Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ފުލުހުންގެ ކޮލެޖް

ފުލުހުންގެ ކޮލެޖް އަންނަ އަހަރުގެ މާރޗް މަހު ރަސްމީކޮށް ހުޅުވަނީ

މި ކޮލެޖަކީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އިމާރާތްކުރަމުންދާ ތަނެއް

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 4 ޑިސެމްބަރު 2021 | ހޮނިހިރު 08:20
ފުލުހުންގެ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްޓްމަންޓުގެ މަސައްކަތްތައް އިންޑިއަން ހައިކޮމިޝަނަރ މުނު މަހާވަރާ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ބައްލަވާލައްވަނީ

ފުލުހުންގެ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްޓްމަންޓުގެ މަސައްކަތްތައް އިންޑިއަން ހައިކޮމިޝަނަރ މުނު މަހާވަރާ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ބައްލަވާލައްވަނީ

އައްޑޫ ސިޓީގައި އިމާރާތްކުރާ ފުލުހުންގެ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްޓްމަންޓު އަންނަ އަހަރުގެ މާރޗް މަހު ރަސްމީކޮށް ހުޅުވާނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ޑިސެމްބަރ 1 ވަނަ ދުވަހު ފުލުހުންގެ ނެޝަނަލް ކޮލެޖަށް ކުރެއްވި ޒިޔާރަތުގައި އެތަނުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވައިލެއްވުމަށްފަހު ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ މަސައްކަތް ގޮސްފައިވާ މިންވަރަށް ބަލާއިރު އަމާޒަކީ ވީހާވެސް އަވަހަކަށް ތަން ހުޅުވުންކަމަށާއި ކުރިއަށް ދޮޅުމަހެއްހާ ދުވަސް ތެރޭގައި އޮޕަރޭޝަނަށް ގެނެވޭނެ ކަމަށެވެ. އެގޮތުން މުޅި ތަން ނިންމަައި އޮޕަރޭޝަނަށް ގެނައުމުގެ ބަދަލުގައި ތަނުގެ މަސައްކަތްތައް ނިމެމުންދާ ވަރަކަށް ހުރި ވަސީލަތްތަކާ އެކު އޮޕަރޭޝަނަށް ގެނައުމަށް ނިންމާފައިވާ ކަަމަށެވެ.

Advertisement - newsAdvertisement

ފުލުހުންނަށް ބޭނުންވާ ތަމްރީނާއި ތައުލީމު ދިނުމަށް ޒަމާނީ ވަސީލަތްތަކާއެކު އިމާރާތްކުރަމުންދާ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓަކީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އިމާރާތްކުރަމުންދާ ތަނެކެވެ.

އިންޑިއަން ހައިކޮމިޝަނަރ މުނު މަހާވަރާ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓްގެ މަސައްކަތްތައް ބައްލަވާލެއްވުމަށް ކުރެއްވި މި ޒިޔާރަތުގައި ފުލުހުންގެ ސީނިއަރ ބައެއް އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ކޮލެޖާއި ގުޅޭގޮތުން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވީ އައްޑޫގައި ގާއިމުކުރެވެމުންދާ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯއެންފޯސްމަންޓަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ގާނޫނުގައި ބުނާ ފަދަ ފުލުހުންގެ ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރާނެ އަދި ތަމްރީންދޭ މަރުކަޒަކަށް ވެގެންދާނެ ކަމަށެވެ.

އައްޑޫގައި ގާއިމުކުރެވެމުންދާ ނެޝަނަލް ކޮލެޖް އޮފް ޕޮލީސިންގ އެންޑް ލޯއެންފޯސްމަންޓް ވެގެންދާނީ ގާނޫނު ތަންފީޒުކުރުމާއި ޖިނާއީ އަދުލުގެ ނިޒާމާއި އިޖުތިމާއީ އެހެނިހެން މުއައްސަސާތަކުގެ ބައިވެރިން ގުޅިގެން ތަމްރީނު ހިންގާ މަރުކަޒަކަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވެފައިވަނީ، ފުލުހުންގެ ޚިދުމަތަށް މީހުން އިތުރުކުރުމަކީ ދައުލަތަށް ބުރަ ކަމަކަށްވީނަމަވެސް ރައްޔިތުންގެ ހައްގުގައި ކުރުން އެއީ މުހިއްމު ކަމެއްކަމަށެވެ.

ފުލުހުންގެ ޚިދުމަތުގެ ގާނޫނާއެކު ފުލުހުންގެ ޚިދުމަތް ލާމަރުކަޒު ކުރެވިގެންދާއިރު، މިހާރަށްވުރެ ހުރިހާ ގޮތަކުންވެސް ރަނގަޅު ފެންވަރެއްގައި ރަށްރަށުގައި ފުލުހުންގެ ޚިދުމަތް ގާއިމްކުރުމަށް ފުލުހުންގެ އާ ގާނޫނުން ތަންދެއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސް

ކޮމެންޓް

އިތުރަށް ކިޔާލަން

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

19 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

22 ޖޫން
ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ހަމަލާދީފި
20251 އަހަރު ކުރިން
ދުނިޔެ

ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ހަމަލާދީފި

"އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އާއި ހަވާލުވެ ހުރި މީހާ އެކަހެރިކޮށް އާ މީހަކު ވަނީ އައްޔަންކޮށްފަ، މަސްވެރިން މުޒާހަރާކުރާ އިރު އޭނާ ވީތަނެއް ވެސް ނޭނގޭ!"
20242 އަހަރު ކުރިން
ރާއްޖެ

"އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އާއި ހަވާލުވެ ހުރި މީހާ އެކަހެރިކޮށް އާ މީހަކު ވަނީ އައްޔަންކޮށްފަ، މަސްވެރިން މުޒާހަރާކުރާ އިރު އޭނާ ވީތަނެއް ވެސް ނޭނގޭ!"

ޓައިޓޭނިކް ކައިރިއަށް ދިޔަ ސަބްމެރީންގައި ތިބި މީހުން މަރުވެއްޖެ ކަމަށް ނިންމުމުން އާއިލާތަކުން ހިތާމައިގައި
20233 އަހަރު ކުރިން
ރިޕޯޓު

ޓައިޓޭނިކް ކައިރިއަށް ދިޔަ ސަބްމެރީންގައި ތިބި މީހުން މަރުވެއްޖެ ކަމަށް ނިންމުމުން އާއިލާތަކުން ހިތާމައިގައި

ފައިގަތަޅާ ފޯރި ފަށައިފި، މުބާރާތުގެ ފުރަތަމަ ލަނޑު ހެދީ މިނިސްޓަރު މަޚްލޫފް
20224 އަހަރު ކުރިން
ކުޅިވަރު

ފައިގަތަޅާ ފޯރި ފަށައިފި، މުބާރާތުގެ ފުރަތަމަ ލަނޑު ހެދީ މިނިސްޓަރު މަޚްލޫފް

އިސްކޮޅުގެ އެންމެ ފަރަގު ބޮޑު ދެމަފިރިންގެ ރިކޯޑު
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އިސްކޮޅުގެ އެންމެ ފަރަގު ބޮޑު ދެމަފިރިންގެ ރިކޯޑު

ޕޭ ޓޮއިލެޓެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޕޭ ޓޮއިލެޓެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

ގާސިމް ގެ އަނބިކަނބަލުން ޖޭޕީގެ ކައުންސިލަށް ހޮވިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ގާސިމް ގެ އަނބިކަނބަލުން ޖޭޕީގެ ކައުންސިލަށް ހޮވިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު