Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނުކުޅެދުންތެރިކަން ހުންނަ ކުދިން

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޚާއްސަކޮށް ހުޅުވި ލިފްޓު ޔާމީނަށް ވީ ޖޯކަކަށް!

4 ޑިސެމްބަރު 2021 | ހޮނިހިރު 09:00

ރައީސް ޔާމީނު ޖޯކު ޖެއްސެވުމުގެ ސަބަބުން ގިނަ ބަޔަކު ދަނީ އެކަމަށް ފާޑު ކިޔަމުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 4 ޑިސެމްބަރު 2021 | ހޮނިހިރު 09:00
ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަކޮށްގެން ކަލާފާނު ސްކޫލުގައި ބެހެއްޓި ލިފްޓު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަކޮށްގެން ކަލާފާނު ސްކޫލުގައި ބެހެއްޓި ލިފްޓު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޚާއްސަކޮށްގެން މި ސަރުކާރުން ކަލާފާނު ސްކޫލުގައި ލިފްޓެއް ބަހައްޓާފައިވާއިރު، އެކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނު ފާޑުވިދާޅުވެއްޖެއެވެ.

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކަލާފާނު ސްކޫލުގައި ބެހެއްޓި ލިފްޓަކީ އެޑިއުކޭޝަން މިނިސްޓްރީގެ ބަޖެޓުން ޚަރަދު ކޮށްގެން ބަހައްޓާފައިވާ ލިފްޓެކެވެ. ލިފްޓު ބޭނުންކުރުން ރަސްމީކޮށް ފައްޓަވައިދެއްވީ ނާއިބުރައީސް ފައިސަލް ނަސީމާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ އެވެ.

އެހެންނަމަވެސް، ރައީސް ޔާމީނު ވަނީ އެކަމަށް ޖޯކު ޖައްސަވާ މޭރުމަކުން ވާހަކަ ދައްކަވާފައެވެ. ހުކުރު ދުވަހުގެރޭ އިދިކޮޅު ކޯލިޝަނުން ބޭއްވި ޖަލްސާގައި ވާހަކަ ރައީސް ޔާމީނު ވިދާޅުވީ، މި ސަރުކާރުން މުޅިންވެސް ފެންނަނީ "ރިބަން ފަށް" ކަނޑާ މަންޒަރު ކަމަށެވެ.

އެގޮތުން މިއަދުގެ ނާއިބުރައީސް ކުރައްވަނީ ކޮން މަސައްކަތެއްތޯ ސުވާލު ކުރައްވައި ރައީސް ޔާމީނު ވަނީ "ނުހަނު ބުރަކޮށް އުޅުއްވައި ލިފްޓެއް ހުޅުވައިދެއްވާފައިވާ" ކަމަށް ސަމާސާ ރާގެއްގައި ވިދާޅުވެފައެވެ. އަދި ކުދިންނަށް ރާއްޖޭގެ ތައުލީމީ ސިޔާސަތު ވިސްނައިދިނުމަށް ޕްރައިމަރީ ސުކޫލުތަކަށް ވަޑައިގަންނަވާ ވަޑައިގެންނެވުމަށްވެސް ރައީސް ޔާމީނު ވަނީ ޖޯކު ޖައްސަވާފައެވެ.

ކަލާފާނު ސުކޫލުގެ ލައިބްރަރީ އާއި މިއުޒިކް ރޫމާއި ކޮމްޕިއުޓާ ލެބް ފަދަ އިތުރު ވަސީލަތްތައް ގާއިމްވެފައިހުރި ރޫމްތައް ހުންނަނީ މަތީ ފަންގިފިލާތަކުގައެވެ. އެހެންވުމުގެ ސަބަބުން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެކަމުގައި ބޮޑެތި ގޮންޖެހުންތަކެއް ދިމާވެއެވެ. ވަކިން ޚާއްސަކޮށް މުޅި ތައުލީމީ ނިޒާމުގައި އެފަދަ ކުދިންވެސް ބައިވެރިކޮށްގެން ސުކޫލުތަކުގައި ހަރަކާތްތައް ހިންގުމަށް ވަނީ މަގުފަހިވެގެން ގޮސްފައެވެ.

އަދި މިއީ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ވެސް އެހެން ކުދިން ފަދައިން އުޅުމުގެ ފުރުސަތު ދިނުމަށް އެޅުނު މުހިއްމު ފިޔަވަޅެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަ ކުރެއެވެ.

ވުމާއެކު، އެކަމަށް ރައީސް ޔާމީނު ޖޯކު ޖެއްސެވުމުގެ ސަބަބުން ގިނަ ބަޔަކު ދަނީ އެކަމަށް ފާޑު ކިޔަމުންނެވެ.

ރައީސް ޔާމީންމަރުހަބާ ރައީސް ޔާމީން ޖަލްސާ

އިތުރަށް ކިޔާލަން

23 ޑިސެމްބަރު 2024

އެޗްޑީސީ މައްސަލާގައި ފުލުހުން ލައްވާ މުއިއްޒު ކުޅުއްވަނީ ޑްރާމާ: ރައީސް ޔާމީން

23 ޑިސެމްބަރު 2024
އެޗްޑީސީ މައްސަލާގައި ފުލުހުން ލައްވާ މުއިއްޒު ކުޅުއްވަނީ ޑްރާމާ: ރައީސް ޔާމީން
25 އޮކްޓޯބަރު 2024

މުއިއްޒަކީ ލިބެންވާ އެންމެ ލާރި ފޮއްޗެއްވެސް ދޫކޮށްލައްވާނެ ބޭފުޅެއް ނޫން: ރައީސް ޔާމީން

25 އޮކްޓޯބަރު 2024
މުއިއްޒަކީ ލިބެންވާ އެންމެ ލާރި ފޮއްޗެއްވެސް ދޫކޮށްލައްވާނެ ބޭފުޅެއް ނޫން: ރައީސް ޔާމީން
24 އޮކްޓޯބަރު 2024

ރައީސް މުއިއްޒު އާއި އަބްދުއްރަހީމް އަކީ މުސާރައިގެ ބޭރުން ހަރާމް ފައިސާ ހޯއްދަވާ ބޭފުޅުން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ

24 އޮކްޓޯބަރު 2024
ރައީސް މުއިއްޒު އާއި އަބްދުއްރަހީމް އަކީ މުސާރައިގެ ބޭރުން ހަރާމް ފައިސާ ހޯއްދަވާ ބޭފުޅުން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ
04 އޮކްޓޯބަރު 2024

އަބްދުއްރަހީމްގެ ފައިސަލްވެސް މާލެއިން ބިމެއް ގަނެފި: ރައީސް ޔާމީން

04 އޮކްޓޯބަރު 2024
އަބްދުއްރަހީމްގެ ފައިސަލްވެސް މާލެއިން ބިމެއް ގަނެފި: ރައީސް ޔާމީން
30 އޯގަސްޓު 2024

ބްރިޖް ހުޅުވުން ކެންސަލް ކުރާށޭ ޔަމީން ވިދާޅުވީމާ އަޅުގަނޑަށް ރޮވުނު: ރައީސް މުއިއްޒު

30 އޯގަސްޓު 2024
ބްރިޖް ހުޅުވުން ކެންސަލް ކުރާށޭ ޔަމީން ވިދާޅުވީމާ އަޅުގަނޑަށް ރޮވުނު: ރައީސް މުއިއްޒު
21 މާރިޗު 2024

ވިދާޅުވާން ބޭނުންނުވެ، ޔާމީންގެ ތައުރީފު ރައީސް ސާލިހުގެ ސަރުކާރަށް

21 މާރިޗު 2024
ވިދާޅުވާން ބޭނުންނުވެ، ޔާމީންގެ ތައުރީފު ރައީސް ސާލިހުގެ ސަރުކާރަށް
24 ޑިސެމްބަރު 2023

ތިޔަހެން ނުހައްދަވާށޭ އިނގޭތޯ ވެރީ ސޮރީ!

24 ޑިސެމްބަރު 2023
ތިޔަހެން ނުހައްދަވާށޭ އިނގޭތޯ ވެރީ ސޮރީ!
22 ނޮވެމްބަރު 2023

ރައީސް ޔާމީންގެ އިރުޝާދަށް ސްޓިއަރިން ކޮމިޓީއަކުން ޕީޕީއެމް ހިންގުމާ ހަވާލުވެއްޖެ

22 ނޮވެމްބަރު 2023
ރައީސް ޔާމީންގެ އިރުޝާދަށް ސްޓިއަރިން ކޮމިޓީއަކުން ޕީޕީއެމް ހިންގުމާ ހަވާލުވެއްޖެ
06 އޮކްޓޯބަރު 2023

އަމިއްލަ އާއިލާ އާއި ދާއިރާއަށް ވަގުތުނުދީ މަސައްކަތްކުރީ ޔާމީންގެ ހައްގުގައި ކަމަށް ވިދާޅުވެ އާދަމް ޝަރީފް ޔާމީނަށް ރައްދުދެއްވައިފި

06 އޮކްޓޯބަރު 2023
އަމިއްލަ އާއިލާ އާއި ދާއިރާއަށް ވަގުތުނުދީ މަސައްކަތްކުރީ ޔާމީންގެ ހައްގުގައި ކަމަށް ވިދާޅުވެ އާދަމް ޝަރީފް ޔާމީނަށް ރައްދުދެއްވައިފި
17 ސެޕްޓެމްބަރު 2023

ނަޝީދުއާއި ބައްދަލު ކުރެއްވުމަށް ޔާމީން ދެކޮޅު ހައްދަވައިފި

17 ސެޕްޓެމްބަރު 2023
ނަޝީދުއާއި ބައްދަލު ކުރެއްވުމަށް ޔާމީން ދެކޮޅު ހައްދަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް