Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއައްޑޫއަށް ދަތުރު ފެށުން

ސްރީލަންކަން އެއަރލައިންސްގެ ދަތުރުތައް އައްޑޫއަށް ފަށާނީ މޯލްޑިވިއަންގެ ފްލައިޓާ ދިމާވާގޮތަށް

ދަތުރުތައް ފަށާނީ އަންނަ ޑިސެންބަރު މަހުގެ ހަތަރުވަނަ ދުވަހު

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 5 ނޮވެމްބަރު 2021 | ހުކުރު 09:37
ސްރީލަންކަން އެއަރލައިންސް އިން އައްޑޫއަށް ދަތުރު ފެށުން

ސްރީލަންކަން އެއަރލައިންސް އިން އައްޑޫއަށް ދަތުރު ފެށުން

ސްރީލަންކަން އެއަރލައިންސްގެ ދަތުރުތައް އައްޑޫ ސިޓީއަށް ފަށާނީ މޯލްޑިވިއަންގެ ފްލައިޓާ ދިމާވާގޮތަށް ކަމަށް އައްޑޫ ސިޓީގެ މޭޔަރ އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ނިޒާރު ވިދާޅުވީ ސްރީލަންކަން އެއަރލައިންސްގެ ދަތުރުތައް އައްޑޫ ސިޓީއަށް ފަށާނީ މޯލްޑިވިއަންގެ ފްލައިޓާ ދިމާވާގޮތަށް ކަމަށްވާއިރު ފަސިންޖަރުންގެ ޑިމާންޑް އިތުރުވާނަމަ ޝެޑިއުލް ފްލައިޓްތައް ވެސް އިތުރުވާނެ ކަމަށެވެ.

ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށްފަހު ސްރީލަންކަން އެއަރލައިންސްއިން އައްޑޫއަށް ކުރާ ފުރަތަމަ ދަތުރު ޝެޑިއުލް ކޮށްފައިވަނީ އަންނަ ޑިސެންބަރު މަހުގެ ހަތަރުވަނަ ދުވަހަށެވެ. އެ އެއާލައިންގެ ރާއްޖޭގެ އޮޕަރޭޓަރު އޭސް އޭވިއޭޝަން މޯލްޑިވްސްއިން މިހާރު ވަނީ ރިޒަވޭޝަނަށް ހުޅުވާލާފައެވެ. ކޮންމެ ހަފުތާއެއްގެ ހޮނިހިރު ދުވަހު އައްޑޫއަށް ދަތުރުކުރުމަށް ހަމަޖެހިފައިވާއިރު ގަމާއި ކޮލަމްބޯއާ ދެމެދު ދިވެއްސެއްގެ ދެކޮޅު ޓިކެޓްގެ އަގަކީ 271 ޑޮލަރެވެ.  

2016ން ފެށިގެން އައްޑޫސިޓީ ގަމާއި ކޮލަމްބޯއާ ދެމެދު ކުރަމުން އައި ދަތުރުތައް މިދިޔަ އަހަރު ހުއްޓާލާފައިވަނީ ހަމައެކަނި އައްޑޫއަށް ދަތުރުކޮށްގެން ގެއްލުންވާތީ ކަމަށް ބުނެއެވެ.

މިގޮތަށް ހަމަޖެހިގެން މިދިޔައީ އައްޑޫއާއި ދެކުނުގެ އެހެން ރަށްތައް ގުޅާލުމަށްޓަކައި ޑޮމެސްޓިކް ފްލައިޓް އެޅުމާގުޅޭ ގޮތުން އައްޑޫގެ ވިޔަފާރިވެރިންނާއި ކަމާގުޅޭ ފަރާތްތަކުން ސަރުކާރާއެކު މަޝްވަރާކުރަމުން އަންނަތާ ގިނަ ދުވަސްތަކަކަށް ފަހުއެވެ. މިކަން މިގޮތަށް ހަމަޖެހިގެންދިއުމަކީ ދެކުނުގެ ފަތުރުވެރިކަމަށާއި ވިޔަފާރިތަކަށް ހެޔޮ އަސަރެއް ކުރާނެކަމެއް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.

އައްްޑޫ ސިޓީސްރީލަންކަން އެއަރލައިންސް

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

06 ޑިސެމްބަރު 2025
އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި
05 ޑިސެމްބަރު 2025

މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް

05 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް
04 ޑިސެމްބަރު 2025

މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!

04 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!
02 ޑިސެމްބަރު 2025

އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ސީޕީ ނަވީން އެދިވަޑައިގެންފި

02 ޑިސެމްބަރު 2025
އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ސީޕީ ނަވީން އެދިވަޑައިގެންފި
30 ނޮވެމްބަރު 2025

މަރަދޫ ބޮނޑޮގެ: މުޅި އައްޑޫގެ ތާރީޚް އެއްތަނަކުން ފެންނަ ގޮތަށް އާރޓް ގެލަރީއެއް ހުޅުވައިފި

30 ނޮވެމްބަރު 2025
މަރަދޫ ބޮނޑޮގެ: މުޅި އައްޑޫގެ ތާރީޚް އެއްތަނަކުން ފެންނަ ގޮތަށް އާރޓް ގެލަރީއެއް ހުޅުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު