Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކުޅުދުއްފުށީ ޕޯޓްގެ 16 ވަނަ އަހަރީ ދުވަސް

އަމާޒަކީ ކުޅުދުއްފުށީ ޕޯޓަށް އަންނަ ކޮންމެ ބޯޓަކަށްވެސް ވީހާވެސް އަވަސް، ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުން - އެމްޕީއެލްގެ ސީއީއޯ

ކުޅުދުއްފުށީ ޕޯޓަށް އިމްޕޯޓްކުރެވޭ 50 އިންސައްތަ މުދަލުގެ ޑިއުޓީ މާފުކުރެވޭގޮތަށް ވަނީ ހަމަޖައްސާފައި

އުއްމު ކުލްސޫމް އިބްރާހިމް
އުއްމު ކުލްސޫމް އިބްރާހިމް, ރާއްޖެ އެމްވީ | 5 ޑިސެމްބަރު 2021 | އާދީއްތަ 11:42
ކުޅުދުއްފުށީ ޕޯޓްގެ 16 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ސްޓާފް ނައިޓްގައި އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވާހަކަ ދައްކަވަނީ

ކުޅުދުއްފުށީ ޕޯޓްގެ 16 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ސްޓާފް ނައިޓްގައި އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވާހަކަ ދައްކަވަނީ

ކުޅުދުއްފުށީ ޕޯޓުގެ އެންމެ ބޮޑު އަމާޒަކީ، އެތަނުން ޚިދުމަތް ހޯދާ ހުރިހާ ބޯޓުތަކަކަށްވެސް ވީހާވެސް އަވަސް، އަދި ރަނގަޅު ޚިދުމަތެއް ދިނުންކަމުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވެއްޖެއެވެ.

ކުޅުދުއްފުށީ ޕޯޓަށް 16 އަހަރު ފުރުން ފާހަގަކުރުމަށް ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ، ކުޅުދުއްފުށީ ޕޯޓުން ދެމުންގެންދާ ޚިދުމަތްތައް ރަނގަޅުކުރުމަށް އެމްޕީއެލްގެ ކެޕޭސިޓީގައި ހުރި ހުރިހާ މަސައްކަތެއްކުރާނެ ކަމަށެވެ.

Advertisement - newsAdvertisement

ޝާހިދު ވިދާޅުވީ ސަރުކާރުގެ ސިޔާސަތުގެ ތެރެއިން، ކުޅުދުއްފުށީ ޕޯޓަށް އިމްޕޯޓްކުރެވޭ މުދަލުގެ ތެރެއިން 50 އިންސައްތަ މުދަލުގެ ޑިއުޓީ މާފުކުރެވޭގޮތަށް ހަމަޖެހިފައިވާކަމަށާއި، އޭގެ ސަބަބުން އެކަށީގެންވާ މުދާ މިހާރު މިސަރަހައްދަށް ޑައިރެކްޓްކޮށް އައިސް، ކަސްޓަމްސްއިން ކްލިއަރ ކުރެވިގެންދާ ކަމަށެވެ. އަދި އެހެންވުމުގެ ސަބަބުން ސަރަހައްދުގެ ވިޔަފާރިތަކަށް ފައިދާ ލިބިގެންދާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ޕޯޓަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ބަނދަރު ކުޑަވުމުގެ މައްސަލަކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް ޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ފެށިގެން ކުރިއަށްދާ ކަމަށެވެ. އެގޮތުން ބޮޑެތި ބޯޓުފަހަރަށް ބަނދަރުކުރެވޭނެ ގޮތަކަށް ޕޯޓްގެ ޑިޒައިން ބަދަލުކޮށް އެ މަސައްކަތްކުރުމަށް އެމްޓީސީސީއާ ހަވާކޮށްފައިވާކަމަށް ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ މިމަސައްކަތް ވަރަށް ބާރަށް ކުރިއަށް ދާކަމަށާއި، ޕްރޮޖެކްޓް ފަރުމާކުރެވި ޕްރޮޖެކްޓް ނިމިގެންދާއިރު އޭގެ ސަބަބުން އަނެއްކާވެސް މި ސަރަހައްދަށް އިގުތިސާދީ ކުރިއެރުން ލިބޭނެ ގޮތަކަށް ބައްޓަންވެގެން ދާނެކަމަށް ޔަގީންކުރައްވާކަމަށެވެ.

މި މަސައްކަތުގެ އަމަލީ މަސައްކަތް މިއަހަރު ނިމުމުގެ ކުރިން ފެށިގެންދާނެކަމުގެ ވަރަށް ބޮޑު އުންމީދު އެބައޮތްކަމަށްވެސް ޝާހިދުގެ ވާހަކާގައި ފާހަގަކުރެއްވި އެވެ.

މި ރަސްމިއްޔާތުގައި ބަނދަރުގައި ގިނަ ދުވަހުގެ ޚިދުމަތް ކުރެއްވި މުވައްޒަފުންގެ އަގުވަޒަންކޮށް، ހަނދާނީ ފިލަޔާއި ސެޓްފިކެޓް ހަވާލުކޮށްފައިވެއެވެ.

ކުޅުދުއްފުށި ސިޓީ

ކޮމެންޓް

އިތުރަށް ކިޔާލަން

ކުޅުދުއްފުށި ސިޓީގެ ޓެކްސީ ޑްރައިވަރުން ހުދު ގަމީހުގައި ސަރުކާރާ ދެކޮޅަށް ހިމޭން އިހުތިޖާޖެއް ކޮށްފި

ކުޅުދުއްފުށި ސިޓީގެ ޓެކްސީ ޑްރައިވަރުން ހުދު ގަމީހުގައި ސަރުކާރާ ދެކޮޅަށް ހިމޭން އިހުތިޖާޖެއް ކޮށްފި

18 އޮކްޓޯބަރު 2025
ކުޅުދުއްފުށީ ހޮސްޕިޓަލުން ވީނުވީއެއް ނޭންގި "ނާކޮޓިކްސް ޑްރަގްސް" ތަކެއް ގެއްލުނު މައްސަލައެއް ފެންމަތިވެއްޖެ

ކުޅުދުއްފުށީ ހޮސްޕިޓަލުން ވީނުވީއެއް ނޭންގި "ނާކޮޓިކްސް ޑްރަގްސް" ތަކެއް ގެއްލުނު މައްސަލައެއް ފެންމަތިވެއްޖެ

09 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒު ބޭނުންފުޅުވާ ގޮތަށް ބްލޮކް ގްރާންޓް މުރާޖައާ ކުރައްވާއިރު، ކައުންސިލްތަކަށް މަސައްކަތްކުރަން ލިބޭ ފައިސާ މަދުވާނެ: އާތިފު

ރައީސް މުއިއްޒު ބޭނުންފުޅުވާ ގޮތަށް ބްލޮކް ގްރާންޓް މުރާޖައާ ކުރައްވާއިރު، ކައުންސިލްތަކަށް މަސައްކަތްކުރަން ލިބޭ ފައިސާ މަދުވާނެ: އާތިފު

07 ސެޕްޓެމްބަރު 2025
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން ކުޅުދުއްފުށި ސިޓީގެ ރައްޔިތުން އެންމެ ބޭނުންވި މަސައްކަތް ވަނީ ހުއްޓިފައި: މޭޔަރު

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން ކުޅުދުއްފުށި ސިޓީގެ ރައްޔިތުން އެންމެ ބޭނުންވި މަސައްކަތް ވަނީ ހުއްޓިފައި: މޭޔަރު

22 އޯގަސްޓު 2025
ރައީސް ޞާލިހު ކުޅުދުއްފުށި ސިޓީ އެމްޑީޕީ މެމްބަރުންނާއި ބައްދަލުކުރައްވައިފި

ރައީސް ޞާލިހު ކުޅުދުއްފުށި ސިޓީ އެމްޑީޕީ މެމްބަރުންނާއި ބައްދަލުކުރައްވައިފި

11 ޖުލައި 2025

އަހަރުތަކުން މިއަދު

21 އެޕްރީލު
އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް
20251 އަހަރު ކުރިން
ރާއްޖެ

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
20224 އަހަރު ކުރިން
ސިއްހަތު

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

 ޗިކެން ޕަނީނީ ސޭންޑްވިޗް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކެން ޕަނީނީ ސޭންޑްވިޗް

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
20188 އަހަރު ކުރިން
ރާއްޖެ

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު