Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުސްރީލަންކަން އެއަރލައިންސްގެ ދަތުރުތައް

ސްރީލަންކަން އެއަރލައިންސްގެ ސީދާ ދަތުރުތައް އަލުން އައްޑޫއަށް ފަށައިފި

ގަމާއި ކޮލަމްބޯއާ ދެމެދު ދިވެއްސެއްގެ ދެކޮޅު ޓިކެޓްގެ އަގަކީ 271 ޑޮލަރު

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 5 ޑިސެމްބަރު 2021 | އާދީއްތަ 07:33
ސްރީލަންކަން އެއަރލައިންސްގެ ދަތުރުތައް އަލުން އައްޑޫސިޓީއަށް ފެށުން

ސްރީލަންކަން އެއަރލައިންސްގެ ދަތުރުތައް އަލުން އައްޑޫސިޓީއަށް ފެށުން

ސްރީލަންކަން އެއަރލައިންސުން އައްޑޫ ސިޓީގެ ގަމަށް ކުރަމުން އައި ސީދާ ދަތުރުތައް އަލުން ފަށައިފިއެވެ.

މި ދަތުރުތައް އަލުން ފެށުމުގެ ގޮތުން ސްރީލަންކަން އެއަރލައިންސުން ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި، ޖެއްސި ބޯޓުން ދަތުރުކުރި ގިނަ އަދަދެއްގެ ފަތުރުވެރިންނަށް، އައްޑޫސިޓީ ކައުންސިލާއި ސްރީލަންކަން އެއަރލައިންސްގެ އިސްވެރިންނާއި އަދި އޭސް އޭވިއޭޝަނުގެ ފަރާތުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.

ކޮންމެ ހަފުތާއެއްގެ ހޮނިހިރު ދުވަހު އައްޑޫއަށް ދަތުރު ހަމަޖެހިފައި ވާއިރު، ގަމާއި ކޮލަމްބޯއާ ދެމެދު ދިވެއްސެއްގެ ދެކޮޅު ޓިކެޓްގެ އަގަކީ 271 ޑޮލަރެވެ.  

2016ން ފެށިގެން އައްޑޫސިޓީ ގަމާއި ކޮލަމްބޯއާ ދެމެދު ކުރަމުން އައި ދަތުރުތައް މިދިޔަ އަހަރު ހުއްޓާލާފައިވަނީ ހަމައެކަނި އައްޑޫއަށް ދަތުރުކޮށްގެން ގެއްލުންވާތީ ކަމަށް ބުނެއެވެ. އޭސް އޭވިއޭޝަން މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ކުރިން ވިދާޅުވެފައިވަނީ އައްޑޫއަށް އެކަނި އަމާޒްކޮށްގެން ދަތުރުތައް ނުބޭއްވޭނެ ކަމަށާއި، އައްޑޫ އާއި ހުވަދު އަތޮޅާ ދެމެދު ޑޮމެސްޓިކް ފްލައިޓްތަކުން ގުޅުވާލެވިއްޖެ ނަމަ އަލުން ދަތުރު ފެށިދާނެ ކަމަށެވެ.

މިގޮތަށް ހަމަޖެހިގެން މިދިޔައީ އައްޑޫއާއި ދެކުނުގެ އެހެން ރަށްތައް ގުޅާލުމަށްޓަކައި ޑޮމެސްޓިކް ފްލައިޓް އެޅުމާގުޅޭ ގޮތުން އައްޑޫގެ ވިޔަފާރިވެރިންނާއި ކަމާގުޅޭ ފަރާތްތަކުން ސަރުކާރާއެކު މަޝްވަރާކުރަމުން އަންނަތާ ގިނަ ދުވަސްތަކަކަށް ފަހުއެވެ. މިކަން މިގޮތަށް ހަމަޖެހިގެން ދިއުމަކީ ދެކުނުގެ ފަތުރުވެރިކަމަށާއި ވިޔަފާރިތަކަށް ހެޔޮ އަސަރެއް ކުރާނެކަމެއް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.

ސްރީލަންކަން އެއަރލައިންސް

އިތުރަށް ކިޔާލަން

05 ޖުލައި 2022

4 މަސް ތެރޭގައި ސްރީލަންކަން އެއަރލައިންސްއަށް 248 ބިލިއަންގެ ގެއްލުމެއް

05 ޖުލައި 2022
4 މަސް ތެރޭގައި ސްރީލަންކަން އެއަރލައިންސްއަށް 248 ބިލިއަންގެ ގެއްލުމެއް
15 އެޕްރީލު 2022

ސްރީލަންކަން އެއާލައިނުން 2025 ގެ ނިޔަލަށް 21 މަތިންދާ ބޯޓު ކުއްޔަށް ނަގަނީ

15 އެޕްރީލު 2022
ސްރީލަންކަން އެއާލައިނުން 2025 ގެ ނިޔަލަށް 21 މަތިންދާ ބޯޓު ކުއްޔަށް ނަގަނީ
05 ޑިސެމްބަރު 2021

ސްރީލަންކަން އެއަރލައިނުން މިފަހަރު ބޮޑަށް އިސްކަން ދެނީ ޔޫރަޕަށް ދަތުރު ކުރުމަށް: ފިރާޤް

05 ޑިސެމްބަރު 2021
ސްރީލަންކަން އެއަރލައިނުން މިފަހަރު ބޮޑަށް އިސްކަން ދެނީ ޔޫރަޕަށް ދަތުރު ކުރުމަށް: ފިރާޤް
05 ޑިސެމްބަރު 2021

ގަމަކީ އިންޓަނޭޝަނަލް ގިނަ ފްލައިޓް އޮޕަރޭޓްކުރާ މަންޒިލަކަށް ވަރަށް އަވަހަށް ވެގެންދާނެ - ގައިސް

05 ޑިސެމްބަރު 2021
ގަމަކީ އިންޓަނޭޝަނަލް ގިނަ ފްލައިޓް އޮޕަރޭޓްކުރާ މަންޒިލަކަށް ވަރަށް އަވަހަށް ވެގެންދާނެ - ގައިސް
22 ނޮވެމްބަރު 2021

ދެމީހަކަށް ލަންކާ ދެކޮޅު ޓިކެޓް ލިބޭ ލަކީ ޑްރޯއެއް ސްރީލަންކަން އެއަރލައިންސްގެ ފޭދޫ އޮފީހުން ފަށައިފި

22 ނޮވެމްބަރު 2021
ދެމީހަކަށް ލަންކާ ދެކޮޅު ޓިކެޓް ލިބޭ ލަކީ ޑްރޯއެއް ސްރީލަންކަން އެއަރލައިންސްގެ ފޭދޫ އޮފީހުން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު