްމޫން ކާމިޔާބުކުރި ލަނޑުތަކުން ޒެނިތުން ވަނީ އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލާފައެވެ. އަދި ދެވަނަ ހާފު ފަށައިގެން ރޮމެލޫ ލުކާކޫ އާއި ވާނާގެ ލަނޑުތަކުން ޗެލްސީން އަލުން ލީޑު ނެގި ނަމަވެސް، މެޗުގެ އިތުރު ވަގުތުގައި މަގޯމެޑް އޮޒްޑޯއޭވް ވަނީ ޒެނިތަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

މި ނަތީޖާއާއެކު ޗެލްސީއަށް ލިބުނީ ގްރޫޕް އެޗުގެ ދެވަނައެވެ. އެ ޓީމަށް 13 ޕޮއިންޓް ލިބުނުއިރު، އެއްވަނަ ހޯދި ޔުވެންޓަސްއަށް ވަނީ 15 ޕޮއިންޓް ލިބިފައެވެ. ގްރޫޕް ސްތޭޖުގެ ފަހު މެޗުގައި ބުދަ ދުވަހުގެރޭ ޔުވެންޓަސް ވަނީ މަލްމޯ އަތުން 1-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ. މި ގްރޫޕުގެ ތިންވަނައިގައި އޮތް ޒެނިތަށް ފަސް ޕޮއިންޓް ލިބުނުއިރު، ފުލުގައި އޮތް މަލްމޯއަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

މީގެ އިތުރުން ޗެމްޕިއަންސް ލީގުގެ ގްރޫޕް އެފްގެ އެއްވަނަ ހޯދާފައިވަނީ ޔުނައިޓެޑް ވަނީ ބުދަ ދުވަހުގެރޭ ކުޅުނު މެޗުން ޔަންގް ބޯއީސްއާ 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުގެ ނުވަވަނަ މިނެޓުގައި މޭސަން ގްރީންވުޑް ވަނީ ޔުނައިޓެޑަށް ލީޑު ނަގައިދީފައެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ޔަންގް ބޯއީސްއަށް ނަތީޖާ އެއްވަރުކޮށްދިނީ ފަބިއަން ރެއިޑާއެވެ. މި މެޗުން ޔުނައިޓެޑް އެއްވަރުވިއިރު، މިއީ އައު ކޯޗު ރަލްފް ރަންގްނިކުގެ އިރުޝާދުގެ ދަށުން ޗެމްޕިއަަންސް ލީގުގައި އެ ޓީމުން ކުޅުނު ފުރަތަމަ މެޗެވެ.

މި ނަތީޖާއާއެކު ގްރޫޕް އެފްގެ އެއްވަނައިގައި ޔުނައިޓެޑް އޮތީ 11 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ވިޔަރެއާލަށް ހަތް ޕޮއިންޓް ލިބުނުއިރު، ތިންވަނައިގައި އޮތް އެޓަލާންޓާއަށް ލިބިފައިވަނީ ހަ ޕޮއިންޓެވެ. އަދި ފުލުގައި ނިންމާލި ޔަންގް ބޯއީސްއަށް ލިބިފައިވަނީ ފަސް ޕޮއިންޓެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް
23 ޖެނުއަރީ 2017

އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި

23 ޖެނުއަރީ 2017
އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި
22 ޖެނުއަރީ 2017

ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް

22 ޖެނުއަރީ 2017
ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް
20 ޖެނުއަރީ 2017

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ
18 ޖެނުއަރީ 2017

އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ

18 ޖެނުއަރީ 2017
އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ
15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް