Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ސްރީލަންކަން އިން އައްޑޫއަށް ދަތުރުފެށުން

ގަމަކީ އިންޓަނޭޝަނަލް ގިނަ ފްލައިޓް އޮޕަރޭޓްކުރާ މަންޒިލަކަށް ވަރަށް އަވަހަށް ވެގެންދާނެ - ގައިސް

ސްރީލަންކަން އެއަރލައިންސްގެ ދަތުރުތައް އައްޑޫއަށް ފެށީ ހޮނިހިރު ދުވަހު

އައިޝަތު މުހައްމަދު
އައިޝަތު މުހައްމަދު, ރާއްޖެ އެމްވީ | 5 ޑިސެމްބަރު 2021 | އާދީއްތަ 05:45
ސްރީލަންކަން އެއަރވޭސްގެ ދަތުރުތައް އަލުން އައްޑޫއަށް ފެށުން

ސްރީލަންކަން އެއަރވޭސްގެ ދަތުރުތައް އަލުން އައްޑޫއަށް ފެށުން

އައްޑޫސިޓީ ގަމުގެ ވައިގެ ބަނދަރަކީ ދުނިޔޭގެ އެކި ގައުމުތަކުގެ އެއަރލައިންތައް ޖައްސާ ބަނދަރަކަށް ވެގެންދާނެކަމަށް އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓްސް ކޮމްޕެނީ (އޭއައިއޭ)ގެ މެނޭޖިން ޑިރެކްޓަރ ގައިސް ނަސީރު ވިދާޅުވެއްޖެއެވެ. ގައިސް މިހެން ވިދާޅުވީ ދޮޅު އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށްފަހު ސްރީލަންކަން އެއަރލައިންސް އައްޑޫއަށް ދަތުރު ކުރަން ފެށުން ފާހަގަ ކުރުމަށް ހޮނިހިރު ދުވަހު ބޭއްވި ރަސްމިއްޔާތުގައި ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުންނެވެ.

ގައިސް ވިދާޅުވީ  2016ން 2020 ގެ ނިޔަލަށް ސްރީލަންކަން އެއަރލައިންސްގެ ދަތުރުތައް އައްޑޫއަށް ކުރިއިރު އެއްވެސް ވަރަކަށް ކަނެކްޓިވިޓީގެ މަސައްކަތް ނުކޮށްއޮތުމާއެކު އެކަން ޙައްލުކުރުމަށްޓަކައި ކުންފުނިން މިވަގުތު އެންމެ އިސްކަމެއް ދެއްވަނީ ދ. އަތޮޅުން ފެށިގެން އައްޑޫއާއި ދެމެދު ގުޅުވާލުމަށްޓަކައި ކުރެވެންހުރި މަސައްކަތް ކުރުމަށް ކަމަށެވެ.  

Advertisement - businessAdvertisement

އައްޑޫއާއި ސްރީލަންކާއާއި ދެމެދު ސްރީލަންކަން އެއަރލައިންސްގެ ޝެޑިއުލް ދަތުރުތައް ފެށުނީ ހޮނިހިރު ދުވަހު ގަމަށް ޖެއްސި ފްލައިޓާއެކުއެވެ. ސްރީލަންކަން އެއަރލައިންސްގެ ދަތުރު ފެށުމަށްޓަކައި ގަން އެއަރޕޯޓުގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި އެފްލައިޓަށް "ވޯޓަރ ސެލިއުޓް" ދިނުމަށްފަހު ޕެސެންޖަރުންނަށް ވަނީ އޭޕްރަންއިން މަރުހަބާ ކިޔާފައެވެ. ފްލައިޓުން އައި ފަތުރުވެރިންނާއި އެހެންފަރާތްތަކަށް މަރުހަބާ ކިއުމުގައި ސްރީލަންކަން އެއަރލައިންސްއާއި އެއަރޕޯޓްސް ކޮމްޕެނީގެ އިސްވެރިންގެ އިތުރުން އޭސް އޭވިއޭޝަން މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގާއި އައްޑޫސިޓީގެ ޑެޕިއުޓީ މޭޔަރ މުހައްމަދު ޝުއާއު ބައިވެރިވެ ވަޑައިގެންނެވިއެވެ. ބޮޑުބެރު ޑާންސާއި ސަގާފީ ހަރަކާތްތަކާއެކު ކުރިއަށްދިޔަ މިރަސްމިއްޔާތުގެ ތެރެއިން ފަސިންޖަރުންނަށް ވަނީ މަރުހަބާގެ "ގިފްޓެއް" ހަދިޔާކޮށްފައެވެ.

މިރަސްމިއްޔާތުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސްރީލަންކަން އެއަރލައިންސްގެ ކަންޓްރީ މެނޭޖަރ ފައުޒާން ފަރީދު ވިދާޅުވީ އެ އެއަރލައިނުން ދަތުރުކުރާ ފަރާތްތަކަށް އެންމެ ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދެވޭނެ ކަމަށާއި ފަސިންޖަރުން ކުރާ ކޮންމެ ދަތުރަކީވެސް އަމާން ހިތްފަސޭހަ އަދި ހިތްހަމަޖެހޭފަދަ ދަތުރަކަށް ހެދުމަކީ އެއަރލައިނުން އެންމެ އިސްކަން ދޭނެ އެއްކަން ކަމަށެވެ. އަދި ހަމައެއާއެކު ސްރީލަންކަންއިން ފަށާ މިދަތުރުތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށްޓަކައި ކަމާގުޅުންހުރި ފަރާތްތަކާއި މަޝްވަރާކޮށްގެން ރިސޯޓުތަކާއި ގެސްޓްހައުސް އަދި ޓުއަރ އޮޕަރޭޓަރުންނާއެކު ވަރުގަދަ ގުޅުމެއް ގާއިމް ކުރައްވާނެ ކަމަށާއި ސްރީލަންކަން އެއަރލައިންސުން ގިނަ ޙަރަކާތްތަކެއް ފުޅާދާއިރާއެއްގައި އައްޑޫގައިވެސް ހިންގާނެކަމަށް ފައުޒާން ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި މި އެއަރލައިންގެ ރާއްޖޭގެ އޮޕަރޭޓަރ އޭސް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ފިރާގު ވިދާޅުވީ އައްޑޫ ކަހަލަ ލިމިޓެޑް ރިޒޯސް އޮތް ތަނެއްގައި އިންޓަނޭޝަނަލް އެއަރލައިނެއް އޮޕަރޭޓް ކުރާއިރު ގަން ވާންޖެހޭނީ މުޅި ސަރަޙައްދަށް ކަނެކްޓިވިޓީ ލިބޭ އެއަރޕޯޓެއްގެ ގޮތުގައި ކަމަށާއި އެގޮތުން ލ. އަތޮޅުން ފެށިގެން ދެކުނުގެ ހުރިހާ ރަށްތަކެއް ގަމާއި ގުޅާލުމަށް މަސައްކަތް ކުރެވެމުންދާކަމަށެވެ. މިކަމުގައި މިހާތަނަށް ބޮޑު ކުރިއެރުންތަކެއް ލިބިފައިވާކަން ގަބޫލު ކުރައްވާކަމަށާއި އެހެންނަމަވެސް ހައްލުނުވެ ހުރި ގިނަ ކަންތައްތަކެއް އަދިވެސް ހުރި އިރު މިކަންކަން ވެސް މަޑުމަޑުން ޙައްލުވެގެންދާނެ ކަމަށް ފިރާގު ވިދާޅުވިއެވެ.

ފިރާގު ވިދާޅުވީ ސްރީލަންކަން އިން ރިސޯޓްތަކާއި ޓުއަރ އޮޕަރޭޓަރުންނާއެކު ނެޓްވޯކު ފުޅާކުރުމަށް ބުރަކޮށް މަސައްކަތް ކުރައްވާ ކަމަށާއި ހަމައެއާއެކު މޯލްޑިވިއަން ފަދައިން މަންތާ އެއަރ އަދި ސީޕްލޭން އޮޕަރޭޓަރުންނާއެކުވެސް މަޝްވަރާތައް ބާއްވަމުން އަންނަކަމަށެވެ.

ސްރީލަންކަން އިން އައްޑޫއަށް ފަށާފައި މިވަނީ ހަފުތާއަކު އެންމެ ފްލައިޓެކެވެ. މި ފްލައިޓް އޮންނާނީ ކޮންމެ ހޮނިހިރު ދުވަހަކުއެވެ.

ގަމާއި ކޮލަމްބޯއާ ދެމެދު ސްރީލަންކަން އެއާލައިންސްގެ ދަތުރުތައް ފެށުމުގެ ގޮތުން، ސްރީލަންކަންގެ އޮފީހެއް އައްޑޫގައި ހުޅުވީ ނޮވެމްބަރު 1، 2016 ގައެވެ. ދަތުރުތައް ގަމަށް ފަށާފައިވަނީ ޑިސެމްބަރު 19، 2016 ގައެވެ.

ސްރީލަންކަން އެއާލައިންސްގެ ރާއްޖޭގެ އޭޖެންޓަކީ އޭސް އޭވިއޭޝަން ސާރވިސަސްއެވެ. އައްޑޫގެ ޓިކެޓިން އެޑްރެހަކީ މިފްރާ، ސ. ފޭދު (ބީޗް ރޯޑް) އެވެ.

ސްރީލަންކަން އެއާލައިންސްގެ ދަތުރުތައް ރާއްޖޭގެ އެންމެ ދެކުނަށް ފަށާފައި މިވަނީ ކޮވިޑާ ހެދި މިދިޔަ އަހަރުން ފެށިގެން ބަންދުކޮށްފައި އޮތް ދެ ރިސޯޓްގެ ތެރެއިން ކެނަރީފް ރިސޯޓް (ހެރަތެރެ) ވެސް މިމަހުގެތެރޭ ހުޅުވަން ނިންމާފައި ވަނިކޮށެވެ. މީގެ އިތުރުން ގަމުގެ އީކުއޭޓަރ ވިލެޖާއި ސައުތުޕާމް ރިޒޯޓް ވެސް ހިންގަންފަށާފައިވާއިރު އައްޑޫގެ ގިނަ ގެސްޓްހައުސް ތަކަކުންވެސް ވަނީ އިންޓަނޭޝަނަލް ފްލައިޓް އުދުހޭނެ ދުވަހެއްގެ އިންތިޒާރުގައި ގިނަ ތައްޔާރީތަކެއް ވެފައިކަމުން މި ފްލައިޓާއެކު އައްޑޫގެ އިގްތިސާދަށް އެދެވޭ ހެޔޮ ބަދަލެއް ފެންނާނެކަމަށް އުއްމީދުކުރެވެއެވެ.

ސްރީލަންކަން އެއަރލައިންސްއައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓްސް ކޮމްޕެނީ

ކޮމެންޓް

އިތުރަށް ކިޔާލަން

އައްޑޫ އިންޓަރނޭޝަނަލް އެއާޕޯޓްގެ ސަބަބުން ރާއްޖެ އާއި ބައިނަލްއަޤުވާމީ ދުނިޔެއާއި ގުޅާލެވި އިންވެސްޓަރުންގެ އިތުބާރު ބޮޑުވެގެން ދާނެ  - ވީ.މުރަލީ ދަރަން

އައްޑޫ އިންޓަރނޭޝަނަލް އެއާޕޯޓްގެ ސަބަބުން ރާއްޖެ އާއި ބައިނަލްއަޤުވާމީ ދުނިޔެއާއި ގުޅާލެވި އިންވެސްޓަރުންގެ އިތުބާރު ބޮޑުވެގެން ދާނެ - ވީ.މުރަލީ ދަރަން

04 ޖޫން 2023
"އިޚްލާސްތެރިކަމާއެކު ތެދުވެރި މަސައްކަތްތަކެއް ކުރެވުނުނަމަ، 66 އަހަރު ފަހުން މިރަސްމިއްޔާތު ބާއްވާކަށް ނުޖެހޭނެ"

"އިޚްލާސްތެރިކަމާއެކު ތެދުވެރި މަސައްކަތްތަކެއް ކުރެވުނުނަމަ، 66 އަހަރު ފަހުން މިރަސްމިއްޔާތު ބާއްވާކަށް ނުޖެހޭނެ"

04 ޖޫން 2023
އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ ބްރައިން ފްރީޒިންގ ކެޕޭސިޓީ ދެގުނަ ކުރައްވާނެކަން ރައީސް އިއުލާން ކުރައްވައިފި

އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ ބްރައިން ފްރީޒިންގ ކެޕޭސިޓީ ދެގުނަ ކުރައްވާނެކަން ރައީސް އިއުލާން ކުރައްވައިފި

04 ޖޫން 2023
ބޮޑު ދެކުނުގެ އިގްތިސާދާއި ގުޅިފައިވާ ގަން އެއަރޕޯޓްގެ މަސައްކަތް...

ބޮޑު ދެކުނުގެ އިގްތިސާދާއި ގުޅިފައިވާ ގަން އެއަރޕޯޓްގެ މަސައްކަތް...

04 ޖޫން 2023
ދެކުނުގެ އިގްތިސާދީ މައި ދޮރާށީގެ އަމަލީ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި

ދެކުނުގެ އިގްތިސާދީ މައި ދޮރާށީގެ އަމަލީ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި

04 ޖޫން 2023

އަހަރުތަކުން މިއަދު

16 ފެބުރުއަރީ
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
20251 އަހަރު ކުރިން
ރިޕޯޓު

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން
20233 އަހަރު ކުރިން
ރާއްޖެ

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.
20224 އަހަރު ކުރިން
މީހުން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ
20215 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
20197 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު