Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ"ކޮތަރުކޮށި" ޖަލްސާ

"ކޮތަރުކޮށި" ޖަލްސާ ބާއްވަނީ އެޗްޑީސީގެ ހުއްދަ ނެތި

ޖަލްސާގައި ކޯލިޝަންގެ އިސްބޭފުޅުންވެސް ބައިވެރިވާނެ ކަަމަށް ވަނީ އިއުލާން ކޮށްފައި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 8 ޑިސެމްބަރު 2021 | ބުދަ 08:42
ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ޕީޕީއެމުން "ކޮތަރުކޮށި" ޖަލްސާ ބޭއްވުމަށް މަސައްކަތް ކުރަމުންދަނީ އެޗްޑީސީގެ އެއްވެސް ހުއްދައެއް ނެތިކަމަށް އެޗްޑީސީން ބުނެފިއެވެ.

ހުކުރު ދުވަހުގެރޭ އިދިކޮޅު ކޯލިޝަނުން ހިޔާ ފްލެޓް ހިމެނޭ ސަރަހައްދުގައި ބޭއްވުމަށް މަސައްކަތް ކުރަމުންދާ ޖަލްސާ ހިޔާ ފްލެޓް ސަރަހައްދުގައި ބޭއްވުމަށް އިއުލާން ކޮށް އެކަމަށް މަސައްކަތް ކުރަމުންދާކަން އެޗްޑީސީއަށް އެނގިފައިވަނި މީޑިއާއިން ކަމަށް އެޗްޑީސީން ބުނެއެވެ. އެޗްޑީސީން ބުނީ، ހުޅުމާލޭގެ އެއްވެސް ސަރަހައްދެއްގައި އެއްވެސް ހަރަކާތެއް ބޭއްވޭނީ އެޗްޑީސީއަށް ލިޔުމުން ހުށަހަޅައިގެން ހުއްދަ ހޯދުމަށްފަހު ކަމަށެވެ. އަދި އެޗްޑީސީން ކަނޑައަޅާ އުޞޫލުތަކެއްގެ ތެރެއިން މިކަމަށް ޚާއްސަ ކުރެވިފައިވާ ވަކި ސަރަހައްދެއްގައި ކަމަށްވެސް އެޗްޑީސީން ބުނެއެވެ.

Advertisement - newsAdvertisement

އެޗްޑީސީން ބުނެފައިވަނީ މިފަދަ ހަރަކާތެއް ބޭއްވުމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި އެކޯޕަރޭޝަނަށް ހުށައަޅައިގެން އެހެން ފަރާތްތަކުންވެސް އަމަލު ކުރައްވާ އުސޫލުގެތެރެއިން އެ ހުއްދައަށް އެދުމުގެ ފުރުޞަތު އޮންނާނެ ކަމުގައެވެ. އެހެންކަމުން އެގޮތަށް އަމަލު ކުރުމަށް ހުރިހާ ފަރާތްތަކަށްވެސް އެޗްޑީސީން ވަނީ އިލްތިމާސްކޮށްފައެވެ.

ހުޅުމާލޭގައި ބާއްވާ އެކި އިވެންޓްތަކަކީ ދުރާލައި އެޗްޑީސީން ހުއްދަ ނަގައިގެން ބާއްވާ އިވެންޓުތަކެއް ކަމަށާއި، އެކަމަށް އެދުމުން އޮންނަ އުސޫލްގެ ތެރެއިން އެ ހުއްދަ ދޫކުރަނެ ކަމަށެވެ. އެހެންނަމަވެސް އިދިކޮޅު ކޯލިޝަންގެ ފަރާތުން މިހާތަނަށް އެކަމަށް އެދިފައި ނުވާ ކަމަށް އެޗްޑީސީން ބުނެއެވެ.

ހުކުރު ދުވަހުގެރޭ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓް ސަރަހައްދުގައި ބާއްވާ ޖަލްސާގައި ޕީޕީއެމްގެ ރައީސް ކުރީގެ ރައީސް ޔާމީނާއި އެކޯލިޝަންގެ އިސްބޭފުޅުންވެސް ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ސްޕެޝިއަލިސްޓް އޮޕަރޭޝަން ޑިޕާޓްމެންޓްގައި މަސައްކަތް ކުރާ ފުލުހުންނަށް ސިލްސިލާ ތަމްރީނު ހަރަކާތްތަކެއް ބާއްވަނީ

02 ފެބުރުއަރީ 2017
ސްޕެޝިއަލިސްޓް  އޮޕަރޭޝަން ޑިޕާޓްމެންޓްގައި މަސައްކަތް ކުރާ ފުލުހުންނަށް ސިލްސިލާ ތަމްރީނު ހަރަކާތްތަކެއް ބާއްވަނީ
01 ފެބުރުއަރީ 2017

ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ

01 ފެބުރުއަރީ 2017
ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ
31 ޖެނުއަރީ 2017

"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

31 ޖެނުއަރީ 2017
"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ
28 ޖެނުއަރީ 2017

ގްލޯފިޓްގެ ފަރާތުން ހާއްސަ ޒުމްބާ މަސްޓަރ ކުލާހެއް ބާއްވަނީ

28 ޖެނުއަރީ 2017
ގްލޯފިޓްގެ ފަރާތުން ހާއްސަ ޒުމްބާ މަސްޓަރ ކުލާހެއް ބާއްވަނީ
27 ޖެނުއަރީ 2017

ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ

27 ޖެނުއަރީ 2017
ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު