Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޖަލްސާ ބޭއްވުމުގެ ހުއްދަ

ޖަލްސާ ބާއްވަން ހުއްދަ ހޯދަން ޖެހެނީ މާލެ ސިޓީ ކައުންސިލުން - ޕީޕީއެމް

8 ޑިސެމްބަރު 2021 | ބުދަ 08:37

ޖަލްސާ ބޭއްވުމަށް އިއުތިރާޒެއް ނެތް ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފައިވޭ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 8 ޑިސެމްބަރު 2021 | ބުދަ 08:37
ޕީޕީއެމްގެ ބައެއް އިސް ލީޑަރުން

ޕީޕީއެމްގެ ބައެއް އިސް ލީޑަރުން

އިދިކޮޅު ކޯލިޝަނުން ހުކުރު ދުވަހުގެރޭ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ "ކޮތަރުކޮށި" ޖަލްސާ ބާއްވަން ހުއްދަ ހޯދަން ޖެހެނީ މާލެ ސިޓީ ކައުންސިލުން ކަމަށް އެ ކޯލިޝަނުން ބުނެފިއެވެ.

އެ ކޯލިޝަނުން މިހެން ބުނެފައިވަނީ، ހުޅުމާލޭގެ އެއްވެސް ސަރަހައްދެއްގައި އިވެންޓެއް ބޭއްވުމުގެ ހުއްދަ ހޯދަން ޖެހެނީ، އެޗްޑީސީއަށް ލިޔުމުން ހުށަހަޅައިގެން ކަމަށް އެޗްޑީސީން ބުނުމުންނެވެ. ޕީޕީއެމުން ބުނީ، ޖަލްސާ ބޭއްވުމުގެ ހުއްދަ މާލެ ސިޓީ ކައުންސިލުން މިހާރު ހޯދާފައިވާ ކަމަށާއި، ހުޅުމާލެއަކީ މާލެ ސިޓީ ކައުންސިލްގެ އިހުތިސާސް ތެރޭގައި ހިމެނޭ ތަނެއް ކަމުން، އެކަމަށް ހުއްދަ ހޯދަން ޖެހެނީ މާލެ ސިޓީ ކައުންސިލުން ކަމަށެވެ.

މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ސޮއިކުރައްވައި ޕީޕީއެމްގެ ރައީސް ޔާމީނަށް ފޮނުއްވި ސިޓީގައި ބުނެފައިވަނީ ހުޅުމާލޭގެ ހިޔާ ފްލެޓް ހިމެނޭ ސަރަހައްދުގައި "ކޮތަރުކޮށި" ނަމުގައި ބޭއްވުމަށް އެދިފައިވާ ޖަލްސާ ބޭއްވުމަށް މާލެ ސިޓީ ކައުންސިލްގެ އެއްވެސް އިއުތިރާޒެއް ނެތްކަމަށެވެ.

އެޗްޑީސީން ބުނެފައިވަނީ މިފަދަ ހަރަކާތެއް ބޭއްވުމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި އެކޯޕަރޭޝަނަށް ހުށައަޅައިގެން އެހެން ފަރާތްތަކުންވެސް އަމަލު ކުރައްވާ އުސޫލުގެތެރެއިން އެ ހުއްދައަށް އެދުމުގެ ފުރުޞަތު އޮންނާނެ ކަމުގައެވެ. އެހެންކަމުން އެގޮތަށް އަމަލު ކުރުމަށް ހުރިހާ ފަރާތްތަކަށްވެސް އެޗްޑީސީން ވަނީ އިލްތިމާސްކޮށްފައެވެ. ހުޅުމާލޭގައި ބާއްވާ އެކި އިވެންޓްތަކަކީ ދުރާލައި އެޗްޑީސީން ހުއްދަ ނަގައިގެން ބާއްވާ އިވެންޓުތަކެއް ކަމަށާއި، ހުއްދައަށް އެދިފައި ނުވާ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ. އެކަމުގެ މައުލޫމާތު އެޗްޑީސީއަށް ލިބުނީވެސް މީޑިއާއިން ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

ހުކުރު ދުވަހުގެރޭ ހުޅުމާލޭގައި ބާއްވާ ޖަލްސާގައި ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް ޔާމީނާއި، އެކޯލިޝަންގެ އިސްބޭފުޅުންވެސް ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މާލެ ސިޓީ ކައުންސިލާއި އެޗްޑީސީއާއިމެދު މިހާރުވެސް ހުޅުމާލޭގެ އިހްތިސާސްއާއި ގުޅޭގޮތުން ދެބަސްވުންތަކެއް އޮވެއެވެ. ޤާނޫނުގައި ބުނާގޮތުން ހުޅުމާލޭގެ އެންމެހައި ކަންކަން ބަލަހައްޓަން ޖެހޭނީ މާލެ ސިޓީ ކައުންސިލަށެވެ. އެޗްޑީސީން ބުނީ ހުޅުމާލޭގެ އިހުތިސާސް އޮންނަނީ އަދިވެސް އެޗްޑީސީއަށް ކަމަށެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
22 ޖެނުއަރީ 2017

ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

22 ޖެނުއަރީ 2017
ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
17 ޖެނުއަރީ 2017

ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

17 ޖެނުއަރީ 2017
ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
09 ޖެނުއަރީ 2017

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

09 ޖެނުއަރީ 2017
އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ
06 ޖެނުއަރީ 2017

މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި

06 ޖެނުއަރީ 2017
މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި
06 ޖެނުއަރީ 2017

ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް

06 ޖެނުއަރީ 2017
ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް