Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިދިކޮޅު ލީޑަރުން ޖަލަށް ލުން

ރައީސްކަން ކުރުމަކީ މިހާ އަނިޔާވެރިވާން ޖެހޭ ކަމެއްކަމަށް ހިއެއް ނުކުރަން: ޔާމީން

ގައުމީ ޒިންމާއަށް ނުކުމެވަޑައިގަންނަވަން އެމަނިކުފާނުގެ އާއިލާ ތައްޔާރުތޯ ސުވާލު ކުރެއްވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 4 ޑިސެމްބަރު 2021 | ހޮނިހިރު 08:24
އިދިކޮޅު ކޯލިޝަނުން ބޭއްވި ޖަލްސާގައި ރައީސް އަބްދުﷲ ޔާމީނު ވާހަކަ ދައްކަވަނީ

އިދިކޮޅު ކޯލިޝަނުން ބޭއްވި ޖަލްސާގައި ރައީސް އަބްދުﷲ ޔާމީނު ވާހަކަ ދައްކަވަނީ

ރައީސްކަން ކުރެއްވުމަކީ މިހާ އަނިޔާވެރިވާން ޖެހޭ ކަމެއްކަމަށް ހީފުޅު ނުކުރައްވާކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނު ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހުގެ ރޭ އިދިކޮޅު ކޯލިޝަނުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީނު ވިދާޅުވީ، 2013 ގައި ވެރިކަމަށް ކުރިމަތިލެއްވިއިރު، ކުރިއަށް ވަޑައިގަތުމުގެ ރޫހާއި އަޒުމު ހުރި ކަމަށެވެ. ނަމަވެސް ވެރިކަން ކުރެއްވުމަކީ މިހާ އަނިޔާވެރިވާން ޖެހޭ ކަމެއްކަމަށް ހީފުޅު ނުކުރައްވާކަން ފާހަގަ ކުރައްވައި ރައީސް ޔާމީނު ވިދާޅުވީ، އެމަނިކުފާނަކީވެސް ހަމަ އިންސާނެއް ކަމަށެވެ. ވީއިރު އޭރު ހުރި ޝައުގުވެރިކަން ދަމައްޓަވަން ކުރާނީ ކިހާ މަސައްކަތެއްތޯ އެމަނިކުފާނު ވަނީ ސުވާލު ކުރައްވާފައެވެ.

Advertisement - newsAdvertisement

އަނބިކަނބަލުންނާއި ދަރިކަލުން ތަހައްމަލު ކުރެއްވި ހިތްދަތިކަމަށް އަލިއަޅުވާލައްވާ ރައީސް ޔާމީނު ވަނީ އަނެއްކާވެސް ގައުމީ ޒިންމާއަށް ނުކުމެވަޑައިގަންނަވަން އެމަނިކުފާނުގެ އާއިލާ ތައްޔާރުތޯވެސް ސުވާލު ކުރައްވާފައެވެ. ނަމަވެސް ރައްޔިތުންގެ އެދުމަކީ އެމަނިކުފާނު ގައުމުގެ ޒިންމާއާ ޙަވާލުވުންކަން އެނގިވަޑައިގަންނަވާކަމަށް ރައީސް ޔާމީނު ވިދާޅުވިއެވެ. އެގޮތުން ދިވެހިރާއްޖެ އަނެއްކާވެސް ސަލާމަތް ކުރަން ނުކުންނަވަން ތިއްބެވީވެސް އެމަނިކުފާނުމެންކަަމަށް ރައީސް ޔާމީނު ވިދާޅުވިއެވެ.

ރައީސް ޔާމީނު ވަނީ ރައްޔިތުން ކުރާ އިތުބާރާއި ރައީސް ޔާމީނާ ޙަވާލު ކުރައްވާ މަސްއޫލިއްޔަތަކީ ވަރުގަދަ އަމާނާތެއްކަން އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.

އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލެއްވީ މާނަފުން ޅެންބައިތަކުންނެވެ.

ޖަލު ހުކުމުން މިނިވަންވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސްކަން ކުރެއްވުމަކީ މިހާ އަނިޔާވެރިވާން ޖެހޭ ކަމެއްކަމަށް ހީފުޅު ނުކުރައްވާކަމަށް ރައީސް ޔާމީނު ވިދާޅުވެފައިވާއިރު، އެމަނިކުފާނުގެ ވެރިކަމުގައި ސިޔާސީ އިދިކޮޅު ހުރިހާ ލީޑަރުން ތިއްބެވީ ޖަލުގައެވެ. ޕާޓީތަކުގެ ލީޑަރުން ޖަލުގައި ތިއްބަވަން ޖެހެނީ ކުށެއް ކުރައްވައިގެން ނޫން ކަމަށާއި އެބޭފުޅުން ޖަލުގައި ތިއްބަވަން ޖެހެނީ ރައީސް އަބްދުﷲ ޔާމީނަން ބިރަކަށް ވުމުން ކަމަށް އޭރުވެސް އިދިކޮޅު ސިޔާސީ ފަރާތްތަކުން ގެންދިޔައީ ބުނަމުންނެވެ.

އޭރު އިދިކޮޅު ސިޔާސީ ލީޑަރުން ހައްޔަރު ކުރުމާއި، އިދިކޮޅު ސިޔާސީ ފަރާތްތަކަށް ބިރު ދެއްކުން ހުއްޓާލުމަށް ޔޫރަޕިއަން ޔޫނިއަނުން ދިވެހި ސަރުކާރަށްވެސް ގޮވާލާފައިވެއެވެ. ޔޫރަޕިއަން ޔޫނިއަނާއި، ކެނެޑާ, ނޯވޭ، ސްވިޒަލޭންޑްގެ އިތުރުން އެމެރިކާ ގުޅިގެން ނެރުނު ބަޔާނެއްގައި ވަނީ، އެއްވެ އުޅުމުގެ މިނިވަންކަމާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް އިހުތިރާމް ކުރުމުގެ މިނިވަންކަން އޮންނަންޖެހޭކަން ފާހަގަކޮށް، ޖަލަށް ލުމުގެ ބިރެއް ނެތި އިދިކޮޅު ސިޔާސި ފަރާތްތަކުން ރާވާ ހަރަކާތްތައް ހިންގުމުގެ ފުރުސަތު ދޭންޖެހޭކަމަށް ބަޔާންކޮށްފައެވެ.

ރައީސް ޔާމީނުގެ ވެރިކަމުގައި ޖޭޕީގެ ރައީސް ގާސިމް އިބްރާހިމާއި، ގާސިމްގެ ދަރިކަލުންނާއި، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި، އަދާލާތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ ވަނީ ޖަލަށް ލާފައެވެ. އެބޭފުޅުންގެ އިތުރުން ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި، ގެލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފާއި، ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުވެސް ޖަލަށް ލާފައިވެއެވެ.

ރައީސް ޔާމީންމަރުހަބާ ރައީސް ޔާމީން ޖަލްސާ

ކޮމެންޓް

އިތުރަށް ކިޔާލަން

އެޗްޑީސީ މައްސަލާގައި ފުލުހުން ލައްވާ މުއިއްޒު ކުޅުއްވަނީ ޑްރާމާ: ރައީސް ޔާމީން

އެޗްޑީސީ މައްސަލާގައި ފުލުހުން ލައްވާ މުއިއްޒު ކުޅުއްވަނީ ޑްރާމާ: ރައީސް ޔާމީން

23 ޑިސެމްބަރު 2024
މުއިއްޒަކީ ލިބެންވާ އެންމެ ލާރި ފޮއްޗެއްވެސް ދޫކޮށްލައްވާނެ ބޭފުޅެއް ނޫން: ރައީސް ޔާމީން

މުއިއްޒަކީ ލިބެންވާ އެންމެ ލާރި ފޮއްޗެއްވެސް ދޫކޮށްލައްވާނެ ބޭފުޅެއް ނޫން: ރައީސް ޔާމީން

25 އޮކްޓޯބަރު 2024
ރައީސް މުއިއްޒު އާއި އަބްދުއްރަހީމް އަކީ މުސާރައިގެ ބޭރުން ހަރާމް ފައިސާ ހޯއްދަވާ ބޭފުޅުން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ

ރައީސް މުއިއްޒު އާއި އަބްދުއްރަހީމް އަކީ މުސާރައިގެ ބޭރުން ހަރާމް ފައިސާ ހޯއްދަވާ ބޭފުޅުން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ

24 އޮކްޓޯބަރު 2024
އަބްދުއްރަހީމްގެ ފައިސަލްވެސް މާލެއިން ބިމެއް ގަނެފި: ރައީސް ޔާމީން

އަބްދުއްރަހީމްގެ ފައިސަލްވެސް މާލެއިން ބިމެއް ގަނެފި: ރައީސް ޔާމީން

04 އޮކްޓޯބަރު 2024
ބްރިޖް ހުޅުވުން ކެންސަލް ކުރާށޭ ޔަމީން ވިދާޅުވީމާ އަޅުގަނޑަށް ރޮވުނު: ރައީސް މުއިއްޒު

ބްރިޖް ހުޅުވުން ކެންސަލް ކުރާށޭ ޔަމީން ވިދާޅުވީމާ އަޅުގަނޑަށް ރޮވުނު: ރައީސް މުއިއްޒު

30 އޯގަސްޓު 2024

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު