Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވެންޓިލޭޓަރު މައްސަލަ

ގޮތެއް ނުނިމި ވެންޓިލޭޓަރު މައްސަލަ އަނެއްކާވެސް އޭސީސީއަށް ފޮނުވައިފި

ވެންޓިލޭޓަރު މައްސަލައިގައި 11 މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ފޮނުވާފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 8 ޑިސެމްބަރު 2021 | ބުދަ 11:02
ޕީޖީ ހުސައިން ޝަމީމް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ

ޕީޖީ ހުސައިން ޝަމީމް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ

ދައުވާ ކުުރުމާއިމެދު ގޮތެއް ނުނިމި ވެންޓިލޭޓަރު ތަކުގެ މައްސަލަ، އިޞްލާޙް ކުރުމަށްފަހު އަލުން ހުށަހެޅުމަށްޓަކައި ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އަނބުރާ ފޮނުވާލައިފިއެވެ.

ޕީޖީ އޮފީހުން އޭސީސީއަށް މި މައްސަލަ އަނބުރާ ފޮނުވާލާފައިވަނީ ދައުވާކުރުމަށް ފުރިހަމަ ކުރަންޖެހޭ ބައެއް ކަންކަން ނުނިމިގެންނެވެ. މިދިޔަ މަހުގެ 14 ވަނަ ދުވަހު ޕީޖީ ހުސައިން ޝަމީމް ވިދާޅުވީ ތަހުގީގުކޮށް ދައުވާކުރަން ފޮނުވާފައިވާ މި މައްސަލައިގައި ދައުވާ ކުރުމާމެދު އަންނަ ހަފުތާގެ ކުރީކޮޅު ގޮތެއް ނިންމަވާނެކަމަށެވެ. ނަމަވެސް އޭގެ 3 ހަފްތާ ފަހުން ޕީޖީ އޮފީހުން ވަނީ މި މައްސަލަ އޭސީސީއަށް އަނބުރާ ފޮނުވާލާފައެވެ.

Advertisement - newsAdvertisement

ކޮވިޑް-19 އާ ގުޅިގެން ވެންޓިލޭޓަރުތައް ހޯދުމުގައި ކޮރަޕްޝަނުގެ ޢަމަލުތައް ހިންގާފައިވާ މައްސަލައިގައި 11 މީހެއްގެ މައްޗަށް ދަޢުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވި މައްސަލައާ ގުޅިގެން، ތަހުގީގު އިތުރަށް ފުރިހަމަކުރުމަށް ޕީޖީ އޮފީހުން އަންގާފައިވާ ކަންކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އަލުން އޭސީސީން ވަނީ ޕީޖީ އޮފީހަށް ފޮނުވާފައެވެ. އަދި 14 އޮކްޓޫބަރު 2020 ގައި މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވާ 11 ފަރާތަށް ދަޢުވާކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ހުށަހެޅުމާމެދު ކޮމިޝަނުން އޭރު ނިންމާފައިވާ ނިންމުމަށް ބަދަލު ގެނެސްފައި ނުވާނެކަން އޭސީސީން ފާހަގަކުރެއެވެ.

އޭސީސީން ވަނީ މި މައްސަލައިގައި ދަޢުވާ ކޮށްދިނުމަށް އެދި ހުށަހަޅާފައިވާ 11 ފަރާތަށް އިތުރު ދައުވާތަކެއް ކޮށްދިނުމަށް އެދިފައެވެ.

މި މައްސަލައިގައި ހިމެނޭ ފައިސާ ދައުރުވެފައިވާ ގޮތާއި އެ ފައިސާއިން އެއްވެސް މިންވަރެއް މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތަކަށް ނުވަތަ އެއިން ފަރާތަކާ ގުޅުން އޮތް ފަރާތަކަށް ލިބިފައިވޭތޯ ބެލުމަށް ކޮށްފައިވާ މަސައްކަތުން މިހާތަނަށް އޭގެތެރެއިން ފަރާތަކަށް އެފަދަ ފައިސާއެއް ލިބިފައިވާކަން ފާހަގަކުރެވިފައިނުވާކަމަށް އޭސީސީން މައުލޫމާތު ދެއެވެ. މިމައްސަލައިގައި ހިމެނޭ އެއްވެސް ފަރާތަކަށް ނުވަތަ އެފަދަ ފަރާތަކާ ގުޅުންހުރި ފަރާތަކަށް، މި މައްސަލައާ ގުޅުންހުރި އެއްވެސް ފައިސާއެއް ލިބިފައިވޭތޯ ބެލުމަށް އަދިވެސް އިތުރަށް ބަލައި އެފަދަ ކަމެއް ފާހަގަކުރެވިއްޖެނަމަ، އެ މައްސަލައެއްގެ ތަޙުޤީޤު ވަކިން ކުރިއަށް ގެންދާގޮތަށް އޭސީސީން ވަނީ ނިންމާފައެވެ.

މި މައްސަލައިގެ ތަޙުޤީޤު ކުރިއަށް ގެންގޮސްފައިވަނީ، ކޮމިޝަނާއި ދިވެހި ފުލުހުންގެ ޚިދުމަތާއެކު ޖޮއިންޓް އިންވެސްޓިގޭޝަނެއްގެ ތެރެއިންނެވެ. 

އޭސީސީން މިފަހުން ބައެއް މައްސަލަތައް ފޮނުވާފައިވާކަން ފާހަގަ ކުރައްވައި ޕީޖީ ވިދާޅުވީ، އޭސީސީން މައްސަލަތަކުގައި މަޝްވަރާ ކުރުމެއް ނޯންނާތީ އިތުރަށް ބަލަންޖެހޭ ގިނަ ކަންކަން ހުންނަ ކަމަށެވެ. ވުމާއެކު ޕީޖީ އޮފީހުންވެސް އަލުން ބަލުން މައްސަލައިގައި ބަލަންޖެހޭ ގިނަ ކަންކަން ހުންނަކަން ޝަމީމް ފާހަގަ ކުރެއްވިއެވެ. އެގޮތުން ވެންޓިލޭޓަރު މައްސަލަވެސް އަލުން އޭސީސީން ފޮނުވީ ޕީޖީ އޮފީހާއެކު އެއްވެސް މަޝްވަރާއެއް ނުކޮށްކަން ޝަމީމް ފާހަގަ ކުރެއްވިއެވެ.

ޝަމީމް ވިދާޅުވީ، މައްސަލަތަކުގައި މަޝްވަރާ ކޮށްލުމަކީ އޭސީސީގެ މުސްތަގިއްލުކަމަށް އަސަރު ކުރާނެ ކަމެއް ނޫންކަމަށާއި، އެކަމާމެދު އޭސީސީއާވެސް މަޝްވަރާ ކުރައްވާނެ ކަމަށެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު