Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޓޮރޭސް ހޯދަން މަސައްކަތްކުރުން

ފެރާން ޓޮރޭސް ހޯދަން ބާސާއިން މަސައްކަތްކުރަނީ

ޓޮރޭސް ސިޓީއަށް ބަދަލުވީ މިދިޔަ އަހަރުގެ އޯގަސްޓް މަހު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 4 ޑިސެމްބަރު 2021 | ހޮނިހިރު 14:47
ސިޓީއަށް ކުޅެމުން އަންނަ ސްޕެއިނުގެ ފޯވާޑް ފެރާން ޓޮރޭސް

ސިޓީއަށް ކުޅެމުން އަންނަ ސްޕެއިނުގެ ފޯވާޑް ފެރާން ޓޮރޭސް

މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ ސްޕެއިނުގެ ޒުވާން ފޯވާޑް ފެރާން ޓޮރޭސް ހޯދަން ބާސެލޯނާއިން މަސައްކަތްކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މީގެ ކުރިން ވެލެންސިއާއަށްވެސް ކުޅުނު އުމުރުން 21 އަހަރުގެ ޓޮރޭސް ސިޓީއަށް ބަދަލުވީ މިދިޔަ އަހަރުގެ އޯގަސްޓް މަހު 23 މިލިޔަން ޔޫރޯގެ ފީއަކަށެވެ. އެ ފަހަރު އޭނާ ވަނީ ސިޓީއާއެކު ފަސް އަހަރުގެ އެއްބަސްވުމެއް ހަދާފައެވެ. އެހެންކަމުން އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2025 ވަނަ އަހަރުގެ ހޫނު މޫސުމުގައެވެ.

ރިޕޯޓުތައް ބުނާ ގޮތުން ޓޮރޭސް ބާސާގެ އައު ކޯޗު ޒަވީ ހެނާންޑޭޒް ފާރަލަމުން އަންނަ ކުޅުންތެރިއެކެވެ. އެއާއެކު ޓޮރޭސްގެ ޓްރާންސްފާއާ ގުޅޭ ގޮތުން މިދިޔަ ހުކުރު ދުވަހު ސިޓީ އާއި ބާސާއިން މަޝްވަރާކޮށްފައިވާ ކަމަށާއި، އަދި ސިޓީން ޓޮރޭސް ވިއްކާނީ 40 މިލިޔަން ޔޫރީގެ ފީއަކަށް ކަމަށް "އީއެސްޕީއެން" އިން ވަނީ ރިޕޯޓުކޮށްފައެވެ.

ސްޕެއިނުގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ބާސާގެ ފޯވާޑް ލައިން އިތުރަށް ވަރުގަދަކުރުމަށް ޓޮރޭސްގެ އިތުރުން ސިޓީއަށް ކުޅެމުން އަންނަ އިންގްލެންޑުގެ ފޯވާޑް ރަހީމް ސްޓާލިން ގެނައުމަށްވެސް ޒަވީ ބޭނުންވެއެވެ. އެހެންކަމުން ކުރިއަށް އޮތް ޖެނުއަރީ ޓްރާންސްފާގައި ޓޮރޭސް ނުވަތަ ސްޓާލިން ގަތުމަށް ބާސާއިން ބިޑުކުރާނެ ކަމަށްވެސް ވަނީ ރިޕޯޓުކޮށްފައެވެ.

ބާސާއިން ފޯވާޑެއް ހޯދުމަށް މަސައްކަތްކުރަމުން އަންނައިރު، މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާގައި އެ ޓީމުން ވަނީ މީގެ ކުރިން ސިޓީއަށް ކުޅުނު އާޖެންޓީނާގެ ތަޖުރިބާކާރު ފޯވާޑް ސާޖިއޯ އަގުއޭރޯ ގެނެސްފައެވެ. އެކަމަކު ދާދި ފަހުން ހިތުގެ މައްސަލަތަކެއް ފާހަގަވެގެން މި ވަގުތު ކުޅުމާ ދުރުގައި ހުރި އަގުއޭރޯ ހަދަމުން އަންނަ ޓެސްޓުތަކުގެ ނަތީޖާ ގޯސްކަމުގައިވާނަމަ، އޭނާ ފުޓްބޯޅަ ކުޅުން ހުއްޓާލަން ޖެހިދާނެ ކަމަށް ރިޕޯޓުތައް ވަނީ ބުނެފައެވެ.

ބާސާއިން ޓޮރޭސް ހޯދުމަށް މަސައްކަތްކުރަމުން އަންނައިރު، ސްޕެއިންގެ ގައުމީ ޓީމާއެކު މި އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައިވެސް ކުޅެފައިވާ ޓޮރޭސްއަކީ ވެލެންސިއާގެ ޔޫތު އެކަޑަމީގެ އުފެއްދުމެކެވެ. އަދި އޭނާ ވަނީ ވެލެންސިއާއާއެކު ސްޕެނިޝް ކަޕް ކާމިޔާބުކޮށްފައެވެ. އޭގެ ފަހުން ސިޓީއަށް ބަދަލުވެ އެ ޓީމަށް ކުޅެދިން 43 މެޗުގައި 16 ލަނޑު ޓޮރޭސް ކާމިޔާބުކޮށްފައިވާއިރު، އޭނާ ވަނީ ސިޓީއާއެކު މިދިޔަ ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގު އަދި އިނގިރޭސި ލީގު ކަޕް ކާމިޔާބުކޮށްފައެވެ.

ފެރާން ޓޮރޭސްބާސެލޯނާ

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025
ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް

ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް

27 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު